Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

12 އަހަރަށްފަހު ޝިލްޕާ އެނބުރި ބޮލީވުޑަށް

މި ފިލްމްގައި ޝިލްޕާ އަދާކުރުމަށް ހަމަޖެހިފައިވަނީ ލިޔުންތެރިއެއްގެ ރޯލް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 19 ޖުލައި 2019 | ހުކުރު 17:51
ޝިލްޕާ ޝެޓީ

ޝިލްޕާ ޝެޓީ

12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެކްޓަރ އަދި ރިއަލިޓީ ޝޯ ޖަޖް ޝިލްޕާ ޝެޓީ އެނބުރި ބޮލީވުޑް ފިލްމެއް ކުޅުމަށް ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގައި ޝިލްޕާ އަދާކުރުމަށް ހަމަޖެހިފައިވަނީ ލިޔުންތެރިއެއްގެ ރޯލެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމުގައި ޝިލްޕާ އާއިއެކު ފެނިގެން ދާނީ ދިލްޖީތް ދޯޝަން އާއި ޔާމީ ގޯތަމް އެވެ.

ގާތް މަސްދަރަކުން މުމްބާއީ މިރޯއަށް ބުނެފައިވަނީ ލަންޑަން އާއި ގްރީސް ގައި މަހެއްހާ ދުވަހު ޗުއްޓީ ހޭދަކުރުމަށްފަހު ޝިލްޕާ އެނބުރި މުމްބާއީ އަށް ދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ފުރަތަމަ ހަފްތާގައި ކަމަށެވެ. އެއަށްފަހު ފިލްމްގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށާއި ޝިލްޕާ ހުރީ ވަރަށް އެކްސައިޓް ވެފައި ކަމަށެވެ.

ޝިލްޕާ ދާދިފަހުން ވަނީ ޑާންސް ރިއަލިޓީ ޝޯ "ސުޕަރ ޑާންސް ޗެޕްޓަރ 3" ގެ ފަނޑިޔާރުކަން ކޮށްފައެވެ.

ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމް " އަޕްނޭ" އިންނެވެ. މި ފިލްމުގައި ޝިލްޕާ އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދަރްމެންދްރާ، ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި ކެޓްރީނާ ކެއިފް އެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ޕްރިޔަންކާ "ކުއެންޓިކޯ" ކުޅެން އެނބުރި ނިއުޔޯކަށް

24 ސެޕްޓެމްބަރު 2017
ޕްރިޔަންކާ "ކުއެންޓިކޯ" ކުޅެން އެނބުރި ނިއުޔޯކަށް
28 ޖޫން 2017

ޕްރަބާސް ބޮލީވުޑަށް!

28 ޖޫން 2017
ޕްރަބާސް ބޮލީވުޑަށް!
26 ޖޫން 2017

ޝާހުރުކްގެ އަންހެންދަރި ސުހާނާ ބޮލީވުޑަށް ތައާރަފް ވަނީ

26 ޖޫން 2017
ޝާހުރުކްގެ އަންހެންދަރި ސުހާނާ ބޮލީވުޑަށް ތައާރަފް ވަނީ
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު