Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަލްޒައިމާ ބަލި

އަލްޒައިމާގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ޢާއިލާތަކަށް ޢުއްމީދީ މެސެޖެއް!

ސިކުނޑީގައި އަށަގަންނަ އެމީލޮއިޑް ފޮރިން ނައްތާލައިގެން، އަލްޒައިމާގެ ބާރު ގަދަވިޔަ ނުދީ މަޑުޖައްސާލެވުމަކީ ލިބުނު ކާމިޔާބެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:36
1800 ޕޭޝަންޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ތަހުލީލު، އަމާޒު ކުރީ، އަލްޒައިމާ ބަލި ޖެހޭ މީހުންގެ ސިކުނޑީގައި އަށަގަންނަ ތަތް ޕްރޮޓީންއެއް ކަމަށް ވާ އެމްލޮއިޑް ބީޓާ ނައްތާލުމަށް

1800 ޕޭޝަންޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ތަހުލީލު، އަމާޒު ކުރީ، އަލްޒައިމާ ބަލި ޖެހޭ މީހުންގެ ސިކުނޑީގައި އަށަގަންނަ ތަތް ޕްރޮޓީންއެއް ކަމަށް ވާ އެމްލޮއިޑް ބީޓާ ނައްތާލުމަށް

އެއިޒާއީއާއި ބައޮޖެން ގުޅިގެން އުފައްދާ، ތަޖުރިބާ ކުރަމުންދާ ބޭހެއްގެ އެހީގައި، އަލްޒައިމާ ބަލީގެ ކުރީކޮޅުން ފެށިގެން އެ ބަލީގެ އަލާމާތްތައް ކުޑަ ކުރުމަށް އެހީވެދޭ ކަމުގެ ކާމިޔާބު ސިގުނަލްތަކެއް ލިބިފައި ވާ ކަމަށް އެ ކުންފުނިތަކުން ހާމަކޮށްފިއެވެ.

އަލްޒައިމާ ބަލީގެ ކުރީ މަރުހަލާތަކުގައި ތިބި ގިނަ ޢަދަދެއްގެ ޕޭޝަންޓަނުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ތަހުލީލުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެ ޕޭޝަންޓުންގެ ސިކުނޑީގެ މަސައްކަތްތަކުގެ އިތުރުން އަމަލީ ހަރަކާތްތައް ބަލިކަށިވެގެން ދާ ދިއުން، ވަރަށް ބޮޑަށް މަޑުޖައްސާލެވެއެވެ. މިއީ، ޒަމާނީ ބޭސްވެރިކަމުގެ ދާއިރާގައި މީގެ ކުރިން މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވާ އަލްޒައިމާ ބަލީގެ ރޮނގުން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށް ދަނީ ސިފަ ކުރަމުންނެވެ.  

ސިކުނޑީގެ ހަރަކާތްތަކަށް ބޮޑު އުނިކަމެއް ކުރިމަތި ކުރުވާ އަލްޒައިމާ ބަލި ތަހައްމަލު ކުރަމުން ދާ 55 މިލިއަނެއްހާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިރު، ބައްޔަށް ފަރުވާއެއް ހޯދުމަށް އެކި ކުންފުނިތަކުން މިހާތަނަށް ކުރި މަސައްކަތްތައް މުޅިންހެން ވަނީ ފެއިލްވެފައެވެ.

ކޮލަމްބިއާ ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރ، ޑރ ލޯރަންސް ހޯނިގް ވިދާޅުވީ، 3 ވަނަ މަރުހަލާގެ މި ކާމިޔާބީއަކީ، އަލްޒައިމާ ބަލީގެ ފަރުވާގެ އުދަރެސް މުޅިން ބަދަލު ކޮށްލާނެ ކާމިޔާބީއެކެވެ.

ލެކާނެމެބްގެ ނަން ދީފައިވާ މި ބޭހަކީ ޕޭޝަންޓްގެ މައްޗަށް ބަލި ގަދަވެގެން ދިއުމުގެ ފުރުޞަތު، 27 ޕަސެންޓަށް ކުޑަކޮށްދޭ ބޭހެކެވެ. މިއީ ދިރާސާގެ އަމާޒަށް ވާސިލުކޮށްދިން މިންގަނޑެކެވެ. އަދި އަލްޒައިމާ ބަލީގެ ޕޭޝަންޓުންނާއި އެމީހުންގެ ޢާއިލާތަކަށްވެސް އުފާވެރިކަން ގެނެސްދިން ޚަބަރެކެވެ.  

ކްލިނިކަލް ޓްރަޔަލްގެ 3 ވަނަ މަރުހަލާގައި ތަހުލީލު ކޮށްފައި ވަނީ، ބޭހުގެ ސަބަބުން އަލްޒައިމާ ޕޭޝަންޓުންގެ ކޮގްނިޓިވް އަދި ފަންކްޝަނަލް މަސައްކަތްތެރިކަމަށް އަންނަ ހީނަރުކަން ކުޑަ ކުރެވޭ މިންވަރެކެވެ. ވަޒަން ކުރުމުގައި ބޭނުން ކުރީ ކްލިނިކަލް ޑިމެޝަންޝާ ރޭޓިންގް-ސަމް އޮފް ބޮކްސަސް (ސީޑީއާރް-އެސްބީ)އެވެ. މި މިންގަނޑަކީ ޑިމެންޝާ ހުންނަ ޕޭޝަންޓުންގެ ހަނދާނާއި، ވާހަކަދެއްކުމުގެ ހުނަރާއި، ކަންކަން ނިންމާ ގޮތާއި، މައްސަލަ ހައްލު ކުރުމުގެ އިތުރުން އަމިއްލަ ނަފުސަށް އަޅާލުމުގެ ކަންކަން ވަޒަން ކުރުމަށް ބޭނުން ކުރާ މިންގަނޑެކެވެ.

އަލްޒައިމާޒް ޑިޒީޒް އިންޓަރނޭޝަނަލްއިން ބުނާ ގޮތުގައި، އެކަށީގެންވާ ފަރުވާއަކާ ނުލާ، 2050 ވަނަ އަހަރު އަންނަ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު 139 މިލިއަނަށް އެރުން އެކަށީގެންވެއެވެ.

އެއިޒާއީއިން ދަނީ އާންމު ފަރުވާގައި ލެކާނެމެބް ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ހުއްދަ، ވީ އެންމެ އަވަހަކަށް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަވަސް ނިޔާގެ ދަށުން އެފްޑީއޭއިން ނިންމާ ގޮތެއް، އަންނަ ޖެނުއަރީ މަހަށް ހޯދުމަށް އެއިޒާއީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއިޒާއީއިން އަމާޒު ހިފާފައި ވަނީ 2023 ވަނަ އަހަރު ނިމޭ އިރު، ފުރިހަމަ އިޒުނައިގެ ދަށުން، ވިޔަފާރި އުސޫލުން، އެމެރިކާއާއި ވިލާތުގެ އިތުރުން ޖަޕާނަށް ލެކާނެމެބް ތަޢާރަފު ކުރުމަށެވެ.  

1800 ޕޭޝަންޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ތަހުލީލު މައިގަނޑު ގޮތެއްގައި އަމާޒު ކުރީ، އަލްޒައިމާ ބަލި ޖެހޭ މީހުންގެ ސިކުނޑީގައި އަށަގަންނަ ތަތް ޕްރޮޓީންއެއް ކަމަށް ވާ އެމްލޮއިޑް ބީޓާ ނައްތާލުމަށެވެ. އެކަން އެގޮތަށް ކުރުމުން، ބަލި ބޮޑުވެގެންދާ ދިއުން މަޑުޖައްސާލެވެއެވެ. މި ނަޒަރިއްޔާއަކީ އަލްޒައިމާގެ ފަރުވާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބަހުސް ކުރެވުނު ނަޒަރިއްޔާއެކެވެ. ނަމަވެސް، ބައެއް ސައެންސްވެރިން ވަނީ އެ ނަޒަރިއްޔާ ގޮންޖަހާފައެވެ.

އަލްޒައިމާ ނުވަތަ ދިވެހިންގެ ތެރޭގައި ބައެއް މީހުން ކިއާ އުޅޭ ގޮތަށް ދަންނަވަނީނަމަ ހަނދާން ނެތޭ ބައްޔަކީ، ބަލި ޖެހޭ މީހުންގެ އުމުރުން ދުވަސް ވަމުން ދާ ވަރަކަށް، އެ ބަލީގެ އިންތިހާ ވޭން އުފުލަން ޖެހޭ ހިތްދަތި ބައްޔެކެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް އަދާ ޖެހުނުއިރުވެސް ހޯދިފައި ނުވާ އަލްޒައިމާ ބަލީގެ ޕޭޝަންޓުންނަށް މިވަގުތަށް ދެވެން އޮތް އެންމެ ބޮޑު އެހީއަކީ އެހެން މީހުންގެ ލޯތްބާއި އަޅާލުމާއި ޙަމްދަރުދީއެވެ. އެހީއާއި ހިތްވަރާއި ހެޔޮ ދުޢާއެވެ.

އަލްޒައިމާ ބަލި

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިފުޅުގެ ޙައްޤުގައި ދެމަފިރިއަކު އައު ހުނަރެއް ދަސްކޮށް، އެފަދަ އެހެން ޢާއިލާތަކަށް ހަދިޔާއެއް!

ދަރިފުޅުގެ ޙައްޤުގައި ދެމަފިރިއަކު އައު ހުނަރެއް ދަސްކޮށް، އެފަދަ އެހެން ޢާއިލާތަކަށް ހަދިޔާއެއް!

27 ފެބުރުއަރީ 2024
ޑެންގީ ނައްތާލުމަށް ބަންގްލަދޭޝްގެ ޕްރޮފެސަރަކު ކުރަމުންދާ މަސައްކަތުން، އާދަޔާ ޚިލާފު ހޯދުންތަކެއް!

ޑެންގީ ނައްތާލުމަށް ބަންގްލަދޭޝްގެ ޕްރޮފެސަރަކު ކުރަމުންދާ މަސައްކަތުން، އާދަޔާ ޚިލާފު ހޯދުންތަކެއް!

17 ނޮވެމްބަރު 2023
އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!

އަފްޣާން އަންހެނުންނަށް މިނިވަން ދިރިއުޅުމެއް ހޯދައި ދިނުމަށް މަހްރާ ކުރަމުންދާ ބުރަ މަސައްކަތަށް ސެލިއުޓް!

03 އޮކްޓޯބަރު 2023
ޝަރީފު: ފެޝަންގެ ދަޅައިން މުޖުތަމަޢެއް ސަލާމަތް ކުރަމުންދާ ޒުވާން ކުރެހުންތެރިޔާ

ޝަރީފު: ފެޝަންގެ ދަޅައިން މުޖުތަމަޢެއް ސަލާމަތް ކުރަމުންދާ ޒުވާން ކުރެހުންތެރިޔާ

07 ޖުލައި 2023
ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި 'ނަފުސު ޤުރުބާން ކުރަމުންދާ' 75 އަހަރުގެ ފަހުލަވާނެއް!

ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި 'ނަފުސު ޤުރުބާން ކުރަމުންދާ' 75 އަހަރުގެ ފަހުލަވާނެއް!

28 އެޕްރީލު 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު