Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެގްޒެކެޓިވް ބޯޑުގެ ބައްދަލުވުން

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152 ވަނަ ބައްދަލުވުން ފެށިއްޖެ

30 ޖެނުއަރީ 2023 | ހޯމަ 16:42

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތައް ދިވެހިރާއްޖެއިން ތަމްސީލްކުރަމުން ގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖެނުއަރީ 2023 | ހޯމަ 16:42
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152 ވަނަ ބައްދަލުވުން

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 152 ވަނަ ބައްދަލުވުން

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 152 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިބައްދަލުވުމަކީ، ދުނިޔޭގެ 34 ގައުމަކުން، ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ މުހިންމު ނިންމުންތަކެއް ނިންމާ، އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

8 ދުވަހުގެ މުއްދަތަށް ހޯމަ ދުވަހު ފެށި މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރޝިޕް އަދި ނޮން-މެންބަރޝިޕް ގައުމުތައް ހިމެނޭހެން، ސްވިޒަރލޭންޑްގެ ޖެނީވާގައެވެ. އަދި 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތައް ދިވެހިރާއްޖެއިން ތަމްސީލްކުރަމުން ގެންދާނެއެވެ.

މި ބައްދަލުވުމުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް އަދި ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި، މި އަހަރުގެ 76 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކަށް މަޝްވަރާކުރެވި، ނިންމުންތައް ނިންމާނެއެވެ.

ހަމައެހެންމެ، ކޮވިޑް-19 ފަދަ ސިއްހަތު ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޕްރިޕެއަރޑްނެސް އަދި ރެސްޕޮންސްއާގުޅޭ މަޝްވަރާތަކެއް ހިންގުމާއި، މިކަމާގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރިގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާގުޅޭ މަޝްވަރާތައްވެސް ކުރެވިގެންދާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
26 އެޕްރީލު 2017

ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

26 އެޕްރީލު 2017
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް