Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފަރުން ގޯތި ލިބޭ މީހުން

މާފަރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2023 | ހުކުރު 12:12
ނ.މާފަރު

ނ.މާފަރު

ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފިއެވެ.

މާފަރު ކައުންސިލުން ބުނީ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށެވެ.

ކައުންސިލުން ބުނީ އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން "ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި އެ އިދާރާގެ ރިސެޕްޝަނަށް ނުވަތަ info@maafaru.gov.mv އަށް މެއިލްކޮށްގެން ކަމަށެވެ.

މާފަރުން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓްގެ 69 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގް މިނިސްޓްރީން ފާސްކޮށް ދެއްވާފައިވާ ލޭންޑް ޔޫސް ޕުލޭން ގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކުންނެވެ.

ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 176 މީހުން ފޯމް ހުށަހަޅާފައިވެއެވެ.

ނ.މާފަރު

އިތުރަށް ކިޔާލަން

19 ޖުލައި 2023

ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ

19 ޖުލައި 2023
ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ
27 ޖޫން 2023

މާފަރުން ފެނުނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން

27 ޖޫން 2023
މާފަރުން ފެނުނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން
26 ޖޫން 2023

ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ

26 ޖޫން 2023
ގޮތްނޭނގޭ ޖަނަވާރެއް މާފަރުން ފެނިއްޖެ
05 ފެބުރުއަރީ 2023

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

05 ފެބުރުއަރީ 2023
މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
15 ޖުލައި 2022

މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

15 ޖުލައި 2022
މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު