Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ކުރިއަށް ދާން ބޭނުންނަމަ ޖެހޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން، އެކަން އެބަ ފެނޭ: ކޮންޓޭ

25 ޖެނުއަރީ 2023 | ބުދަ 02:39

އޭނާ ބުނީ އުންމީދުތައް ހާސިލުކުރުމަށް ކުރިއަށް ދާން ބޭނުންވާ ނަމަ، ޓީމެއްގެ ގޮތުގައި އޮވެ، އެކަކު އަނެކަކަށް އެހީތެރިވާންޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2023 | ބުދަ 02:39
ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ކުރިއަށް ދާން ބޭނުންނަމަ ޖެހޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ކަމަށާއި، ޓޮޓެންހަމުން މިހާރު އެކަން އެބަ ފެންނަ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ކޮންޓޭ މިހެން ބުނީ ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް ގަދަ ހަތަރެއްގެ އުންމީދު އައުކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ކޮންޓޭ ބުނީ، އޭނާގެ ކުޅުންތެރިންގެ ފަރާތުން ލިބެނީ ރަނގަޅު ޖަވާބެއް ކަމަށެވެ. އަދި ކުޅުންތެރިން ދެއްކީ އެކީގައި ކުރެވޭ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މީގެ އިތުރުން ކޮންޓޭ ބުނީ އަނެއްކާ ވެސް ޓޮޓެންހަމުން ސާބިތުކޮށްދިނީ ޓީމެއްގެ ގޮތުގައި ކުޅެފި ނަމަ، އިދިކޮޅު ޓީމަށް ޓޮޓެންހަމާއެކު ކުޅެން އުނދަގޫވާނެކަން ކަމަށެވެ. އެގޮތުން ފުލަމް މެޗުގައި ޓޮޓެންހަމްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ފަހުން ކުޅުނު މެޗުތަކުގައި ޓީމުގެ ކުޅުން ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ދެ ބައްޔަކާ ކުރިމަތިލާން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންޓޭ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެކުގައި މަސައްކަތްކޮށް، ހާސިލުކުރަން ބޭނުންވާ ކަންކަމަށް ވާސިލްވުން މުހިންމު ކަމަށެވެ. އޭނާ ބުނީ ޓާގެޓުތަކެއް އޮތް ކަމަށާއި، ނަމަވެސް އެކަންތައްތައް ހާސިލް ކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. އަދި އުންމީދުތައް ހާސިލުކުރުމަށް ކުރިއަށް ދާން ބޭނުންވާ ނަމަ، ޓީމެއްގެ ގޮތުގައި އޮވެ، އެކަކު އަނެކަކަށް އެހީތެރިވާންޖެހޭނެ ކަމަށެވެ. އެކަން މިހާރު ޓޮޓެންހަމްގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. ޚާއްސަކޮށް ޓޮޓެންހަމާއެކު ކުޅެން އިދިކޮޅު ޓީމަށް އުނދަގޫ ވާން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ކޮންޓޭ ބުނީ މިވަގުތު ވެސް ރަނގަޅު ހުރި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. ޓޮޓެންހަމް އޮތީ ތާވަލްގެ ފަސް ވަނައިގައިކަން ފާހަގަކޮށް އޭނާ ބުނީ، އަދިވެސް ޓާގެޓަށް ހާސިލްވެވޭނެ ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތްކޮށް، ހާސިލްކުރެވޭ މިންވަރު ބަލަން ޖެހޭނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެކަން އެންމެނަށް ވެސް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ފެށުނީއްސުރެ ނިމެންދެން، ހުއްޓައި ނުލާ މަސައްކަތް ކުރަން ބޭނުންވާ ސަބަބަކީ ވެސް އެއީ ކަމަށެވެ.

ލީގުގައި ޓޮޓެންހަމަށް ދެން އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން މި މަހުގެ 28 ވަނަ ދުވަހު އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އެ ޓީމު ނުކުންނާނީ ޕްރެސްޓަނާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް