Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އަނިޔާ ސީރިއަސްވެ އެރިކްސަން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް

މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ޓެސްޓުތަކަށްފަހު ބުނީ، އޭޕްރީލް ނުވަތަ މެއި މަހާ ހަމަ އަށް އެރިކްސަން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ފެބުރުއަރީ 2023 | ބުދަ 02:25
ރެޑިން މެޗުގައި އެރިކްސަން އަށް ޓެކުލް ކުރަނީ

ރެޑިން މެޗުގައި އެރިކްސަން އަށް ޓެކުލް ކުރަނީ

ރެޑިންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މިކަން ހާމަކޮށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނީ އެރިކްސަން އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނީ ދެ މަސް ދުވަސް ފަހުން ކަމަށެވެ. އެރިކްސަން އަށް އަނިޔާވީ އެ މެޗުގައި ރެޑިންގެ ކުޅުންތެރިޔަކު ކުރި ޓެކުލަކާ ގުޅިގެންނެވެ. އެރިކްސަން ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދަނޑު ދޫކޮށް ގޮސްފައި ވަނީ ވެސް ދަނޑިގަނޑުގެ އެހީގަ އެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑުގެ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ޓެސްޓުތަކަށްފަހު ބުނީ، އޭޕްރީލް ނުވަތަ މެއި މަހާ ހަމަ އަށް އެރިކްސަން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސީޒަންގެ ފަހު ދުވަސްކޮޅު އެނބުރި އައި އެރިކްސަން އަށް ކުޅެވޭވަރު ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ނޮޓިންހަމް ފްރެސްޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ކުޅުމާ ދުރުގައި ހުންނަން ޖެހުމުން އެރިކްސަން ހުރީ ކަންބޮޑުވެފައި ކަމަށާއި، ހަމަ އެގޮތަށް ޔުނައިޓެޑުން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި މަތީ ފަންތީގައި ފުޓުބޯޅަ ކުޅޭ ނަމަ އެކަހަލަ ކަންކަން ދިމާވާނެ ކަމަށާއި، އެކަންކަމާ ކެރިގެން ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެރިކްސަން އަށް އަނިޔާވި ނަމަވެސް، ޓްރާންސްފާގެ ފަހު ދުވަހު ޔުނައިޓެޑުން އެހެން ކުޅުންތެރިޔަކު ހޯދަން އުނދަަގޫވާނެ ކަމަށެވެ. އެގޮތުން މިޑްފީލްޑުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިން ޔުނައިޓެޑުގައި ތިބި ކަމަށާއި އެ ކުޅުންތެރިންނަށް އެތަން ފޫބެއްދޭނެ ކަމަށެވެ. އޭނާ ބުނީ އެހެން ކުޅުންތެރިޔަކަށް އެރިކްސަންގެ ފެންވަރުގައި އެތަން ފޫނުބެއްދިދާނެ ކަމަށާއި، ނަމަވެސް ކޮންމެ ކުޅުންތެރިޔަކީ ތަފާތު ކުޅުންތެރިޔަކަށްވުމުން އެ ކުޅުންތެރިޔެއްގެ ފެންވަރުން އެކަން ކުރެވޭނެ ކަމަށެވެ.

ބްރެންޓްފޯޑު ދޫކޮށް އެރިކްސަން ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން މިހާރު އޭނާ އަންނަނީ އެ ޓީމުގައި މޮޅަށް ކުޅެމުންނެވެ. މިހާތަނަަށް އެރިކްސަން ވަނީ އޭނާ ޔުނައިޓެޑަށް ކުޅެދިން 31 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ

12 އެޕްރީލު 2017
ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު