Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީ އަލްވޭސް

ކޮންމެ ގޮތެއް ކުރިމަތިވި ނަމަވެސް އެކަން ޤަބޫލު ކުރާނަން: އަލްވޭސް

31 ޖެނުއަރީ 2023 | އަންގާރަ 02:36

އޭނާ ބުނީ އެ ދުވަސްތަކުގައި ވަރަށް އުނދަގޫ އަދި ވަރަށް ދަތި ކަންކަމާ ކުރިމަތިލާން ވެސް ޖެހުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2023 | އަންގާރަ 02:36
ބްރެޒިލްގެ ޖާޒީގައި ޑެނީ އަލްވޭސް

ބްރެޒިލްގެ ޖާޒީގައި ޑެނީ އަލްވޭސް

ކުރިއަަށް އޮތް ތަނުގައި ކޮންމެ ގޮތެއް ކުރިމަތިވި ނަމަވެސް އެކަން ޤަބޫލު ކުރާނެ ކަމަށް ޑެނީ އަލްވޭސް ބުނެފި އެވެ.

އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަލްވޭސްގެ މައްޗަށްކޮށްފައިވާއިރު، އޭނާ ޖަލުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޖަލުގައި އަލްވޭސް ހުރި ނަމަވެސް، އޭނާގެ އާއިލާ މީހުންނަށް ޖަލަށް ޒިޔާރަތްކުރުމުގެ އިންތިޒާމުތައް އޮތީ ހަމަޖައްސައިދީފަ އެވެ. އަލްވޭސްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައި ވަނީ، އަލްވޭސް ހުރީ ކޮންމެ ގޮތެއް ކުރިމަތިވި ނަމަވެސް އެކަން ޤަބޫލު ކުރާ ގޮތަށެވެ. އަލްވޭސް ބުނީ އޭނާ އަކީ އުމުރުން 15 އަހަރުން ފެށިގެން އަމިއްލަ ޤައުމު ދޫކޮށް އެހެން ތަންތަނުގައި އުޅެން ޖެހުނު މީހެއް ކަމަށެވެ. އަދި އެ ދުވަސްތަކުގައި ވަރަށް އުނދަގޫ ކަންކަން އަދި ވަރަށް ދަތި ކަންކަމާ ކުރިމަތިލާން ވެސް ޖެހުނު ކަމަށެވެ. އޭނާ ބުނީ އެކަން ކަން ވެސް އޭނާ ހުރަސްކުރީ ހިތްވަރާއެކު ކަމަށާއި، މިހާރު ކުރިމަތިވެފައިވާ ކަންތައް ވެސް ހިތްވަރާއެކު ހުރަސްކުރާނެ ކަމަށެވެ. އިތުރަށް އަލްވޭސް ބުނީ، އެއްވެސް ކަމަކުން އޭނާ ބިރުގަނެ ފަހަތަށް ޖެހެން ބޭނުން ނުވާ ކަމަށެވެ.

އަލްވޭސްގެ މައްޗަށް އެކަމުގެ ތުޙުމަތު ކުރުމާއެކު އޭނާ ކުޅެމުން އައި މެކްސިކޯގެ ޕޫމާސްއިން ވަނީ އަލްވޭސްއާއެކު ހަދާފައިވާ އެއްބަސްވުން ވެސް އުވާލަން ނިންމައިފަ އެވެ. އެ ކުލަބުގެ ރައީސް ލިއޯޕޮލްޑޯ ސިލްވާ ވިދާޅުވީ، އަލްވޭސްގެ މައްޗަަށް ކުރެވޭ ތުހުމަތާއި، ބަލަމުންދާ މައްސަލަތަކާ ގުޅިގެން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން އެ ކުލަބުން ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެ ކުލަބުގެ އެއްވެސް ފަރާތަކުން ނުވަތަ ކުލަބާ ގުޅުމެއްވެސް އޮންނަ ފަރާތަކުން އެކަހަލަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި އަލްވޭސްގެ ވަކީލުން ވެސް ބުނަނީ ކުރަމުންދާ ތުހުތަމުތަކަށް އަލްވޭސް އިންކާރު ކުރާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަހުމަތްތެރިންތަކާއެކު ޕާޓީ ކުރުމަށް ދިޔަ ކަމަށާއި އޭނާއާ ގުޅުވައިގެން ދައްކަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން އަލްވޭސް ބުނީ އޭނާއަކީ އަންހެނަކަށް އެފަދަ ކަމެއް ކުރާނެ މީހެއް ނޫންކަމަށާއި، އަންހެނުންނަށް ނުހަނު އިހުތިރާމް ކުރާކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
16 މެއި 2017

އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ

16 މެއި 2017
އަބަހާނީ މެޗު ކޮންމެހެން ހަދާފަވެސް ކާމިޔާބުކުރުން ވަރަށް މުހިންމު: ސެކުލޮވްސްކީ
24 އެޕްރީލު 2017

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް