Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ނަވާރަ އަހަރަށްފަހު ބަންސާލީއާ އެކު ސަލްމާން ފިލްމެއް ހަދަނީ

މިފިލްމަށް ދިނުމަށް ހަމަޖެހިފައިވާ ނަމަކީ "އިންޝާﷲ"

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ފެބުރުއަރީ 2019 | ހޮނިހިރު 15:48
ސަލްމާން ޚާން އާއި ސަންޖޭ ލީލާ ބަންސާލީ

ސަލްމާން ޚާން އާއި ސަންޖޭ ލީލާ ބަންސާލީ

އެކްޓަރ ސަލްމާން ޚާން ބޮލީވުޑްގެ މަޝްހޫރު ފިލްމް އުފައްދާ ފަންނާނެއް ކަމަށްވާ ސަންޖޭ ލީލާ ބަންސާލީއާ އެކު ލޯބީގެ ފިލްމެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަލްމާން އެންމެ ފަހުން ކުޅެފައިވާ ބަންސާލީގެ ފިލްމަކީ "ހަމް ދިލް ދެ ޗޫކޭ ސަނަމް" އެވެ. މީގެ 19 އަހަރު ކުރިން ކުޅެފައިވާ މި ފިލްމްގައި ސަމްލާންއާ އެކު ލީޑް ރޯލު ކުޅެފައި ވަނީ އައިޝްވަރިޔާ ރާއީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ ފިލްމްގެ ވާހަކަ ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ސަލްމާންގެ އުފަންދުވަސް ކަމަށްވާ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މިފިލްމަށް ދިނުމަށް ހަމަޖެހިފައިވާ ނަމަކީ "އިންޝާﷲ" އެވެ.

މިފިލްމްގެ ސްކްރިޕްޓް އެއްކޮށް ފައިނަލް ކުރުމަށް ހައެއް ނުވަތަ ނުވަ މަސް ހޭދަވާނެ ކަމަށާއި ފިލްމްގެ ޝޫޓިން އަންނަ އަހަރު ފެށޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ބަންސާލީގެ ފިލްމް "ސާވަރިޔާ" ގައި ޚާއްސަ ރޯލަކުން ފެނިގެން ގޮސްފައެވެ. މި ފިލްމަކީ ރަންބީރު ކަޕޫރާއި ސޯނަމް ކަޕޫރު ބޮލީވުޑަށް ތަޢާރަފްވެގެން ދިޔަ ފިލްމެވެ. ނަމަވެސް މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު އާމްދަނީއެއް ލިބިފައެއް ނުވެއެވެ.

ބަންސާލީގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމް "ޕަދްމާވަތު" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ. އެ ފިލްމަށް ވަނީ ހަމައެކަނި އިންޑިއާ އިން ވެސް 300 ކްރޯޑް ރުޕީސް އާމްދަނީގެ ގޮތުގައި ލިބިފައެވެ.

ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްއާ އެކު ބަންސާލީ ހަދާފައިވާ ތިން ފިލްމަކީ ވެސް ބްލޮކްބާސްޓަރއެވެ.

ދިޕިކާ އާއި ރަންވީރު ކުޅެފައިވާ ބަންސާލީގެ ތިން ފިލްމަކީ 2013 ވަނަ އަހަރު ރިލީޒް ކުރި "ގަލިޔޯންކީ ރަސީލާ-ރާމް ލީލާ"، 2015 ވަނަ އަހަރު ރިލީޒް ކުރި "ބާޖިރާއޯ މަސްތާނީ" އަދި 2018 ވަނަ އަހަރު ރިލީޒް ކުރި ޕަދްމާވަތް"އެވެ.

ސަލްމާން މި ވަގުތު ދަނީ މިއަހަރުގެ ޖޫން މަހުގެ ފަހެއް ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފިލްމް "ބާރަތް" ގެ މަސައްކަތްތައް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
29 ޖެނުއަރީ 2017

މުޅި ބޮލީވޫޑް ބަންސާލީއާ އެކު

29 ޖެނުއަރީ 2017
މުޅި ބޮލީވޫޑް ބަންސާލީއާ އެކު
23 ޖެނުއަރީ 2017

"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

23 ޖެނުއަރީ 2017
 "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު