Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތަޣައްޔަރުވެފައިވާ ބޭސް

ތަޣައްޔަރުވެފައިވާ ބޭހުން ކުޑަކުދިން ސަލާމަތް ކުރުމަށް ޑަބްލިއުއެޗްއޯއިން އަނެއްކާވެސް ޤައުމުތަކަށް ގޮވާލައިފި

ވިހަ މާއްދާތަކަކުން ތަޣައްޔަރުވެފައިވާ ކޯފް ސިރަޕްތަކެއްގެ ޝިކާރައަކަށްވެ، މިދިޔަ އަހަރު އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ގެއްލިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2023 | ބުދަ 17:02
ތަޣައްޔަރުވެފައިވާ ބޭހުން ކުޑަކުދިން ސަލާމަތް ކުރުމަށް ޑަބްލިއުއެޗްއޯއިން އަނެއްކާވެސް ޤައުމުތަކަށް ގޮވާލައިފި

ތަޣައްޔަރުވެފައިވާ ބޭހުން ކުޑަކުދިން ސަލާމަތް ކުރުމަށް ޑަބްލިއުއެޗްއޯއިން އަނެއްކާވެސް ޤައުމުތަކަށް ގޮވާލައިފި

ދުޅަހެޔޮ ޞިއްޙަތަކީ އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހޭ އެކިއެކި އިމްތިޙާންތަކުގެ ތެރެއިން، ޞިއްޙީ ބަލިމަޑުކަމުގެ ވޭން އުފުލަން ޖެހެއެވެ. ބައްޔެއް ވުމުން ކޮންމެ މީހަކުވެސް، އެމީހަކަށް ވީ އެންމެ ރަނގަޅު ފަރުވާއެއް ހޯދުމަށް އަވަސްވެގަނެއެވެ. ނަމަވެސް، އެ ފަރުވާގެ ތެރެއިން، އިތުރު ބިރުވެރިކަމަކާ ކުރިމަތިވެ، ބައެއް ޙާލަތްތަކުގައި ފުރާނަ ގެއްލިދާ ފަދަ ހިތާމަވެރި ހާދިޘާތައްވެސް ހިނގާފައި އެބަހުއްޓެވެ. މި ފަހަކަށް އައިސް، މި މޭރުމުން އިވެމުންދާ އެންމެ ހިތްދަތި އެއް އަޑަކީ، ކުޑަކުދިންނަށް ދޭ ބޭސްތަކެއް ތަޣައްޔަރުވެ، އެ ކަމުގެ ޝިކާރައަކަށްވެގެން ގިނަ ޢަދަދެއްގެ ކުޑަ ކުދިން، މި ދުނިޔެ ދޫ ކުރާ ޚަބަރުގެ އަޑެވެ.

ވިހަ މާއްދާތަކަކުން ތަޣައްޔަރުވެފައިވާ ކޯފް ސިރަޕްތަކެއްގެ ޝިކާރައަކަށްވެ، މިދިޔަ އަހަރު އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެ ފަދަ ބޭސްތަކުން ކުޑަކުދިން ސަލާމަތް ކުރުމަށް، ދުނިޔޭގެ ޞިއްޙަތު  ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން، ޖެނުއަރީ 24 ވަނަ ދުވަހު ވަނީ ޤައުމުތަކާއި، ބޭސް އުފައްދާ ފަރާތްތަކުގެ އިތުރުން ސަޕްލަޔަރުންނަށް ގޮވާލާފައެވެ.

ޖެނީވާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ތަޣައްޔަރުވެފައިވާ ބޭސް ބޭނުން ކުރެވުމުގެ ސަބަބުން ކިޑްނީއަށް ގެއްލުންވެގެން 2022 ވަނަ އަހަރުގެ ތެރޭގައި 300 އަށް ވުރެ ގިނަ ކުދިން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ޢުމުރުން 5 އަހަރުން ދަށުގެ ކުދިންނެވެ. އެއީ ގެމްބިއާ، އިންޑޮނޭޝިއާ އަދި އުޒްބަކިސްތާނުން މަރުވި ކަމަށް ރެކޯޑް ކުރި  ކުދިންގެ ޢަދަދެވެ.

ގިނަ ފަހަރަށް ޑޮކްޓަރުގެ ބޭސް ސިޓީއަކާވެސް ނުލާ، ބޭސް ފިހާރައިގެ ކައުންޓަރުން ދޫކުރާ ބައެއް ކަހަލަ ކޯފްސިރަޕްތަކަކީ، އެތިލީން ގްލައިކޯލްއާއި ޑައިއެތިލީން ގްލައިކޯލްގެ މާއްދާތައް، މަތީ މިންވަރަކަށް އެކުލެވޭ ބޭސްތަކެކެވެ. 

އޮކްޓޯބަރު 2022 އާއި މި ހިނގާ ޖެނުއަރީ މަހުގެ ކުރީކޮޅުވެސް ޑަބްލިއުއެޗްއޯއިން ވަނީ ވަކި ކަހަލަ އުފެއްދުންތަކަކަށް ސަމާލުވުމަށް ގޮވާލާފައެވެ. އަދި ބައެއް ބޭސްތައް ނުވިއްކުމަށްވެސް ޢަމުރު ނެރެފައިވެއެވެ. އޭގެ ތެރޭގައި، ގެމްބިއާއާއި އުޒްބަކިސްތާނުގެ މަރުގެ ކޭސްތަކާ ގުޅިފައިވާ، އިންޑިއާގެ މެއިޑަން ފާމަސޫޓިކަލްސްއާއި މެރިއޮން ބައޮޓެކްގެ އުފެއްދުންތައް ހިމެނެއެވެ. އޭގެ އިތުރުން، އިންޑޮނޭޝިއާގެ 4 ކުންފުންޏަކުން އުފައްދާ ކޯފްސިރަޕްތައް ބޭނުން ނުކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ މިދިޔަ އަހަރު އިންޒާރު ކޮށްފައެވެ. އެ ކުންފުނި ތަކަކީ ޕީޓީ ޔަރިންޑޯ ފާމަޓަމާ، ޕީޓީ ޔުނިވަރސަލް ފާމަސޫޓިކަލް، ޕީޓީ ކޮނިމެކްސް އަދި ޕީޓީ އޭފްއެފްއައި ފާމާއެވެ. އެ ކުންފުނިތަކުގެ އުފެއްދުންތަކަކީ އިންޑޮނޭޝިއާގެ އެތެރޭގެ ބާޒާރުތަކުގައި ދައުރު ކުރާ އުފެއްދުންތަކެކެވެ.

ތަޣައްޔަރު ވެފައިވާ ބޭސްތަކާ ގުޅިފައިވާ ކުންފުނިތަކުން، އެ ދަޢުވާތަކަށް އިންކާރު ކުރެއެވެ. ނުވަތަ ތަޙުޤީޤުތައް ކުރިއަށްދާ އެ މައްސަލައާ މެދު އެއްޗެއް ބުނަން ދެކޮޅު ހަދައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ، ކުރިން މި ދެންނެވި އުފެއްދުންތައް ވިއްކުން ހުއްޓުވާ، ބާޒާރުގައި ދައުރު ނުވާނެކަން ކަށަވަރު ކުރުމަށް ގޮވާލި ގޮވާލުން ތަކުރާރު ކޮށްފައެވެ. އަދި ވިއްކަން ހުރި ބޭސްތަކަކީ، އެކަށީގެންވާ ފަރާތްތަކުން ހުއްދަ ދޫކޮށްފައި ވާ ބޭސްތަކެއް ކަން ކަށަވަރު ކުރުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ބޭސް އުފައްދާ ފަރާތްތަކުގެ އިޚްލާޞްތެރިކަން ކަށަވަރު ކުރުމަށް ބަލާ ފާސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ އިންސްޕެކްޓަރުންގެ ދާއިރާގައި އިންވެސްޓް ކުރުމަށާ، ސާވޭލަންސް ހަރަކާތްތައް އިތުރު ކުރުމުގެ ދާއިރާއަށް ކުރާ ޚަރަދު އިތުރު ކުރުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ޤައުމުތަކުގެ ސަރުކާރުތަކާއި ރެގިއުލޭޓަރުންނަށް ގޮވާލާފައެވެ.

ބޭސް އުފައްދާ ފަރާތްތަކުން ރޯ މެޓީރިއަލް ގަންނަނީ ކަމަށް ކުފޫ ހަމަވާ ސަޕްލަޔަރުންގެ އަތުން އެކަނި ކަމުގައި ހެދުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ. އަދި އެ މަރުހަލާގެ ރެކޯޑްތައް ރަނގަޅަށް ބެލެހެއްޓުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ހުއްދަ ދޫކޮށްފައިވާ އެއްޗެއް މެނުވީ ސަޕްލައި ނުކުރުމަށްވެސް ޑރ ޓެޑްރޯޒް ވަނީ ސަޕްލަޔަރުންނަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިހާން އަށް މި ފަހަރު ސަލާމަތްވެވިދާނެތަ؟؟!

ނިހާން އަށް މި ފަހަރު ސަލާމަތްވެވިދާނެތަ؟؟!

28 ފެބުރުއަރީ 2019
މިއީ ކޮރަޕްޝަނުން މަޖިލިސް ސަލާމަތް ކުރަންވީ ފަހަރު!

މިއީ ކޮރަޕްޝަނުން މަޖިލިސް ސަލާމަތް ކުރަންވީ ފަހަރު!

09 ޑިސެމްބަރު 2018
އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

24 ނޮވެމްބަރު 2018
ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ސޫކުލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

10 މެއި 2018
ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

ކުއްޖާގެ ފުރާނަ ސަލާމަތް ކުރީ އަޑުއެހުމުން މަޙްރޫމް ވެފައިވާ މީހެއް!

22 އެޕްރީލު 2018

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު