Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

އަނިޔާގެ ސަބަބުން އެރިކްސަން ދަނޑުން ދިޔައީ ދަނޑިގަނޑުގެ އެހީގައި

ޓެން ހާގް ބުނީ އެއީ އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ކުރި ޓެކުލަކާ ގުޅިގެން ލިބުނު އަނިޔާ އެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖެނުއަރީ 2023 | ހޯމަ 02:34
ދަނޑިގަނޑުގެ އެހީގައި އެރިކްސަން ދަނޑުން ނުކުންނަނީ

ދަނޑިގަނޑުގެ އެހީގައި އެރިކްސަން ދަނޑުން ނުކުންނަނީ

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރީޑިންއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗުގައި ކްރިސްޓިއަން އެރިކްސަން އަށް އަނިޔާވެއްޖެ އެވެ.

މެޗުގައި ލިބުނު އަނިޔާގެ ސަބަބުން 57 ވަނަ މިނެޓުގައި އެރިކްސަން ވަނީ ބަދަލުކޮށްފަ އެވެ. އެރިކްސަންގެ ބަދަލުގައި ކުޅެން ނުކުމެފައި ވަނީ ފްރެޑް އެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނީ، އެރިކްސަން އަށް ލިބުނީ ކަކުލުގެ އަނިޔާއެއް ކަމަށާއި އެއީ އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ކުރި ޓެކުލަކާ ގުޅިގެން ލިބުނު އަނިޔާ އެއް ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ބުނަން ނޭންގޭ ކަމަށާއި، ޓީމުގެ މެޑިކަލް އިން އަންނަނީ އެރިކްސަން އަށް ލިބުނު އަނިޔާ ބަލަމުން ކަމަށެވެ. އޭނާ އިތުރަށް ބުނީ އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ލިބޭ ވަރު ވާނީ 24 ގަޑިއިރު ފަހުން ކަމަށެވެ.

މެޗަށްފަހު ޢާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެރިކްސަން އަށް ލިބުނު އަނިޔާ ސީރިއަސް އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެރިކްސަން ދަނޑުން ނުކުންނަނީ ދެ ދަނޑިގަަނޑުގެ އެހީގަ އެވެ. އެކަމާ ގުޅިގެން ބޭރުގެ މީޑިއާތަކުގައި ބުނެފައި ވަނީ އެރިކްސަން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ބްރެންޓްފޯޑު ދޫކޮށް އެރިކްސަން ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން މިހާރު އޭނާ އަންނަނީ އެ ޓީމުގައި މޮޅަށް ކުޅެމުންނެވެ. މިހާތަނަަށް އެރިކްސަން ވަނީ އޭނާ ޔުނައިޓެޑަށް ކުޅެދިން 31 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!

11 އޯގަސްޓު 2017
އަނިޔާގެ ސަބަބުން ޓްރޮޔެސްއާ ދެކޮޅަށް ނީސް މިރޭ ކުޅޭ މެޗުގައި ބަލޮޓެލީއަށް ނުކުޅެވޭނެ!
09 އޯގަސްޓު 2017

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.
12 ޖުލައި 2017

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ
27 މެއި 2017

ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ

27 މެއި 2017
ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު