Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔުނިވަރސަލް ޕީރިއަޑިކް ރިވިއު

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 42 ވަނަ ސެޝަން ގައި ރާއްޖޭ

މިސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ހަފުތާގެ މުއްދަތަށް 3 ފެބްރުއަރީ އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2023 | ހޯމަ 12:42
ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 42 ވަނަ ސެޝަންގައި ރާއްޖެ

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 42 ވަނަ ސެޝަންގައި ރާއްޖެ

އ.ދ.ގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް އެކަންކަން ރަނގަޅުކުރުމަށް ޤައުމުތަކަށް ލަފާދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު) ގެ 42ވަނަ ސެޝަން 23 ޖަނަވަރީ 2023ގައި، ޖެނީވާގެ ޕަލައީ ޑި ނޭޝަންސްގައި ފެށިގެން ކުރިއަށް އެބަދެއެވެ.

2 ހަފުތާގެ މުއްދަތަށް ބާއްވާ މިސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ފެބްރުއަރީ 2023 އާ ހަމައަށެވެ.

Advertisement - newsAdvertisement

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު އަކީ، އ.ދ.ގެ ހުރިހާ މެމްބަރު ޤައުމުތަކުން އެޤައުމުތަކުގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތައް ބަލައި އެމަސައްކަތްތައް ވަޒަންކޮށް ހެދުމަށްޓަކައި ޤައުމުތަކުން އިސްކޮށް ތިބެ ކުރިއަށް ގެންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ސަބަބުން ޤައުމުތަކުން އެޤައުމުތަކުގައި އިންސާނީ ޙައްޤުތައް ހަރުދަނާކޮށް ކުރިއަރުވައި އެޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް އިޢުލާނުކުރެވޭނެއެވެ.

އަދި އެހެން މެމްބަރު ޤައުމުތަކަށް އެމަސައްކަތްތައް ވަޒަންކޮށް އެމަސައްކަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށާއި ޙައްޤުތައް ކަށަވަރުކުރުމަށް އިތުރަށް ކުރެވޭނެ ކަންކަމާމެދު ލަފާދެވޭނެއެވެ. މިޕްރޮސެސް ރޭވިފައިވަނީ ހުރިހައި ޤައުމަކަށް ވެސް ހަމަހަމަ ގޮތެއްގައި އެޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަން ކުރެވޭނެ ފުރުޞަތު ފޯރުކޮށްދީ، ހުރިހައި ޤައުމެއްގައި ވެސް އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ބާރުއެޅޭނެ ގޮތަށެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ރާއްޖެއަށް މުހިއްމު ކަންކަމަށް ރިޢާއަތްކޮށް ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ޔޫ.ޕީ.އާރު.ގެ މިސެޝަނުގައި ވެސް ފުރިހަމައަށް ބައިވެރިވަމުން ދެއެވެ. މިސެޝަނުގައި ރިވިއު ކުރުމަށް ހަމަޖެހިފައިވާ 13 ޤައުމުކަމަށްވާ އާޖެންޓީނާ، ބެނިން، ޗެކިއާ، ގަބޯން، ގާނާ، ގުއަޓަމާލާ، ޖަޕާން، ރިޕަބްލިކް އޮފް ކޮރިއާ، ޕާކިސްތާން، ޕެރޫ، ސްރީ ލަންކާ، ސްވިޓްޒަލަންޑް، އަދި ޒެމްބިއާ އަށް ވެސް އެޤައުމުތަކުން ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ބިނާކުރުވަނިވި ހުށަހެޅުންތަކާއި ލަފާ ރާއްޖެއިން ހުށަހަޅާނެއެވެ.

އެގޮތުން، މިހާތަނަށް ރާއްޖެއިން ވަނީ އާޖެންޓީނާ، ގަބޯން، ގާނާ، ޕެރޫ، ގުއަތަމާލާ، ބެނިން، ރިޕަބްލިކް އޮފް ކޮރިއާ، އަދި ސްވިޓްޒަލަންޑުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެއަށް ފެންނަ ހުށަހެޅުންތައް ހުށަހަޅާފައެވެ.

މީގެއިތުރުން، ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއީމީ މަންދޫބު، ޑރ. އާސިމް އަޙުމަދު، ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްގެ ހައިސިއްޔަތުން، މިސެޝަންގެ ބައެއް ރިވިއު ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވައެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 42 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސް މަންދޫބަކީ، ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއީމީ މަންދޫބު، ޑރ. އާސިމް އަޙުމަދެވެ. ރާއްޖޭގެ ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ، ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއީމީ މަންދޫބުގެ ނައިބު، އަލްފާޟިލާ ޙައުލާ އަޙުމަދު ދީދީ؛ ކައުންސެލަރ، އަލްފާޟިލް ޙަސަން ޙުސައިން ޝިހާބު؛ ކައުންސެލަރ، އަލްފާޟިލާ އާމިނަތު ޝިފާޔާ އިބްރާހީމް؛ އަދި ސެކަންޑް ސެކަޓްރީ، އަލްފާޟިލާ މަރިޔަމް ފާތިކާ ފަޔާޒްއެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ވޯކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ފަހަރު ސެޝަނެއް ބާއްވައެވެ. މިޕްރޮސެސްގެ ހަތަރުވަނަ ބުރު ނޮވެމްބަރު 2022އިން 2027ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު