Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު

މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ޖުލައި މަހު ފަށަނީ

ވައިޓް ބޮޑީ އެއަރކްރާފްޓް ޖެއްސޭނީ ރަންވޭ އަދި އިތުރަށް ބޮޑުކޮށްގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 މާރިޗު 2021 | ހޯމަ 03:20
ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު މިއަހަރުގެ ޖުލައި މަހު ފަށަން ނިންމާފައިވާ ކަަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިހާދު ވިދާޅުވީ މިހާރު އެއަރޕޯޓަށް ޖެއްސެނީ ޝޯޓަލް ފްލައިޓްސް ކަމަށާއި ވައިޓް ބޮޑީ އެއަރކްރާފްޓް ޖެއްސޭނީ ރަންވޭ އަދި އިތުރަށް ބޮޑުކޮށްގެން ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް އިން މިހެން ބުނެފައިވާއިރު މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މާފަރު އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަބޫދާބީ ފަންޑުން އެޕްރޫވަލް ލިބި، ފެބްރުއަރީ 28 ވަނަ ދުވަހު ޓެންޑަރިންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިއާއެކު އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއަރޕޯޓް ކަމަށެވެ.

އެގޮތުން، 2019 ވަނަ އަހަރު އެކަނިވެސް އިންޓަރނޭޝަނަލް 229 ފްލައިޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާއިރު، 2021 ވަނަ އަހަރުގެ ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ފާއިތުވި އަހަރު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ބޯޑަރު އަލުން ހުޅުވާލިއިރު، އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭ ޚިދުމަތްތަކާ އެކު މާފަރު އެއަރޕޯޓް ހުޅުވާފައިވާއިރު ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ޚިދުމަތްދޭން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އަދި މިހާރު މާފަރު އެއަރޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ޖުމުލަ 60 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މިއީ އަބޫދާބީ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫޢުއެކެވެ. އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ

ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ

19 ޖުލައި 2023
މާފަރުން ފެނުނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން

މާފަރުން ފެނުނީ ގެއްލުންދެނިވި ޖަނަވާރެއް ނޫން

27 ޖޫން 2023
ނ. މާފަރު އެއަރޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލާއި ދުއްވަން އިން ޑްރައިވަރު މަރުވެއްޖެ

ނ. މާފަރު އެއަރޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލާއި ދުއްވަން އިން ޑްރައިވަރު މަރުވެއްޖެ

25 މެއި 2023
މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

05 ފެބުރުއަރީ 2023
މާފަރު އެއަރޕޯޓު ބޮޑުކުރުމަކީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއް: އާޒިމް

މާފަރު އެއަރޕޯޓު ބޮޑުކުރުމަކީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއް: އާޒިމް

08 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު