Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގްލަދޭޝް ދިވެހި ދަރިވަރުން

އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި

ނޭޕާލްގެ 500 ދަރިވަރުންނާއި، ބޫޓާންގެ 38 ދަރިވަރެއްގެ އިތުރުން، ރާއްޖޭގެ ދަރިވަރަކުވެސް އިންޑިއާއަށް މިހާރު ގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖުލައި 2024 | ހޯމަ 08:31
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ނުވުން

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ނުވުން

އިންޑިއާގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީއާއި، ޑާކާގެ ހައިކޮމިޝަނުގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކާއެކު ދަރިވަރުން ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މިހާތަނަށް ބަންގްލަދޭޝްއިން 4500 ދަރިވަރަކު އިންޑިއާއަށް އައިސްފައިވާ ކަމަށް ންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، ނޭޕާލްގެ 500 ދަރިވަރުންނާއި، ބޫޓާންގެ 38 ދަރިވަރެއްގެ އިތުރުން، ރާއްޖޭގެ ދަރިވަރަކުވެސް އިންޑިއާއަށް މިހާރު ގޮސްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ، ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝަގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، އާއިލާތަކާ އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަގޮތައްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު އެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އަންނަން ގަސްތުކުރާކަމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި، މިދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރ ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިވަގުތު ބަންގްލަދޭޝުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ބަންގްލަދޭޝްއިންޑިއާ އިން މޯލްޑިވްސް

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ހަސީނާ ވެރިކަމުން ވައްޓާލި ޒުވާނުންގެ މުޒާހަރާގެ އިސް ލީޑަރަކު މަރުވުމާއެކު އަނެއްކާ ވެސް ބަންގްލަދޭޝް ގައި ހަމަނުޖެހުންތައް ފެށިއްޖެ

19 ޑިސެމްބަރު 2025
ހަސީނާ ވެރިކަމުން ވައްޓާލި ޒުވާނުންގެ މުޒާހަރާގެ އިސް ލީޑަރަކު މަރުވުމާއެކު އަނެއްކާ ވެސް ބަންގްލަދޭޝް ގައި ހަމަނުޖެހުންތައް ފެށިއްޖެ
16 ޑިސެމްބަރު 2025

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި
05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު