Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫރަޕް ކޮލިޓީގެ ބޭސް އެތެރެކުރި ޚަބަރު ދޮގުކުރުން

ޔޫރަޕް ކޮލިޓީގެ މޮޅު ބޭސް މި ސަރުކާރުން ގެނައިކަމަށް ކިޔަނީ ދޮގެއް، އެއީ ކުރީ ސަރުކާރުން ކޮށްފައި އޮތް ކަމެއް: ކުރީގެ މިނިސްޓަރ އަމީރު

އެ އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީން ރާއްޖެ އަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމުގައި އެހީތެރިވެ ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވޭ

ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 15:43
ފިނޭންސް މިނިސްޓަރާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ސޮއި ކުރި ބަލްކް ޕްރޮކިއުމެންޓް އެއްބަސްވުން ބަދަލު ކުރަނީ

ފިނޭންސް މިނިސްޓަރާއި ޔޫއެންޑީޕީގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ސޮއި ކުރި ބަލްކް ޕްރޮކިއުމެންޓް އެއްބަސްވުން ބަދަލު ކުރަނީ

ޔޫރަޕް ކޮލިޓީގެ ބޭސް ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް ހޯމަ ދުވަހުން ފެށިގެން ވިއްކަން ފަށައިފި ކަމަށް ބުނެ ފަތުރާ ޚަބަރަކީ ހަގީގަތް އޮޅުވާލައިގެން ފަތުރާ ޚަބަރެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެސްޓީއޯ ގުޅިގެން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށާއި، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ ބަލްކް ޕްރޮކިއުމެންޓް ގެ ތެރެއިން ބޭސް ގެންނަން ސޮއިކުރެވުނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު، އެމްޑީޕީ ސަރުކާރުގައި ކަމުގައެވެ.

"އެންމެންނަށް އެބަ އެނގޭ މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއްކަން،" އަމީރު މި ކަމާބެހޭ ގޮތުން ހޯމަ ދުވަހުގެ ރޭ ކަން ހިނގާފާއިވާ ގޮތް ސާފުކޮށްދެއްވުމުގެ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

އަމީރު ވިދާޅުވީ ޔޫއެންޑީޕީ އާއެކު ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ބޭސް ގަންނަން ކުރީ ސަރުކާރުން ސޮއި ކުރުމުގެ ސަބަބުން ކޮލިޓީ ބޭސް ލިބުމުގެ އިތުރުން، ބޭހަށް ކުރެވޭ ޚަރަދުވެސް އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމަށެވެ.

1 ޖޫން 2023 ގައި އެމްޑީޕީ ސަރުކާރުގެ މިނިސްޓްރީ އޮފް ފިނޭންސުން ނެރެފައިވާ ނޫސް ބަޔާނެއްގައި އޮންނަނީ ރާއްޖެ އަށް އެތެރެ ކުރެވޭ ބޭސް ހެޔޮ އަގުގައި ގެނައުމަށްޓަކައި ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ކޮލިޓީ ބޭސް ގެނައުމަށް ޔޫއެންޑީޕީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީން ރާއްޖެ އަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން ކޯޕަންހޭގަންގައި ހުންނަ ޔޫއެންޑީޕީ ގެ ގްލޯބަލް ހެލްތް ޕްރޮކިއުމެންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމުގައި އެހީތެރިވެ ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އެގްރީމެންޓްގެ ދަށުން ބޭސް ވަގުތުން ވަގުތައް ގެނައުމަށް ފަސޭހަވުމާއި، ބޭސް ލިބުމަށް ހުންނަ ދަތިތައް ހައްލުވެގެން ދިއުމުގެ އިތުރުން ސިއްހީ ދާއިރާގެ ޕްރޮކިއުމެންޓް ރަނގަޅު ވެގެން ދިއުމާއި ސިއްހީ ނިޒާމުގެ ބައެއް މައްސަލަތައް ހައްލުވެގެން ދާނެ ކަމަށްވެސް އެމްޑީޕީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަމީރު ވަނީ "މި ހަގީގަތް ނޯޅޭނެ ގޮތަށް ޚަބަރު ގެނެސްދިނުމަށް" އެދިވަޑައިގަތްފައެވެ.

ފިނޭންސް މިނިސްޓްރީކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު