Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އެޓަލަންޓާ ކައިރިން ޔުވެންޓަސް ސަލާމަތްކޮށްދިނީ ޑަނީލޯ

23 ޖެނުއަރީ 2023 | ހޯމަ 06:45

މިއީ އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓު އުނި ކުރި ފަހުން ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖެނުއަރީ 2023 | ހޯމަ 06:45
މެޗުގައި ލަނޑު ޖެހުމަށްފަހު ޑަނީލޯ އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޑަނީލޯ އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މިއީ އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓު އުނި ކުރި ފަހުން ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ޔުވެންޓަސް އަށް ފިޔަވަޅު އަޅާފައި ވަނީ ޓްރާންސްފާގެ ކަންކަމުގައި މަކަރު ހެދުމާއި، ކުލަބުގެ މާލީ ލިޔެކިޔުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެޓަލަންޓާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޖެރެމިން ބޯގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓަލަންޓާ އަށް ލީޑު ނަގައިދިނީ އަޑެމޮލާ ލުކްމަން އެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި އެންހެލް ޑި މާރިއާ ވަނީ ޔުވެންޓަސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގައި ފުރަތަމަ ފަހަރަށް ޔުވެންޓަސް އަށް ލީޑު ނަގައިދިނީ އަކަންޑިއުޒް މިލިކް އެވެ. އެެއީ ޔުވެންޓަސްގެ ނިކޯލޯ ފަޖިއޯލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި އެޓަލަންޓާ އިން ވަނީ މެޗުގެ ނަޓީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ލަނޑު ޖަހައިދިން ލުކްމަންގެ އެހީތެރިކަމާއެކު އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޔަކީމް މޭލާ އެވެ. އޭގެ ފަހުން 53 ވަނަ މިނެޓުގައި އެޓަލަންޓާގެ ލުކްމަން ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި ޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުން ޔުވެންޓަސް ސަލާމަތްކޮށްދިނީ ޑަނީލޯ އެވެ. އެއީ ޑި މާރިއާގެ އެހީތެރިކަމާއެކު މެޗުގެ 65 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުންނެވެ.

މެޗު އެއްވަރުވެ ޔުވެންޓަސް އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. އެއީ ކުޅުނު 19 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު އެވެ. އެޓަލަންޓާ އޮތީ 35 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

އިތުރަށް ކިޔާލަން

22 މެއި 2017

ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް

22 މެއި 2017
ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
10 މެއި 2017

ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

10 މެއި 2017
ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
04 މެއި 2017

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
03 މެއި 2017

ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ

03 މެއި 2017
ޔުވެންޓަސް ކޮޅަށް ގޯލު ޖަހަން ފަސޭހައެއް ނުވާނެ: ފަލްކާއޯ
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
16 އެޕްރީލު 2017

ޔުވެންޓަސް ލީޑްފުޅާ ކޮށްފި

16 އެޕްރީލު 2017
ޔުވެންޓަސް ލީޑްފުޅާ ކޮށްފި
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް