Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސްގެ އޮފީސް ޢިމާރާތް

ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތެއް އަޅަނީ

މަސައްކަތް ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖުލައި 2023 | ބުދަ 02:39
ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ނ. މާފަރުގައި ކަސްޓަމްސް އޮފީސް އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް ޢިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މާފަރުގައި ކަސްޓްމަސްގެ އޮފީސް ޢިމާރާތް އެޅުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއެވެ. އަދި ފިއުޗާރ ހޯމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ޢަބްދުﷲ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ރީޖަނަލް ކަސްޓަމްސްތަކުގައި އަންނަ ބަދަލުތަކާއި ގުޅިގެން ކަސްޓަމްސްގެ ދައުރު ފުޅާވެގެން ދާއިރު ކަސްޓަމްސްގެ އޮފިސަރުންވެސް އިތުރަށް ތަމްރީނުކޮށް މި ދާއިރާއިން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަތް އޮތާނގައި އޮފިސަރުންނަށް އެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 6.7 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މި މަސައްކަތުގެ ދަށުން އޮފީސް ހިންގުމަށް ބޭނުންވާ ޖާގައިގެ އިތުރުން އެކޮމަންޑޭޝަން ބްލޮކެއްގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ނ.މާފަރުމާފަރު އިންޓަނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު