ކ. މާލެ
|
14 އޭޕްރިލް 2025 | ހޯމަ 19:52
އޭޕްރީލް 13، 2025 ގައި ޣައްޒާ ސިޓީގައި ހުންނަ ބަޕްޓިސްޓް ނުވަތަ އަހްލީ އަރަބި ހޮސްޕިޓަލަށް ދިން ހަމަލާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އޭޕްރީލް 13، 2025 ގައި ޣައްޒާ ސިޓީގައި ހުންނަ ބަޕްޓިސްޓް ނުވަތަ އަހްލީ އަރަބި ހޮސްޕިޓަލަށް ދިން ހަމަލާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާގައި އެކަކު ޝަހީދުކޮށްލައިފި
ޣައްޒާގައި މިވަގުތު މަދު ހޮސްޕިޓަލެއް މަދު ވަސީލަތްތަކާއެކު ހިންގަމުން އަންނަ އިރު، އާދީއްތަ ދުވަހު ދިން ވައިގެ ހަމަލާއާއެކު އިސްރާއިލުން ވަނީ ހަމާސް އިން ރަހީނުން ދޫކޮށްނުލާނަމަ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބުނެފައެވެ. ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ ހޮސްޕިޓަލްތަކުގައި ހިމާޔަތް ހޯދާފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހަނގުރާމައިގައި ގެއްލުން ލިބިފައިވާ މީހުންނެވެ.

ޣައްޒާގައި މިވަގުތު ހިންގަމުން އަންނަ މަދު ހޮސްޕިޓަލްތަކަށް އިސްރާއިލުން ދިން ވައިގެ ޙަމަލާއެއްގެ ސަބަބުން ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.

ޣައްޒާގައި މިވަގުތު މަދު ހޮސްޕިޓަލެއް މަދު ވަސީލަތްތަކާއެކު ހިންގަމުން އަންނަ އިރު، އާދީއްތަ ދުވަހު ދިން ވައިގެ ހަމަލާއާއެކު އިސްރާއިލުން ވަނީ ހަމާސް އިން ރަހީނުން ދޫކޮށްނުލާނަމަ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ. ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ ހޮސްޕިޓަލްތަކުގައި ހިމާޔަތް ހޯދާފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހަނގުރާމައިގައި ގެއްލުން ލިބިފައިވާ މީހުންނެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އެކްސްގައި ވިދާޅުވީ ޣައްޒާގެ އުތުރުގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު ފަރުވާ ނުލިބުމުގެ ސަބަބުން ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ.

އަދި އިމަޖެންސީ ރޫމާއި ލެބޯޓްރީ އާއި އިމަޖެންސީ ރޫމްގެ އެކްސްރޭ މެޝިނާއި ފާމަސީ ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަމަލާއާއި ގުޅިގެން 50 ބަލިމީހުން އެހެން ހޮސްޕިޓަލްތަކަށް ގެންދަން މަޖުބޫރުވި އިރު، ކްރިޓިކަލް 40 ޕޭޝަންޓުން ގެންދެވޭ ގޮތެއް ނުވިކަމށް ޓެޑްރޯސް ވިދާޅުވިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި އެ ހޮސްޕިޓަލުގައި ހަމާސްގެ "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރ" އެއް ހުރެއެވެ. އަދި ހަމަލާ އަމާޒުކުރީ އެ ހޮސްޕިޓަލަށް ނަމަވެސް، ހަމާސް ޖަމާއަތުން އެކަން ދޮގުކުރެ އެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ މި ހަމަލާ ދީފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން އެތަނުން ފޭބުމަށް އިންޒާރު ދިންތާ މިނެޓެއް ފަހުން ކަމަށެވެ.

އިޒްރޭލުގެ ޚާރިޖީ ވުޒާރާއިން ބުނީ ހޮސްޕިޓަލް އިމާރާތަށް ހަމަލާ ދިން އިރު، އެ އިމާރާތުގައި އެއްވެސް ސިއްހީ މަސައްކަތެއް ނުކުރެއެވެ. އަދި އާނމުންގެ އެއްވެސް މީހަކު މަރު ނުވާކަމަށް ވެސް ބުނެފައިވެއެވެ.

އޭއެފްޕީ އިން ނަގާފައިވާ މަންޒަރުތަކުން ފެންނީ އިމާރާތުގެ ކޮންކްރީޓުގެ ބައިތައް ވެއްޓި ދަގަނޑުތައް ބިންދައިގެން ގޮސްފައި ހުރި މަންޒަރެވެ. އަދި ހަމަލާއެކު އިމާރާތުގައި ބޮޑު ލޯވަޅެއް ހެދިފައިވާ އިރު ދަގަނޑުން ހަދާފައިވާ ދޮރުތައް ހުރީ ހުޅުތަކުން ނެއްޓިފައެވެ.

މީގެ އިތުރުން އާދީއްދަ ދުވަހު ދީރް-އަލް-ބަލާހުގައި އުޅަނދަކަށް ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 6 މީހުންނާއެކު ޖުމްލަ 7 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއިލުގެ ހަރުކަށި ޑިފެންސް މިނިސްޓަރު އިސްރާއިލް ކަޓްޒް އާދީއްތަ ދުވަހު ބުނެފައިވަނީ ބާކީ ތިބި ރަހީނުން ދޫކޮށްނުލާނަމަ ހަނގުރާމަ އިތުރަށް ފުޅާކުރަމުންދާނެ ކަމަށެވެ. އަދި ޣައްޒާ ކުޑަވެ ތަންތަނާއި އޮންނަ ގުޅުންތައް ކެނޑި އެންމެ ފަހުން ޣައްޒާގެ ރައްޔިތުން ވަޒަނުން ނުކުންނަން މަޖުބޫރު ކުރާނެ ކަމަށެވެ.

ހަމާސް ޖަމާއަތުން ސިފަކުރާ ގޮތުގައި އެއީ އިސްރާއީލުން ހިންގި އަނިޔާވެރި ޖަރީމާއެކެވެ. މިދިޔަ މަހު ރޫޅިގެން ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރުން އަދި ސައުދީ އަރަބިއްޔާ އިންވެސް ވަނީ މިއީ ބޮޑު ޖަރީމާއެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހޮސްޕިޓަލްތަކަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން އަންނަނީ ތަކުރާރުކޮށް ހަމަލާދެމުންނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އަލްއަހްލީގެ ކާރު ޕާކަށް ދިން ވަރުގަދަ ހަމަލާފައި އެއްޗެއް ގޮއްވާލައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވެއެވެ.

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އާދީއްތަ ދުވަހު ވަނީ ހޮސްޕިޓަލްތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިދިޔަ މަހު އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އެމްބިއުލާންސްތަކަށް ބަޑީގެ ހަމަލާތަކެއް ދީ، 15 ޑޮކްޓަރުންނާއި ސަލާމަތްކުރާ މީހުން ޝަހީދުކޮށްލާފައެވެ. ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން އާދީއްތަ ދުވަހު ބުނީ ހަމަލާއަށް ފަހު ގެއްލިގެން ހޯދަމުން ދިޔަ މެޑިކެއް ކަމަށްވާ އަސްއަދު އަލް ނަސްރާހު އިސްރާއިލުން ހިފަހައްޓާފައިވާ ކަމަށް ބުނެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ބުނެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްޠީނުގެ 1،574 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ދެ މަސް ދުވަހަށް މެދުކަނޑާލި ނަމަވެސް، އިޒްރޭލުން ވަނީ މާޗް މަހުގެ މެދުތެރޭގައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އޭގެ ދުވަސްތަކެއް ފަހުން ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ އެ ސަރަހައްދުން ރޮކެޓް ހަމަލާތައް ދޭން ފަށައިފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނީ ޣައްޒާއިން ފޮނުވާލި މިސައިލްތައް ހުއްޓުވާފައިވާ ކަމަށެވެ. އޭގެ ފަހުން އާދީއްތަ ދުވަހު ވަނީ ޔަމަނުން ފޮނުވާލި މިސައިލެއް ވެސް ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ.

- ކޮމެންޓް