Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ރަންތާޖު" ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތުގެ ހދ. ކުޅުދުއްފުށީގެ އޮޑިޝަން ފެބްރުއަރީ 4 ވަނަ ދުވަހު

ދެން މި މުބާރާތުގެ އޮޑިޝަން އޮންނާނީ ބ. އޭދަފުށީގައި، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 15:28
"ރަންތާޖު" ޤުރުއާން މުބާރާތުގެ ޓީމް

"ރަންތާޖު" ޤުރުއާން މުބާރާތުގެ ޓީމް

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު ކުރިއަށްގެންދާ، "ރަންތާޖު" ޤުރުއާން މުބާރާތުގެ ހދ. ކުޅުދުއްފުށީގެ އޮޑިޝަން ފެބްރުއަރީ 4 ވަނަ ދުވަހު އޮންނާނެއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ ހދ. ކުޅުދުއްފުށީގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެންއޯސީ ހޯލުގައެވެ. އޮޑިޝަން ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހެނދުނު 10:00ން 01:00 އަށެވެ. އެ އޮޑިޝަންގެ ފަނޑިޔާރުންނަކީ އިބްރާހީމް ޝިފާއު، މުހައްމަދު ނައީމް އަދި މުހައްމަދު ވަހީދުއެވެ.

Advertisement - newsAdvertisement

ރަންތާޖު ޤުރުއާން މުބާރާތުގެ ބ. އޭދަފުށީގެ އޮޑިޝަން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އަދި ރަންތާޖު ޤުރުއާން މުބާރާތުގެ ބ. އޭދަފުށީގެ އޮޑިޝަންގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ އިބްރާހިމް ރަމްޒީ، މޫސާ އަހުމަދު އަދި އަބްދުﷲ މާޖިދު މޫސާއެވެ.

މި މުބާރާތުގެ އޮޑިޝަން ކުރިއަށްދާ ސަރަހައްދުތަކަކީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ އޭދަފުށި، ހދ. ކުޅުދުއްފުށި، އަދި މާލެ ސިޓީއެވެ. މި މުބާރާތް ހުޅުވާލާފައި ވަނީ 16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިތުރުން އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 10 ސަރަަހައްދެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މިފަދަ މުބާރާތްކަަމަށް ވާއިރު، މުބާރާތުގެ އޮޑިޝަންތަކުން 20 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ގާރީން ހަރަކާތްތެރިވެވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

07 މެއި 2018

އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

07 މެއި 2018
އިއުފަވި ޖަމިއްޔާގެ 10 ވަނަ އަހަރީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
16 އެޕްރީލު 2018

އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

16 އެޕްރީލު 2018
އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި
04 ޖެނުއަރީ 2018

ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

04 ޖެނުއަރީ 2018
ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
26 އޮކްޓޯބަރު 2017

ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރަކޮށްފި

26 އޮކްޓޯބަރު 2017
ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރަކޮށްފި
05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު