Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުފަންވުމާ މަރުވުން ރަޖިސްޓްރީކުުރުން

ޤާނޫނުން ލިބޭ މުއްދަތު ކުރުވިޔަސް، އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދެންޖެހޭ ސަބަބެއް ނެތް

އުފަންވުމާއި މަރުވުން ރަޖިސްޓްރީކޮށް ބެލެހެއްޓުމަށް މިހާރު ވަނީ ޕޯޓަލްއެއް ޤާއިމު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2023 | ބުރާސްފަތި 05:27
ވެލާނާގެ

ވެލާނާގެ

އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ޤާނޫނަށް ރިޢާޔަތްކުރާއިރު، އަދި މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު އުފަންވުން ރަޖިސްޓަރީ ކުރަން މި ޤާނޫނުން ލިބޭ މުއްދަތު ކުރުވެގެން އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދެންޖެހޭ ސަބަބެއް ނެތްކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފިއެވެ.

ޑީއެންއާރުން ބުނާ ގޮތުގައި ދިވެހިރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީކޮށް ބެލެހެއްޓުމަށް މިހާރު ވަނީ ޕޯޓަލްއެއް ޤާއިމުކޮށްފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ޕޯޓަލެއް ޤާއިމުކުރުމުގެ ކުރިން އަމަލު ކުރަމުން ދިޔަގޮތަކީ ކުއްޖަކު އުފަންވުމުން ޑީ.އެން.އާރް އިން ހޮސްޕިޓަލު ނުވަތަ ސިއްޙީ މަރުކަޒުތަކަށް ފޮނުވާފައިވާ ފޫޅުމާ ފޯމު ފުރުމަށްފަހު، ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާއި ފޫޅުމާ ފޯމުގެ ކޮޕީ (ހުދު ކުލައިގެ ކޮޕީ) ހަވާލުކުރުމުން އުފަންވުން ރަޖިސްޓްރީ ކުރުމަށްޓަކައި އެރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހުމެވެ.

ޕޯޓަލެއް ޤާއިމުކުރުމަށްފަހު، މިހާރު މަސައްކަތް ކުރަމުންދާ ގޮތަކީ ކުއްޖަކު އުފަންވުމުން އެކުއްޖާ އުފަންވާތަނަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު އެންޓަކުރުމުން، އެ ޕޯޓަލްއިން ފޫޅުމާ ފޯމު ޕްރިންޓްކޮށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހަވާލުކުރުމާއި އަދި އެ ފޫޅުމާ ފޯމު އެކުއްޖަކު އުފަންވީ ރަށެއްގެ ކައުންސިލަކަށް ވަގުތުން ސިސްޓަމް މެދުވެރިކޮށް ލިބިގެންދިއުމުން އުފަންވުން ރަޖިސްޓްރީ ކުރެވުނީއެވެ.

ވީއިރު، މިހާރު އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު އުފަންވުން ރަޖިސްޓަރީ ކުރަން މި ޤާނޫނުން ލިބޭ މުއްދަތު ކުރުވެގެން އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދޭންޖެހޭ ސަބަބެއް ނެތްކަމަށް ޑީއެންއާރުން ބުނެއެވެ.

މި ޤާނޫނުގައި ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިން ނުވަތަ މައިންބަފައިން ނެތް ޙާލަތެއްގައި އެކަން ކުރުމަށް މި ޤާނޫނުން ލާޒިމުކުރާ އެހެން ފަރާތަކުން އެކަން ނުކޮށްފިނަމަ، އެކަން ނުކުރި ސަބަބަށް ރިޢާޔަތްކޮށް، 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި، ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާކުރާނެގޮތުގެ ތަފްޞީލު ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ޤައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުން އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް މި ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަންވާނެކަމަށްވެސް ޤާނޫނުގައި ބުނެއެވެ.

މިޤާނޫނާއި ގުޅޭ ގޮތުން ހަދަންޖެހޭ ޤަވާއިދުތައް (މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުންގެމަތިން) 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުކޮށް ޢާއްމު ކުރެވޭނެކަމަށްވެސް ޑީއެންއާރުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު