Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ފޮރެސްޓް ބަލިކޮށް ޔުނައިޓެޑު ކަރަބޯ ކަޕްގެ ފައިނަލަށް

2 ފެބުރުއަރީ 2023 | ބުރާސްފަތި 04:40

ފޮރެސްޓުގެ ދަނޑުގައި ޔުނައިޓެޑުން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2023 | ބުރާސްފަތި 04:40
ފޮރެސްޓާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު މާޝިއަލް އުފާ ފާޅުކުރަނީ

ފޮރެސްޓާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު މާޝިއަލް އުފާ ފާޅުކުރަނީ | ރޮއިޓާސް

ކަރަބޯ ކަޕްގެ ދެ ވަނަ ލެގުގައި ވެސް ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، މެންޗެސްޓަރ ޔުނައިޓެޑު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 0-3 އިން ފޮރެސްޓުގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެހެންކަމުން ބުދަ ދުވަހުގެ ރޭ ފޮރެސްޓުގެ ދަނޑުގައި ދެ ވަނަ ލެގަށް ކުރިމަތިލީއިރު ވެސް ޔުނައިޓެޑަށް ވަނީ ފައިނަލުގެ އުންމީދު ބޮޑުވެފަ އެވެ. ފޮރެސްޓުގެ ދަނޑުގައި ޔުނައިޓެޑުން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ޔުނައިޓެޑުގެ ދެ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރެ، މޮޅަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑު އެވެ.

ޔުނައިޓެޑުގެ ފުރަތަމަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖެހީ އެންތަނީ މާޝިއަލް އެވެ. އެއީ ފޮރެސްޓުގެ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގައި ބޯޅަ ހޯދައިގެން އޭރިޔާ ތެރެއަށް ވަދެ އޭނާ ޖައްސާލީ ރަޝްފޯޑު އަށެވެ. ފޮރެސްޓުގެ ޑިފެންޑަރަކު ކައިރިން ރަޝްފޯޑު މާޝިއަލް އަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލީ ގޯލުގެ ތިރީ ކަނަށްވާ ގޮތަށެވެ. އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ފްރެޑް އެވެ. އެއީ ފޮރެސްޓުގެ އޭރިޔާ ބޭރުން ކެޕްޓަން ބްރޫނޯ ފެނާންޑޭސް ހުރަސްކޮށްދިން ބޯޅައެއް ރަޝްފޯޑަށް ލިބުމުން، އޭނާ ގޯލު ކުރި މައްޗަށް ޖައްސާލި ބޯޅަ ގޯލަށް ވައްދާލައިގެން ފްރެޑް ޖެހި ލަނޑެވެ.

ކަރަބޯ ކަޕްގެ ފައިނަލްގައި ޔުނައިޓެޑު ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ޔުނައިޓެޑުން ވަނީ އެންމެ ފަހުން އެ ޓީމު ކަރަބޯ ކަޕްގެ ފައިނަލްގައި ކުޅުނު ހަތަރު ފަހަރު ވެސް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ޔުނައިޓެޑު މުބާރާތުގެ ފައިނަލްގައި ކުޅެ، ތަށި އުފުލާލީ 2017 ވަނަ އަހަރު އެވެ. އޭގެ ކުރިން އެ ޓީމު ވަނީ 2006، 2009 އަދި 2010 ވަނަ އަހަރުގެ ފައިނަލްގައި ކުޅެ، ތަށި ކާމިޔާބުކޮށްފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް