Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޯގާ ހަމަނުޖެހުން

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިނގީ ސެކިއުރުޓީ ފެއިލިޔާއެއްގެ ސަބަބުން: ފުލުހުން

ހަމަނުޖެހުން ހިންގީ ކްރައުޑުގެ ބިހޭވިއާ ރަނގަޅަށް ރީޑް ނުކުރެވުމުން ކަމަށް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 12:02
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަ ކުރަން ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވުމުގެ ނަމުގައި ހަމަނުޖެހުންތައް ހިންގުނީ ސެކިއުރިޓީ ފެއިލިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓްރަލް ޕޮލިސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މާލޭގައި ބާއްވާ އެކި އެކި އެއްވުންތަކުގައި ފުލުހުން ވަރަށް ރަނގަޅަށް ކްރައުޑުތައް ކޮންޓްރޯލްކޮށް ބަލަހައްޓާފައިވާއިރު ސެކިއުރިޓީ ބްރީޗަކުން ހަމަނުޖެހުން އުފެދުމަކީ ކަންބޮޑުވާ ކަމެއް ކަމެށެވެ. އަދި އެއީ ސެކިއުރިޓީ ފެއިލިޔާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ބަލަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސެކިއުރިޓީ ބްރީޗްވުމުގެ ސަބަބުން އިންކުއަރީއެއް ވެސް ވަނީ ފަށައިފައެވެ. މި އިންކުއަރީ ކުރިއަށްގެންދަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުގެ ބެއްލެވުމުގެ ދަށުންނެވެ. އެ އިންކުއަރީގެ ރިޕޯޓް އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެގްޒެކެޓިވް ބޯޑަށް ހުށަހަޅާނެ ކަމަށާއި އިތުރު އިންކުއަރީތަކެއް ޕޮލިސް ބޯޑުންނާއި ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނުންވެސް ކުރިއަށްގެންދާ ކަމަށް އަލީ ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ހަރަކާތް ކުރިއަށްދިޔައިރު އެއްވި މީހުންގެ އަދަދަށް ބަލައި ފޮނުވި ޓީމަކީ އެފަދަ ހާލަތެއްގައި އަބަދުވެސް ފޮނުވާނެ ވަރުގެ ޓީމެއް ކަމަށާއި މައްސަލަ ޖެހުނީ ފޯސް ކުޑަވެގެން ނޫން ކަމަށެވެ. އެ މައްސަލަ ދިމާވީ އެއްވެގެން ތިބި މީހުންގެ ބިހޭވިއާ ރަނގަޅަށް ނުބެލުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ހަރަކާތެއް އޮންނަނަމަ, ފުލުހުން ވަރަށް ގިނަ މައުލޫމާތު ހޯދާ ކަން ފާހަގަ ކުރައްވައި އަލީ ޝުޖާއު ވިދާޅުވީ ޔޯގާ ހަރަކާތާ ގުޅޭ ބައެއް މުހިންމު މައުލޫމާތު ކުރިން ނުލިބޭ ކަމަށެވެ. އެ މައުލޫމާތު ލިބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޔޯގާ ހަރަކާތް ކުރިއަށްދިޔައިރު އެ ހަރަކާތުގައި އެކި ޤައުމުތަކުގެ 6 ސަފީރުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސްފަރާތްތަކާއި ކުޑަކުދިންތަކެއް ބައިވެރިވިއެވެ. ބައެއް ފަރާތްތަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މާބޮޑު އަނިއްޔާއެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށް ވެސް ފުލުހުންގެ ތަހޫގީގުތަކުން ހާމަވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ބާރުއަޅައި އިސްކޮށް ހަރަކާތްތެރިވި 4 މީހަކު ހިމެނޭ ކަމަށާއި އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޔޯގާ ހަރަކާތް ހުއްޓުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު