Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިޝާނާއި ފަޒްލޫނަށް ކުރާ ދައުވާ

ޝެއިހް ނިޝާނާއި ފަޒްލޫން އަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް ދީފި

ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2022 | ހޯމަ 07:18
ޝެއިހް ނިޝާން (ކ) އަދި ޝެއިހް ފަޒްލޫން (ވ)

ޝެއިހް ނިޝާން (ކ) އަދި ޝެއިހް ފަޒްލޫން (ވ)

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދާއި، ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން އަށް ވަކީލަކު އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ޝެއިހް ފަޒްލޫން އާއި ޝެއިހް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ޝެއިހު ނިޝާނާއި ފަޒްލޫން ހާޒިރުވީ ވަކީލަކާ ނުލައެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވާތީ ކުރިއަށްދާން ބޭނުންވަނީ ވަކީލާ އެކު ކަމަށް ދެ ޝެއިހުން ބުނެ، ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައިވެއެވެ.

ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައިވާތީ، މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން 18 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ޝެއިހް ނިޝާނާއި ފަޒްލޫންގެ އިތުރުން އިތުރުން، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ 7 މީހެއްގެ މައްޗަށް އުފުލާފައިވާއިރު، އެ ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ. އެގޮތުން މި ދައުވާ އުފުލާފައިވަނީ މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން، ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު، ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު، ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް، ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަޞޫޙު، މ. ކުދެހިގެ، ޙަސަން ޝިފާޒު އަދި ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށެވެ.

މި މައްސަލައާއި ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވެސް 7 މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. އެއީ ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް، ގ. ފީނިކްސް، ޢަބްދުالله ނިޔާޒު، ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާން، ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން، ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ އަދި މ. ފަޅުމަތީގެ، އަޙްމަދު ޢަލީއެވެ.

އޭގެ އިތުރުން، ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢުގެ މައްޗަށް މި މައްސަލައިގައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޔޯގާ ޙަރަކާތުގައި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކޮށް އެ ދައުވާ ވެސް މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. އެއީ ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން، ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢުއާއި، ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމްގެ އިތުރުން، މ. ކުދެހިގެ، ޙަސަން ޝިފާޒުގެ މައްޗަށް ވަނީ އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ޙުކުމެކެވެ.

މި މައްސަލައާ ގުޅިގެން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވެސް 15 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. ހަމައެއާއެކު، ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލާއި، މއ. ކަނުހުރާ، މުޙައްމަދު ޛިލިއަންގެ މައްޗަށް ވެސް ވަނީ ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެއް އުފުލާފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ބައިވެރިވި މީހުންނަށް ހަމަލާ ދީފައެވެ.

ޔޯގާ ހަރަކާތް ހުއްޓުވުންއިންޓަނޭޝަނަލް ޔޯގާ ޑޭ 2022ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްއާދަމް ނިޝާންފަޟްލޫން މުޙައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު