Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް ލީގު ހޯދުން

ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް

ޖެހިޖެހިގެން ހަވަނަ ފަހަރަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 22 މެއި 2017 | ހޯމަ 14:33
ލީގު ޗެމްޕިއަން ލިބުމުން ތައްޓާއެކު ޔުވެންޓަސްގެ ކުޅުންތެރިން އުފާކުރަނީ

ލީގު ޗެމްޕިއަން ލިބުމުން ތައްޓާއެކު ޔުވެންޓަސްގެ ކުޅުންތެރިން އުފާކުރަނީ

އިޓާލިއަން ސެރީއާގައި ކްރޮޓޯނޭ އަތުން މޮޅުވެ ލީގުގެ ޗެމްޕިއަންކަން ހޯދާ ޔުވެންޓަސް އިން ރެކޯޑެއް ހަދައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކްރޮޓޯނޭ އަތުން 0-3 އިން މޮޅުވެ ޔުވެންޓަސް އިން ރެކޯޑެއް ހަދާފައި ވަނީ ޖެހިޖެހިގެން 6 ވަނަ ފަހަރަށް ލީގު އުފުލާލައިގެންނެވެ.

މީގެ ކުރިން ވިދިވިދިގެން އެންމެ ގިނައިން ލީގު ނަގާފައިވަނީ ފަސް ފަހަރުއެވެ. އެގޮތުން އިންޓަ މިލާނާއި ޓޮރިނޯއާ ޔުވެންޓަސް ވެސް ވަނީ ވިދިވިދިގެން ފަސް ފަހަރު ލީގު ނަގާފައެވެ.

ޔުވެންޓަސް އިން ވިދިވިދިގެން ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ހެދީ 1931-1935އާ ދެމެދު އެވެ. އޭގެ ފަހުން ޓޮރިނޯ އިން 1940ގެ އަހަރުތަކުގައި ވިދިވިދިގެން ފަސް ފަހަރު ހޯދިއެވެ.

އިންޓަމިލާނުން ވިދިވިދިގެން ފަސް ފަހަރު ލީގު ހޯދާފައިވަނީ 2006 އިން 2010 ދެ މެދުގައެވެ.

ތިން ކުލަބަކުން ހިއްސާ ކުރަމުން އައި ރެކޯޑް ޔުވެންޓަސް ފަހަތަށް ޖައްސާލުމަށް ފަހު 2012 އިން ފެށިގެން 2017 ވަނަ އަހަރު ސީޒަނާއި ހަމައަށް ވިދިވިދިގެން ވަނީ ހަ ލީގު ހޯދާ ރިކޯޑް އާކޮށްފައެވެ.

މި ސީޒަނުގައި މިހާތަނަށް ދެ ތައްޓެއް ހޯދާފައިވާ ޔުވެންޓަސް އަށް ތިން ތައްޓާއެކު ސީޒަން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އިޓާލިއަން ކަޕާއި އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެއް ސީޒަނެއްގައި ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ގޮތުން ޔުވެންޓަސް އެންމެފަހު ފައިނަލަށް ނުކުންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ޔުވެންޓަސްއަށް ލަނޑުތައް ޖަހައިދިނީ މާރިއޯ މަންޒުކިޗާއި ޕައޮލޯ ޑީބަލާ އަދި އެލެކްސް ސަންޑްރޯ އެވެ.

މި މޮޅާއިއެކު ޔުވެންޓަސް 88 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި 84 ޕޮއިންޓާ އެކު އޮތް ރޯމާ އަށް ފަހު މެޗުން މޮޅުވިޔަސް ހަމަކުރެވޭނީ 87 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު