Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖަށް މީހުން ގެންދިއުން

ހައްޖުކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ އާއިލާ ހައްޖަށް ދިއައީ އުސޫލާއި އެއްގޮތަށްކަމަށް ސިފަކުރައްވާ ޑރ.ޝަހީމް އެކަން ދިފާއުކުރައްވައިފި

12 އޯގަސްޓު 2025 | އަންގާރަ 07:03

2025 ވަނަ އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން 850 މީހުން ހައްޖަށް ގޮސްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އޯގަސްޓު 2025 | އަންގާރަ 07:03
އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - 12.08.2025

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - 12.08.2025

ހައްޖު ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) މުހައްމަދު ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ އަކު މި އަހަރު ހައްޖަށް ގެންދިޔައީ ރަނގަޅަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާ، އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެކަން ދިފާއުކޮށް ވާހަކަދައްކަވައިފިއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ، 2025 ވަނަ އަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ ސާފުކުރުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރައްވާފައިވާ ސުވާލާއި ގުޅިގެން ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި މީހަކަށް ނުވަތަ ވަކި އާއިލާ އަކަށް ބަލާފައި ނުވާނެ ކަަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ. ވަކި މީހެއްގެ އާއިލާ މީހަކަށްވީތީ އެފަދަ ފުރުސަތެއް ނުދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

1000 ކޯޓާ އާއި އެކުގައި އެކަށީގެންވާ ވަރަށް އެހީތެރިން ގެންދާ ކަމަށް ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

" އާއިލާ އަށް ބަލައިގެން ޖާގަ ދޭކަށް އުސޫލްތައް ތަނެއް ނުދޭ. ވަކި ބޭފޫޅެއްގެ އާއިލާ މީހަކަށްވީތީ ހައްޖު ކޯޕަރޭޝަނުން ވެސް އިސްލާމިކް މިނިސްޓްރީން ވެސް އެ ފުރުސަތެއް ނުދޭނެ. އެއްވެސް ހާލެއްގައި ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެހީތެރިންނަށް އެގޮތަކަށް ޖާގަދެވިފަ އެއް ނުވޭ." ޝަހީމް ވިދާޅުވިއެވެ.

2025 ވަނަ އަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން 850 މީހުން ހައްޖަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖަށްދާ މީހުންގެ ތެރެއިން އުމުރުން 75 އަހަރުން މަތީގެ ފަރާތްތަކަށް އެކަނި ނޫޅޭވޭނެތީ އެހީތެރިންނަށް ފުރުސަު 44 ފަރާތަށް ދީފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި 50 ޖާގާ ޚާއްސަކުރީ ފަގީރުންގެ ތެރެއިން ހައްޖަށް ފޮނުވާދޭ މީހުންނަށް ކަމަށާއި ބާކީ 100 މީހުންނަކީ ބަލި މީހުންގެ އެހީތެރިންނާއި ބަލިތައް ތަހައްމަލްކުރާ މީހުންގެ ތެރެއިން ކައިރު ފުރުސަތެއްގައި ޖާގަ ނުލިބޭ ނަމަ ހައްޖުގެ އަޅުކަން ނުކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭ މީހުންނަށް ފުރުސަތުދީފައިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިންސާފުވެރިކަމާއި އެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަން ދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ އިތުރުން ކޮންމެ 5 އަހަރަކުން 1 ފަހަރު ނޫނީ ހައްޖަށް ތަކުރާރުކޮށް ނުދެވޭ ގޮތަށް ހަމަޖެއްސުމާއި، އުމުރުން ދުވަސްވީ މީހުންނަށް ފުރުސަތު ދިނުން ހިމެނޭ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރާާއްޖެއިން މީހުން ހައްޖަށް ދިއުމަށް ދޭ ރަސްމީ ކޯޓާގެ އަދަދަކީ 1000 ކަމަށް ވާއިރު ހައްޖަށް ދިއުމަށް ފައިސާ ދައްކާ އެ ކުންފުނީގެ ހައްޖު ކިއުގައި ވެއިޓްލިސްޓްކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް