Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުސްއަބު އަބްދުﷲ

މުސްއަބު އަށް 1.1 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

10 އޯގަސްޓު 2025 | އާދީއްތަ 14:47

ސިވިލް ސާވިސްގެ ވަޒީފާއިން ދޫކޮށްލަން ޖެހޭ މުވައްޒަފުންނަށް ދެވޭ އިނާޔަތާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 40،000ރ. ނަގައިދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޯގަސްޓު 2025 | އާދީއްތަ 14:47
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބު އަބްދުالله

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބު އަބްދުالله

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކި ކުރުމުން ބަދަލުގެ ގޮތުގައި 1.1 ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމްކޯޓުން ވެސް ކަނޑައަޅާފައިވަނިކޮށެވެ. އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަންކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ 29 މެއި 2019ގައެވެ. އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މުސާރަ ލިބިވަޑައިގަންނަވާގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ލިބިވަޑައިނުގަންނަވާގޮތަށް ސަސްޕެންޑު އިތުރުކުރިއެވެ.

Advertisement - newsAdvertisement

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސަރވިސްގެ ގާނޫނާއި، ސިވިލް ސަރވިސްގެ ގަވައިދާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބުނެ އޭނާ މަގާމުން ވަކިކުރީ 2021 ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއްކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑުކުރި މުއްދަތުން ފެށިގެން ލިބިވަޑައިގަންނަވަންޖެހޭކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިވަޑައިގަތް ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމަށް ކުރައްވަންޖެހުނު ޚަރަދު ހޯއްދެވުމަށް އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސަރވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކުރިއެވެ.

ނަމަވެސް އެއިރު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ސިވިލް ސަރވިސް ކޮމިޝަނުން އޭނާ މަގާމުން ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސާބިތުނުވާކަމަށެވެ. އޭނާ މަގާމުން ވަކިކުރީ އެކަށީގެންވާ ސަބަބުތައް ހުރެ އިޖުރާއަތްތަކާ އެއްގޮތަށްކަމަށް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ ނިންމުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގައި ބުނެފައިވަނީ, މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިސްތިއުނާފުކުރި ދުވަހާ ހަމައަށް އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ގާނޫނާ ޚިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރިނަމަވެސް އޭނާ ކުރިން ހުންނެވި ވަޒީފާއަށް އަނބުރާ އިއާދަކޮށްދެވެން ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުންނެވި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައިވުމެވެ.

އެހެންކަމުން ހައި ކޯޓުން ހުކުމްކުރީ، ބަދަލުގެގޮތުގައި އޭނާއަށް 1,187,766.60ރ. (އެއްމިލިއަން އެއްލައްކަ އައްޑިހަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ، ފަސްދޮޅަސް ލާރި) ދިނުމަށެވެ.

އަދި ފަހުން ސީއެސްސީ އިން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުންވެސް މި މައްސަލަ ނިންމީ މުސްއަބުއާއި އެއްކޮޅަށެވެ. އަދި ބަދަލު ދިނުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެކަމަށް ކޯޓުން ހުކުމް ކުރިއެވެ. އެހެންކަމުން ސިވިލް ކޯޓުގައި އަލުން ބަދަލުދިނުމުގެ މަައްސަލަ ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން 7 އޮގަސްޓް 2025 ގައި ކުރި ހުކުމުގައި ބުނެފައިވަނީ މުސްއަބު އިސްލާމިކް މިނިސްޓްރީގައި އަދާކުރަމުންދިޔަ ޕީއެސްގެ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1،101،333.33 ރުފިޔާ އަކީ ސިވިލް ސަރވިސް ކޮމިޝަނުން ދައްޖަންޖެހޭ ފައިސާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި މި މައްސަލައިގެ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 40،000 ރުފިޔާ ހިމެނޭ ގޮތަށް 1،141،333.33 ރުފިޔާ ދެއްކުމަށް 1 މަސް ދުވަހުގެ މުއްދަތެއް ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް