Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފްރާންސް ޤައުމީ ޓީމު

ފައިނަލްގައި ލިބުނު ފުރުސަތު ގެއްލުވާލެވުމުން ކޯލޯ މުއާނީ: މުޅި އުރުމަށް އެކަމުގެ ހިތްދަތިކަން އޮންނާނެ

ހުސްކޮށް ހުރެ އެއް ފަހަރުން ކޯލޯ މުއާނީ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 02:31
ފައިނަލްގައި ފްރާންސްގެ ކޯލޯ މުއާނީ އަށް ލިބުނު ފުރުސަތު

ފައިނަލްގައި ފްރާންސްގެ ކޯލޯ މުއާނީ އަށް ލިބުނު ފުރުސަތު

މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އަދި އެންމެ ފޯރި ގަދަ ވޯލްޑް ކަޕެވެ.

އެކަމުގެ ތެރެއިން، އެ މުބާރާތުގެ ފައިނަލް އަކީ މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ، އެންމެ ފޯރި ގަދަ އަދި ސަޕޯޓަރުންގެ ލޭ ކައްކުވާލި ވޯލްޑް ކަޕް ފައިނަލެވެ. ފައިނަލްގައި ވާދަކުރީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އެވެ. މި ދެ ޓީމު ބައްދަލު ކުރި ފައިނަލް މެޗަކީ، ފުޓުބޯޅަ ފައިނަލް މެޗެއްގައި ފެންނަން ޖެހޭ އެންމެހައި ކަންކަން ފެނުނު ފައިނަލް މެޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޚާއްސަކޮށް މެޗުގެ 80 ވަނަ މިނެޓާ ހަމައަށް ވެސް އާޖެންޓީނާ އިން މުޅި މެޗު ކޮންޓްރޯލް ކުރަމުން ދަނިކޮށް، ފަހަތުން އަރައި ފްރާންސް އިން ވަނީ ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ ހޫނުކަމާއި، ވާދަވެރިކަން ފެނުނީ އެހިސާބުންނެވެ. ދެ ޓީމުން ވެސް އިތުރު ހަމަލާތަކެއް އުފައްދަމުން ގޮސް މެޗުގެ އިތުރު ވަގުތުގެ ހާފުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ޓީމަށް ލީޑު ނަގައިދިނެވެ. މުޅި ދަނޑު އެހާ ހިސާބުން ގުގުމައިގެން ދިޔަ އިރު، އަނެއްކާ ވެސް ފްރާންސް އިން ނަތީޖާ ހަމަހަމަކުރި އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ފްރާންސް އަށް މެޗު ނިންމާލާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ފްރާންސްގެ އިބްރާހިމާ ކޮނާޓޭ މަތިން ފޮނުވާލި ބޯޅަ ލިބުނީ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ރަންޑަލް ކޯލޯ މުއާނީ އަށެވެ. އެއް ފަހަރުން ކޯލޯ މުއާނީ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަަކޮށްފަ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ކޯލޯ މުއާނީ އެ ބޯޅަ ގޯލަށް ވައްދާލި ނަމަ، މުޅި މެޗުގެ ނަތީޖާ އެނބުރުމާ ވަރަށް ގާތެވެ. ސަބަބަކީ އޭރު ކުޅެމުން ދިޔައީ އިތުރު ވަގުތުގެ ފަހު ހާފުގެ ވެސް ފަހު ވަގުތު ކޮޅު ކަމަށް ވުމުންނެވެ. ނަމަވެސް މެޗު އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފްރާންސް އަށް ނާކާމިޔާބުވީ އެވެ.

އޭގެ ދުވަސްތަކެއް ފަހުން ވާހަކަ ދައްކަމުން ކޯލޯ މުއާނީ ބުނީ، ފައިނަލް މެޗުގައި އެ ލިބުނު ފުރުސަތު ކާމިޔާބު ނުކުރެވުނީތީ ވަރަށް ހިތްދަތިވާ ކަމަށެވެ. އަދިވެސް މެޗުގެ އެ މިނެޓުތައް ވަރަށް ބެލޭ ކަމަށާއި، މިހާރު ވެސް ހިތަށް އުނދަގޫ ވާ ކަމަށެވެ. އޭނާ ބުނީ އެވަގުތުގައި އަމިއްލަ ނަފްސަށް ބުނެވުނީ އަވަހަށް ބޯޅަ ފޮނުވާލުމަށް ކަމަށާއި، އެހިސާބުން ޝޫޓް ކުރީ އެހެންވެ ކަމަށެވެ. ނަމަވެސް ގޯލް ކީޕަރު އެ ބޯޅަ ހުއްޓުވީ ކަމަށާއި، މިހާރު ޤަބޫލު ކުރެވޭ ގޮތުގައި އިތުރު ފުރުސަތުތައް އޮތް ކަމަށެވެ. ކޯލޯ މުއާނީ ބުނީ އެކަމުގެ ހިތްދަތިކަން އަދިވެސް އޮންނަ ކަމަށާއި، އެ ހިތްދަތިކަން އުމުރު ދުވަހަަށް އޭނާގެ ޙަޔާތުގައި އޮންނާނެ ކަމަށެވެ. އަދި އެ ވަގުތުގައި ކީލިއަން އެމްބާޕޭ އަށް ބޯޅަ ޖައްސާލެވިދާނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، ނަމަވެސް އޭރު އެމްބާޕޭ ނުފެންނަ ކަމަށެވެ. ކޯލޯ މުއާނީ ބުނީ އަބަދުވެސް އެކަހަލަ ވަގުތުގައި އިތުރު ފުރުސަތުތަކެއް އޮތްކަން އެނގެނީ ފަހުން މެޗު ބަލާލުމުން ކަމަށެވެ.

ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވަނީ 36 އަހަރަށްފަހު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

09 ޖުލައި 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު