Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިންނަވަރު 100 ހައުސިން ޔުނިޓް

ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ހިންނަވަރުގައި އިމާރާތްކުރަނީ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2023 | ހޯމަ 07:23
ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުން

ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ. ހިންނަވަރުގައި އިމާރަތްކުރާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅާފައިވަނީ އާދިއްތަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދިި ރަށު ކައުންސިލް މެމްބަރުންނެވެ.

Advertisement - newsAdvertisement

ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައިމަހުއެވެ.

މިއީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ޖުލައި 2022 ގައެވެ.

މި މަސައްކަތުގެ އަގަކީ -/83،807،840 (އައްޑިހަ ތިން މިލިއަން އަށްލައްކަ ހަތްހާސް އަށްސަތޭކަ ސާޅީސް ރުފިޔާ) އެވެ. މި މަސައްކަތް ނިންމުމުގެ މުއްދަތަކީ 365 ދުވަހެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސްއާއި، 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިންގ ޔުނިޓެވެ. ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެވެ.

އޭގެ އިތުރުން، އިމާރާތުގެ ވަށާ ފާރާއި، ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ޤާއިމު ކުރުމަށްޓަކައި ވެހިކަލް ޕާކް ކުރާ ސަރަޙައްދެއްވެސް ޤާއިމު ކުރެވިގެންދެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު