Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުވައިތު ފައިވާން

އަހަރެމެންގެ ފެންފައިވާން އެންމެ ފަހުން ޖަވާހިރަކަށް؟

ކުވައިތު ފައިވާން ފިހާރައިގައި ވިއްކާ މިޒާތުގެ ފައިވާން ޖޯޑެއްގެ އަގު އުޅެނީ 4500 ރިޔާލަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 18476.44 އެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 06:17
ނައިލޯން ފައިވާނު - ކުވައިތު ފައިވާން ފިހާރައިގައި ވިއްކަން ހުރި ފައިވާނާއި، ނައިލޯނު ފައިވާނާ މާ ބޮޑު ތަފާތެއް ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކާފައިވޭ

ނައިލޯން ފައިވާނު - ކުވައިތު ފައިވާން ފިހާރައިގައި ވިއްކަން ހުރި ފައިވާނާއި، ނައިލޯނު ފައިވާނާ މާ ބޮޑު ތަފާތެއް ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކާފައިވޭ

ޒަމާން ބަދަލުވެ، ތަރައްޤީގެ ރޭހުގައި އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އައި ކަމުގައި ވީ ނަމަވެސް އަހަރެމެންގެ ގޯތި ގެދޮރާއި މިސްކިތްތަކާއި، ހޮސްޕިޓަލު ފަދަ އާންމު ބައެއް ތަންތަނުން އަދިވެސް ފެންނަ އެކައްޗަކީ ފެންފައިވާނޭ ބުނުމަކުން ގޯހެއް އޮތް ކަމަކަށް ނުދެކެމެވެ. މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި އެކަންޏެއް ނޫނެވެ. އަހަރެމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް ފެންފައިވާނަކީ ހިނގާބިނގާވެއުޅުމަށް ބޭނުންކުރާ އެކި ޒާތްޒާތުގެ ފައިވާންތަކާއި ބޫޓާއި މަރަވަޅިތަކުގެ ލިސްޓުގައި އެންމެ ގިނަ ބަޔަކު ދަންނަ އެއްޗެކެވެ.

ފެނުގައި ހިނގުމަށްޓަކައި ނައިލޯނު ނުވަތަ ރަބަރު، ނުވަތަ ޕްލާސްޓިކު ފަދަ ތަކެތިން ހަދައިފައި ހުންނަ ވަދުޖެހިފައިވާނަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުން ކިއާ ގޮތުންނަމަ ނައިލޯނު ފައިވާނޭވެސް ބުނެވިދާނެއެވެ. ކޮންމެހެން ފެނުގައި ނުހިނގިއެއް ކަމަކު، މުއްޓާއި ކާޕެޓްއެޅި ސިޓިންގްރޫމްތަކާއި ކޮޓަރިތަކުގައިވެސް ފެންފައިވާނަށް އަރާ މީހުން އަހަރެމެންގެ ތެރޭގައި އަދިވެސް އެބަ އުޅެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހައްޓަށް ލުއިވެފައި ޖީބަށްވެސް ލުއިވުމަކީ އެއް ސަބަބެވެ. ހިނގާހިނގާ ދެފުށްޖެހޭ އިރުވެސް ވަދު ކަނޑައިގެން ދިއުމަކީ ނާދިރު ކަމެކެވެ. ފައިވާނަށް ކަޅިއަޅާ ސިޔާސަ ކުދިން އެންމެ ގިނަވާ ތަންތަނަށް ދާން އަރަންވެސް ނައިލޯނު ފައިވާން ވަރެއް ހަމަ ނެތެވެ.

ކަން މިހެން އޮތް އިރު، މި ފަހަކުން ނައިލޯން ފައިވާނުގެ އަޑުފަށްގަނޑު ހިސާބަކަށް މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ގަދަވެގެން މި އުޅެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ މިކަމެއް ފެށުނީ  ސަޢުދީ ޢަރަބިއްޔާގައި ހިންގާ ކުވައިތު ފައިވާން ފިހާރައިގެ ވީޑިއޯ އާންމު ވި ހިސާބުންނެވެ. ނައިލޯނު ފައިވާން އެންމެ ތިޔާގި އެއް މަންޒިލް ކަމަށް ވާ އިންޑިއާގައި އެ ވީޑިއޯ ވައިރަލް ވާން ފެށީ ފަތުއަޑުކިޔާފައެވެ. ވާނީވެސް އެހެންތާއެވެ. ނައިލޯން ފައިވާނަކީ ދުނިޔޭގެ ނިސްބަތުން އެންމެ އާބާދީ ބޮޑު 10 ޤައުމުގެ ލިސްޓުގައި ހިމެނޭ 3 ޤައުމު ހިއްސާ ކުރާ ދެކުނު އޭޝިއާ ސަރަޙައްދުގެ އެތައް ބައެއްގެ މެދުގައި އެންމެ މަގުބޫލު ފައިވާނެވެ. ކުވައިތު ފައިވާން ފިހާރައިގެ ވީޑިއޯ ވައިރަލް ވާން ފެށީ ފަހަރެއްގައިވެސް މި ސަބަބާ ހެދި އެކަންޏޭ ބުނެވޭކަށް ނެތެވެ.

އެއްވެސް އެއްޗެއް މާ ގިނައިން ފެންނަންވެއްޖެނަމަ އޭގެ ޚާއްޞަކަން ގެއްލިދާ ކަމީ ދުނިޔަވީ އާދައެވެ. ނައިލޯން ފައިވާނަށްވެސް ވެފައި އޮންނަނީ އެކަހަލަ ގޮތެކެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި، ނައިލޯނު ފައިވާނަކަށް ނާރާ ހުރި މީހަކު  ހުރެދާނެބާއެވެ؟ ވަރަށް ނާދިރެވެ. ދުނިޔޭގެ އާބާދީގެ ބޮޑު ބައެއްގެ މެދުގައި މަޝްހޫރުވެ، އާންމުވެ، އެހާމެ ތިޔާގިވެފައި އޮތް ނައިލޯނު ފައިވާނަށް ކުވައިތު ފައިވާން ފިހާރައިގައި ދީފައި އޮތީ ޖަވާހިރެއްގެ ދަރަޖައޭ ބުންޏަސް ގޯހެއް ނެތެވެ. މި ބުނާ ވީޑިއޯ، އިންޑިއާގައި ވައިރަލްވީ މި ސަބަބާ ހެދިއެވެ.

ކުވައިތު ފައިވާން ފިހާރައިގައި ވިއްކަން ހުރި ނައިލޯނު ފައިވާނުގެ މަންޒަރުތައް ދައްކުވައިދޭ އެ ވީޑިއޯއިން ފެންނަ ފައިވާނެކޭ، އަހަރެމެން މި ދަންނަ ނައިލޯނު ފައިވާނެކޭ ތަފާތެއް ނެތެވެ. އިންޑިއާ މީހުންގެ ހަވާއި ޗައްޕަލަކާވެސް ތަފާތެއް ނެތެވެ. ކިރިއާވެސް ތަފާތަކަށް ފެންނަނީ އަހަރެމެންގެ ތެރެއިން އަދި ފެނިފައި ނުވާ ގަދަ ރަތް ކުލައިގެ ވަދުޖެހި ފައިވާނެވެ. އަހަރެމެންގެ ތެރެއިން މަދު ބަޔަކަށް އެ ކުލައިގެ ނައިލޯނު ފައިވާން ފެނިފައި ހުރުން ނުވަތަ އެރިފައި ހުރުންވެސް އެކަށީގެންވެއެވެ. ކުލައަށް ތަފާތު ކަމެއް އައިސްގެން އަގަށް ބަދަލެއް އައިސްދާނެ ބާވައެވެ. ކުވައިތު ފައިވާން ފިހާރައިގައި ވިއްކާ މިޒާތުގެ ފައިވާން ޖޯޑެއްގެ އަގު އުޅެނީ 4500 ރިޔާލަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 18476.44 (އަށާރަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަ ރުފިޔާ ސާޅީސް ހަތަރު ލާރި) އެވެ.

ކުވައިތު ފައިވާން ފިހާރައިގައި ވިއްކަން ހުރި ފައިވާނާއި، އަހަރެމެން މި އަރަން ގެންގުޅޭ ނައިލޯނު ފައިވާނާ މާ ބޮޑު ތަފާތެއް ނެތްކަމަށް ބުނެ، ވީޑިއޯގެ ކޮމެންޓް ސެކްޝަން ގުގުމަން ފެށިއެވެ. ގިނައީ، އެއީ ފާޚާނާގައި އަރަން ބޭނުން ކުރާ ފައިވާނެއްކަން ފާހަގަ ކުރި މީހުންނެވެ. 300 ރުފިޔާއަށް ގަތް ފައިވާނާއެކީ މަގުމަތީގައި ކަނބަން ޖެހިދާނެތީ ނައިލޯނު ފައިވާނަކަށް އަރައިގެން އޮފީހަށް ދެވުނީތޯ މޮޔަހީވާވަރު ނުވިއްޔާ ދެރައެއްނޫން ހެއްޔެވެ؟ ފެންފައިވާނެކޭ ކިޔައިގެން ހިތު ހުރި ގޮތަކަށް އަރައިގެން މި އުޅެވެނީ ހާދަހާވާ އަގުހުރި އެއްޗަކަށް ތާއޭ ބުނާ މީހުންވެސް މަދެއް ނޫނެވެ.

އާދައިގެ ނައިލޯން ފައިވާން ޖޯޑެއް، 4500 ރިޔާލަށް ވިއްކަމުން އެ ދަނީ ވިޔަފާރި ސްކޭމެއްގެ ތެރެއިން ކަމަށް ބުނާ ބަޔަކުވެސް އެބަ އުޅެއެވެ. ވިޔަފާރީގައި ފައިދާ ހޯދާ، އެއް ފަހަރުން މަހުޖަނަކަށް ވުމަށްޓަކައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ބުނެ ފާޑުކިޔާ މީހުންވެސް މަދެއް ނޫނެވެ. ވައިރަލް ވެގެން އުޅޭ ވީޑިއޯގައި ފެންނަ ފައިވާނުގެ މާބޮޑު  ތަފްސީލުތަކެއް އަދި ނުލިބެއެވެ.

ފައިވާންކުވައިތު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި

ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި

01 މެއި 2025
ކުވޭތުގެ އަމީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އައު ކެބިނެޓެއް އައްޔަން ކުރައްވައިފި

ކުވޭތުގެ އަމީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އައު ކެބިނެޓެއް އައްޔަން ކުރައްވައިފި

13 މެއި 2024
ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު

ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު

18 މާރިޗު 2024
ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި

ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި

20 ޑިސެމްބަރު 2023
ކުވައިތުގެ އަމީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ކުވައިތުގެ އަމީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

29 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު