Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންހުސައިން ޒަޔާން ޝަހީދު ޒަކީ

އެއް ދުވަހާ ތިން ފައިނަލް ކުޅެ، ތިން ރަން މެޑަލް، ތާރީޚީ ކާމިޔާބީއެއް

6 ޖުލައި 2023 | ބުރާސްފަތި 10:42

ތިން އިވެންޓުންވެސް ހޯދީ ރަން މެޑަލް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 6 ޖުލައި 2023 | ބުރާސްފަތި 10:42
ހުސައިން ޒަޔާން ޝަހީދު ޒަކީ

ހުސައިން ޒަޔާން ޝަހީދު ޒަކީ

ގައުމީ ބެޑްމިންޓަން މުބާރާތުގައި ބުދަ ދުވަހުގެ ރެއަކީ އަނެއްކާވެސް ތާރީޚީ ރެއެކެވެ. 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް ނިމިގެން ދިޔައީ ހުސައިން ޒަޔާން ޝަހީދު ޒަކީގެ ތާރީޚީ ކާމިޔާބީންނެވެ. މުބާރާތުގެ ތިން އިވެންޓުގެވެސް ރަން މެޑަލް ހޯދައިގެންނެވެ. އެއް ދުވަހާ ތިން ފައިނަލް ކުޅެ ތިން މެޗުންވެސް މޮޅުވެ, ތިން ރަން މެޑަލާއެކުއެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީޚުގައިވެސް ފާހަގަކުރަން ޖެހޭ ކާމިޔާބީއެކެވެ. ފަހުގެ ތާރީޚުގައި ފިރިހެން ކުޅުންތެރިއަކަށް ހާސިލްކުރެވިފައިވާ ކާމިޔާބީއަކަށް ނުވާތީއެވެ.

ޒަޔާންގެ ކާމިޔާބީތައް ފެށީ ހަވީރު ކުޅުނު ސިންގަލްސް ފައިނަލް މެޗުންނެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ބަލިވި ނިބާލް އަހުމަދު ސީދާ ދެ ސެޓުން ބަލިކޮށް ސިންލަގްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. މިއީ ޒަޔާން ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. ވާދަވެރި ކުޅުމަކަށްފަހު ނިބާލް ބަލިކޮށް ދެން ކުރިމަތިލީ ޑަބަލްސްގައި ނިބާލްއާއި މުހައްމަދު އަޖުފާން ހިމެނޭ ޕެއަރއާއެވެ. ސިންގަލްސް ފައިނަލަށްވުރެ ޓަފްކޮށް ފެނުނު ޑަބަލްސް މެޗު ތިން ސެޓަށް ދެމިގެން ދިޔައެވެ. ދިގު ރެލީ ތަކާއެކު ތިންވަނަ ސެޓްވެސް ދިޔައީ ކޮޅަކަށް ޕޮއިންޓެއް ލިބެމުން ވާދަވެރިކޮށެވެ. އެކަމަކު ތޯއިފްއާއެކު ޑަބަލްސްގެ ޗެމްޕިއަންކަންވެސް ޒަޔާން ހޯދިއެވެ.

މިކްސް ޑަބަލްސްގައި ޒަޔާންގެ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ، އާމިނަތު ނަބާހާ އަބުދުއްރައްޒާގެވެ. އެކަމަކު ސިންގަލްސްގައި ނަބީހާ އަތުން ބަލިވެ, މިދިޔަ ތިން އަހަރު ހޯދި ރަން މެޑަލް ނަބާއަށް އޮތީ ގެއްލިފައެވެ. އަނެއް ކޮޅުން ވާދަކުރީ ސިންގަލްސް އަންހެން ޗެމްޕިއަންކަން ހޯދި ނަބީހާއާ ސިންގަލްސް ފައިނަލްގައި ބަލިވި ނިބާލްގެ ޕެއަރއެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު ޒަޔާންއާއި ނަބާހާގެ ޕެއަރ ޗެމްޕިއަންކަން ހޯދުމުން މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއަކަށް ޒަޔާންވިއެވެ. އެއީ ވާދަކުރި ތިން އިވެންޓުންވެސް ރަން މެޑަލް ހޯދައިގެންނެވެ.

ޒަޔާން ބުނީ ތިން ފައިނަލްވެސް ވަރަށް ޓަފް ކަމަށާއި, ތިން ފައިނަލްގައިވެސް ވާދަކުރަން ޖެހުނީ ހަމަ ވަރަށް ރަނގަޅު ކުޅުންތެރިންނާ ކަމަށެވެ. އެއް ދުވަހާ ތިން ފައިނަލް ކުޅެ ތިން ރަން މެޑަލް، އާއިލާގެ ކުރިމަތީގައި އަޅާލެވުމަކީ ބެޑްމިންޓަން ކެރިއަރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޒަޔާން ދެކެއެވެ. އޭނާ ބުނީ ފައިނަލް މެޗުތަކަށް ނިކުތީވެސް އިތުބާރާއެކު ކަމަށެވެ. އެއީ މިދިޔަ ދެ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގެ ނަތީޖާތައް ރަނގަޅު ވިޔަސް ގައުމީ މުބާރާތްތަކުގެ ނަތީޖާތައް އެންމެ ބޭނުންވާ ގޮތަށް ނުދާތީއެވެ. މިފަހަރު ގައުމީ މުބާރާތާ ކުރިމަތިލީ ވަރަށް ބޮޑަށް މުބާރާތަށް ފޯކަސް ކޮށްގެން ރަން މެޑަލް ހޯދަންކަމަށް ޒަޔާން ބުންޏެވެ.

މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން ޒަޔާން ބުނީ މުބާރާތުގެ ވާދަވެރިކަން ފެށެނީ ސެމީފައިނަލާ ހިސާބުން ކަމަށެވެ. އެކަމަކު ޒަޔާންގެ ކަންބޮޑުވުމަކީ ވާދަކުރާ ކުޅުންތެރިންގެ އަދަދު މަދުވުމެވެ. ވާދަވެރިކަން އޮތީ މަދު ކުޅުންތެރިންގެ މެދުގައެވެ. އެކަމަކު ވާދަކުރަމުން އަންނަ ކުޅުންތެރިން މިހާރު ތިބީ ރަނގަޅު ފޯމެއްގައިކަމަށް ޒަޔާން ދެކެއެވެ. އެއީ ކުރިއަށް އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ތަމްރީނުތަކުގެވެސް ނަތީޖާއެވެ. ކުޅުންތެރިން އެންމެ ރަނގަޅު ޕީކްގައި ތިބުމަކީ، ޓީމެއްގެ ގޮތުގައި ނިކުމެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދަން އޮތް ވަރަށްބޮޑު އުއްމީދެކެވެ. ޒަޔާންގެ މިހާރު އޮތް އެންމެ ބޮޑު އުއްމީދަކީވެސް އެއީއެވެ.

މިހުރިހާ ކާމިޔާބީތަކެއްގައިވެސް އޭނާގެ ހިތްވަރަކީ އާއިލާއެވެ. އެކަން މުބާރާތުގެ ތިން ފައިނަލް ކުޅެމުންދިޔައިރުވެސް ފެނުނެވެ. އެ އެންމެންނަށް ޒަޔާންގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2024

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

30 މާރިޗު 2024
ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2023

ކުޅެމުން، ކޯޗުކޮށްދެމުން މެދު އުޑަށް އެރި ތަރި!

17 ޑިސެމްބަރު 2023
ކުޅެމުން، ކޯޗުކޮށްދެމުން މެދު އުޑަށް އެރި ތަރި!
28 ޖުލައި 2023

ކުނޑިބެ: ވޮލީ ނުކުޅެ، ގަދަ ވޮލީ ރެފްރީއަކަށްވި، ފުޓްބޯޅަ ކޯޗު

28 ޖުލައި 2023
ކުނޑިބެ: ވޮލީ ނުކުޅެ، ގަދަ ވޮލީ ރެފްރީއަކަށްވި، ފުޓްބޯޅަ ކޯޗު
05 އޯގަސްޓު 2022

‎ޤައުމީ ރަންޔޫބީލު ޚިދުމަތްތެރި ވަޠަނީ ލާމަސީލު ޝަޚްޞިއްޔަތު

05 އޯގަސްޓު 2022
‎ޤައުމީ ރަންޔޫބީލު ޚިދުމަތްތެރި ވަޠަނީ ލާމަސީލު ޝަޚްޞިއްޔަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް