Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާފަރު އެއަރޕޯޓު ބޮޑުކުރުން

މާފަރު އެއަރޕޯޓު ބޮޑުކުރުމަކީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއް: އާޒިމް

މި ޕްރޮޖެކްޓު ހޯދުމަށްޓަކައި ގިނަ ބޭރުގެ ކުންފުނިތަކާވެސް ވާދަކުރަން ޖެހުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 06:21
މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުން

މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރުން

ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑު ކުރުމަކީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓު އެމްޓީސީސީއާ ޙަވާލު ކޮށްފައިވާއިރު، އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ޕްރޮޖެކްޓަކީ އެމްޓީސީސީގެ ތާރީޚުގައިވެސް ފޮރިން ފަންޑެޑް ޕްރޮޖެކްޓެއްގެ ގޮތުގައި ސޮއި ކުރެވިގެންދިޔަ އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓު ހޯދުމަށްޓަކައި ގިނަ ބޭރުގެ ކުންފުނިތަކާވެސް ވާދަކުރަން ޖެހުނުކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ ބޭރުގެ ކުންފުނިތަކާ ވާދަކޮށް ކާމިޔާބު ހޯދޭނެ ކުންފުންޏެއްކަން ބޭރުގެ ފަންޑުތަކުން ބަލައިގަންނަކަމަށެވެ.  

އޭގެ އިތުރުން، މިއީ އެމްޓީސީސީއަށްވެސް އަދި މުޅި ދިވެހިރާއްޖެއަށްވެސް މުހިއްމު ޕްރޮޖެކްޓެއްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ދިގުކޮށް، ރަންވޭ ރީ ސަރފޭސް ކުރެވިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓުގައި ސޮއި ކުރެވިގެން ގޮސްފައިވާއިރު، ކޮންޓްރެކްޓުގެ ދަށުން ކުރަންޖެހޭ މަސައްކަތް މިހިސާބުން ފެއްޓެވީކަމަށްވެސް އާޒިމް ވިދާޅުވިއެވެ.  

އާޒިމް ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ކޮންޓްރެކްޓާ އެއްގޮތަށް 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓު ނިންމައި، ރަންވޭ ސަރުކާރާ ޙަވާލު ކުރުން ކަމަށެވެ.

އާޒިމް ވިދާޅުވީ، މިދިޔަ 3 އަހަރުގެ ތެރޭގައި އެމްޓީސީސީން 1 އެއާޕޯޓުގެ މަސައްކަތް ނިންމައި، އިތުރު 4 އެއާޕޯޓުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އޭގެ އިތުރުންވެސް އިތުރު ޕްރޮޖެކްޓުތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތުގެ އަގަކީ 27.1 މިލިއަން ޑޮލަރެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު