Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފަރު އެއަރޕޯޓުގެ ޓާމިނަލް

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

5 ފެބުރުއަރީ 2023 | އާދީއްތަ 02:46

ޓެންޑަރ ޑޮކިއުމަންޓުގެ އަގަކީ 15،000 ރުފިޔާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2023 | އާދީއްތަ 02:46
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް

ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ހޮނިހިރު ދުވަހު އައިލެންޑް އޭވިއޭޝަނުން ވަނީ މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެގޮތުން މި މަސައްކަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 12 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 23:59 އެކެވެ.

Advertisement - newsAdvertisement

އައިލެންޑް އޭވިއޭޝަނުން ވަނީ މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހަޅާނެ ގޮތް ގެޒެޓުގައި އިއުލާނުކޮށްފައެވެ.

މި ބިޑުގައި ބައިވެރިވުމަށްޓަކައި ޓެންޑަރ ޑޮކިއުމަންޓުތައް ގަންނަންޖެހޭއިރު، އޭގެ އަގަކީ 15،000 ރުފިޔާއެވެ. އެއީ ރިފަންޑު ކުރެވޭ އެއްޗެއް ނޫނެވެ.

އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި ބިޑާއި ގުޅޭގޮތުން މައުލޫމާތުދޭއިރު މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތް ނިމިދިޔަ ޑިސެމްބަރު މަހު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. އެ މަސައްކަތުގެ އަގަކީ 27.1 މިލިއަން ޑޮލަރެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ދިގުކޮށް، ރަންވޭ ރީ ސަރފޭސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވަނީ ކޮންޓްރެކްޓާ އެއްގޮތަށް 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓު ނިންމައި، ރަންވޭ ސަރުކާރާ ޙަވާލު ކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.

ނ.މާފަރުމާފަރު އިންޓަނޭޝަނަލް އެއަރޕޯޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2023

މާފަރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި

15 ސެޕްޓެމްބަރު 2023
މާފަރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި
19 ޖުލައި 2023

ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ

19 ޖުލައި 2023
ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ
27 ޖޫން 2023

މާފަރުން ފެނުނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން

27 ޖޫން 2023
މާފަރުން ފެނުނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން
26 ޖޫން 2023

ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ

26 ޖޫން 2023
ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ
25 މެއި 2023

ނ. މާފަރު އެއަރޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލާއި ދުއްވަން އިން ޑްރައިވަރު މަރުވެއްޖެ

25 މެއި 2023
ނ. މާފަރު އެއަރޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލާއި ދުއްވަން އިން ޑްރައިވަރު މަރުވެއްޖެ
08 ޑިސެމްބަރު 2022

މާފަރު އެއަރޕޯޓު ބޮޑުކުރުމަކީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއް: އާޒިމް

08 ޑިސެމްބަރު 2022
މާފަރު އެއަރޕޯޓު ބޮޑުކުރުމަކީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއް: އާޒިމް
08 ޑިސެމްބަރު 2022

މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

08 ޑިސެމްބަރު 2022
މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި
15 ޖުލައި 2022

މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

15 ޖުލައި 2022
މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
15 މާރިޗު 2021

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ޖުލައި މަހު ފަށަނީ

15 މާރިޗު 2021
މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ޖުލައި މަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް