Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލަ

ޔޯގާ މައްސަލައިގައި ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް 2 ދައުވާއެއް ހުށަހަޅައިފި

މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ އަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އޮކްޓޯބަރު 2022 | ހޯމަ 09:53
ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން

ޔޯގާ ހަރަކާތުގެ ހަމަނުޖެހުންތަކާ ގުޅިގެން މީހުން ހައްޔަރު ކުރުން

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތުގެ ތެރެއަށް ބައެއް ފަރާތްތަކުން ވަދެ ހިންގި ހަމަނުޖެހުމާއި ގުޅިގެން، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި އިސްކޮށް ހިމެނިވަޑައިގަންނަވާ، އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް 2 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާ އަކީ ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލެވޭނެއެވެ.

މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ އަކީ ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާދިން މީހުން ބޭނުންކުރި ހުދު ކުލައިގެ ދިދަ ނެރުނީ ޕީޕީއެމް އޮފީހުންކަން ހާމަވާ ފޮޓޯތަކެއް އެއިރު ލީކުކޮށްލިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައި ފޮޓޯތަކުން ފެންނަ ގޮތުން، ހުދުކުލައިގެ ދިދަތަކެއް ޕީޕިއެމްގެ އޮފީހުގައި ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ގަލޮޅުދަނޑާ ދިމާލަށް ޕިކަޕްގައި ދިޔަ މީހުން ބޭނުންކުރާނެ ސައުންޑު ވެސް އެ އޮފީހުން ފޯރުކޮށްދީފައިވެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީމްގެ ރަސްމީ އޮފީސް ހުންނަ ހ. ހުރަފާއިން ދިދައާއި ސައުންޑު ނެރެން 3 މީހަކު ހަރަކާތްތެރިވާ އިރު، އެތަނުގައި ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހުންނެވިތަން ފެނެއެވެ. އަދި އެ ދިދަތައް އަތަށް ނަންގަވައިގެން އޮފީހުން ބޭރަށް ގެންދެވީ ވެސް އޭނާއެވެ.

ފޮޓޯއިން އިން ފެންނަ ގޮތުން ދިދަތައް އަދި ސައުންޑު ޕީޕީއެމް އޮފީހުން ނެރުނީ ފަތިހު 5:05 ގައެވެ. އަދި ހެނދުނު ޔޯގާ އިވެންޓަށް ވަދެގަނެ އެތަނުގައި ތިބި މީހުންނަށް ދިދަ ދަނޑިންނާއި، އެކި ގޮތްގޮތުން ހަމަލާދީފައިވާ އިރު، އެތަނަށް ވަތް މީހުންގެ އަތުގައި ހުރި ދިދަތަކަކީ ނަބިއްޔަގެ ދިފާއުގައި މި ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ 2022ޔޯގާ ހަރަކާތް ހުއްޓުވުންމޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު