Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރައީސް އަށް މޮޅެއް، ރިޔާސީ އިންތިޚާބާއި އެކު " އެމްޑީޕީ ކުރިއަށް"

ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަން ވާދަވެރިންނަށް ގޮވާލައްވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2023 | އާދީއްތަ 14:18
ަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ

ަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ

އެތެރޭގެ އިންތިޚާބެއް ފޯރި އާއި އެކު ނިންމާލުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއްމުންނާއި ބައްދަލުކުރެއްވީ އެމްޑީޕީގެ ރަސްމީ ޖަގަހަ، އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. އެމްޑީޕީ ކުރިއަށް ޝިއާރުގެ ދަށުން ނުމުގެ ވަޑައިގެން ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވާ ރައީސް ޞާލިހު ހޯއްދެވި ކާމިޔާބީ އަށްފަހު ދެއްވި މެސެޖު ވަރަށް ސާފެވެ.

އެއީ މިއީ އެމްޑީޕީގެ އެންމެން އެކުގައި ކުރިއަށް ދާންވީ ވަގުތުކަމުގެ ވާހަކައެވެ. ރައީސް ވިދާޅުވީ މިއީ ކުޑަކޮށް "ރެސްޓް"ކޮށްލުމަށް ފަހު އަނެއްކާވެސް މަސައްކަތް ފަށަންވީ ވަގުތު ކަަމަށެވެ. އެ ވިދާޅުވި ވާހަކައިގައި އިޝާރާތްކުރެއްވީ އެމްޑީޕީ އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ވާހަކައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި އެކު ސާބިތުކޮށްދިން ކަމަކީ އެމްޑީޕީގެ ފިކުރަކީ ޑިމޮކްރަސީ އާއި އެކު ކުރިއަރާ ބަދަލަށް ތައްޔާރު ޕާޓީއެއް ކަމެވެ. ވާދަވެރިކަމާއި އެކު ކެމްޕެއިންކޮށް ދެ ކެނޑިޑޭޓަކު ވާދަވެރި މާހައުލެއްގައި އިންތިޚާބެއްގައި އަޖުމަ ބަލާލަން ލިބުނު އެ ފުރުސަތުގައި ނަތީޖާ ވަރަށް ސާފެވެ. ރައީސް ޞާލިހު ސާފު ނަތީޖާ އަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިރު ރައީސްގެ އުންމީދު ވަރަށް ސާފެވެ.

އެއީ ދެ ވަނަ ދައުރަކަށް އެމްޑީޕީ ހޮވުމުގެ ތަސައްވުރެވެ. ރާއްޖޭގެ ވެރިކަމުގެ ދެވަނަ ދައުރެއް އަދި އެއްވެސް ވެރިޔަަކަށް ޔަގީންކުރެއްވިފައި ނެތް އިރު މިއީ އެމްޑީޕީގެ ވެރިކަމެއްގައި ދައުރެއް ފުރިހަމަކުރަން ލިބޭ ފުރަތަމަ ފުރުސަތުވެސްމެއެވެ. އިންތިޚާބަށް ފަހު ރައީސް ދެއްކެވި ވާހަކައިގައި ވަރަށް ސާފުކޮށް ވިދާޅުވި ވާހަކަ އަކީ އިންތިޚާބުގައި ކީ ފާޑުކިޔުމާއި ވާދަވެރިކަމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އެއްވެސް ބޭފުޅަކާއި މެދު އެއްވެސް ކަމެއް ހިތްޕުޅުގައި ނެތްކަމުގެ ވާހަކައެވެ.

އަދި ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަން ވާދަވެރިންނަށް ގޮވާލައްވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ. އަދި މަގްސަދަކަށް ވާންވީ އެމްޑީޕީ އާއި އެކު ކުރިއަށް ދިއުންކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ރިޔާސީ ޕްރައިމަރީ އިން ދެއްކީ ޑިމޮކްރަސީގެ ފުރިހަމަ ކުލަކަމަށް ފާހަގަކުރައްވާ ރައީސް އެދިލެއްވީ އެ ރީނދޫ ޖޯޝުގައި ރިޔާސީ އިންތިޚާބަށް އަތުކުރި އޮޅާލުމަށެވެ.

ރައީސް ވިދާޅުވި ފަދައިން އެމްޑީޕީ އަށް އަދި ކިރިޔާ މަސައްކަތް ފެށުނީއެވެ. މިހާރު ވާދަވެރިކަން ނިމުނީކަމަށް ހީކޮށް ފަހަތަށް ޖެހިއްޖެ ނަމަ އެ ކަމުގެ ފައިދާ ލިބޭނީ އެމްޑީޕީގެ ވާދަވެރިންނަށެވެ. އެކުގައި މަސައްކަތްކުރުމަށް އެކުވެރިކަމުގެ އަތްދިއްކޮށްލައްވާ އެކުގައި މަސައްކަތް ކުރުމަށް ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓާއި އެބޭފުޅާގެ ޓީމަށް ގޮވާލައްވާފައެވެ. ދެން އޮތީ އެ ގޮވާލުމަށް ރައީސް މުހައްމަދު ނަޝީދާއި ޓީމުން އިޖާބަދޭ ގޮތެއް ބެލުމެވެ. ކޮންމެ ގޮތެއް ނިންމެވިއަސް އެމްޑީޕީގެ ކުރިމަގަށް މި ނިންމުމަކީ މުހިންމު ހަރުފަތަކަށް ވެގެން ދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު