Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ޓެން ހާގަށް ޤަބޫލު ކުރެވޭ ގޮތުގައި ޔުނައިޓެޑު އޮތީ ރަނގަޅު މިސްރާބުގައި

އޭނާ ބުނީ މި ސީޒަންގައި އާސެނަލް ދައްކަނީ ތަފާތު ހިތްވަރެއް ކަމަށާއި، އެއް ވަނައިގައި އޮތުން އާސެނަލަށް ހައްޤު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2023 | އާދީއްތަ 06:59
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑު މިހާރު އޮތީ ރަނގަޅު މިސްރާބެއްގައިކަން ޤަބުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ސީޒަން ފެށުނި ކޮޅު ޔުނައިޓެޑުގެ ކުޅުން ވަރަށް ބޮޑަށް ދަށްވި ނަމަވެސް، މިހާރު އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގު ތާވަލްގެ އެއް ވަނައިގައި އޮތް އާސެނަލާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން ޔުނައިޓެޑު ބަލިވެފައެއް ނުވެ އެވެ. ވާދަވެރި މެޗެއްގައި އެންމެ ފަހުން ޔުނައިޓެޑު ބަލިވެފައިވަނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުންނެވެ. އޭގެ ފަހުން މިހާތަނަށް ކުޅުނު ވާދަވެރި އެއްވެސް މެޗެއްގައި ޔުނައިޓެޑު ބަލިވެފައެއް ނުވެ އެވެ.

ލީގުގައި އާސެނަލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ޓެން ހާގް ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޔުނައިޓެޑު މިހާރު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. ނަމަވެސް އިތުރަށް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަ ކުރަމުން ޓެން ހާގް ބުނީ، ކުރިއަށް އޮތް ތަނުގައި މަތީ ފަންތީގައި ހިފަހައްޓަން ބޭނުންވާ ނަމަ އެކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ކުރިއަށް ދާ ވަރަކަށް ލީގު ވެސް އުނދަގޫވާނެ ކަމަށާއި، އެހެންކަމުން ރަނގަޅު ކުރަން ހުންނަ ކަންކަން ރަނގަޅު ކުރަމުން ކުރިއަށް ދާން ޖެހޭނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ މިހާރު ޕްރިމިއާ ލީގުގައި އޮތް ޓީމުތަކުގެ ތެރެއިން ހަ ޓީމު ނުވަތަ ހަތް ޓީމެއްގެ ކިބައިގައި ލީގު ކާމިޔާބު ކުރުމުގެ ފެންވަރު ހުރި ކަމަށެވެ.

ޓެން ހާގް ބުނީ އާސެނަލާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑަށް އެ ޓީމު ބަލި ކުރެވޭނެ ކަމަށާއި، ފާއިތުވި މެޗުތަކުގައި ޔުނައިޓެޑުން ވާނީ އެކަން ސާބިތުކޮށްދީފައި ކަމަށެވެ. ޔުނައިޓެޑަކީ މިހާރު ކުރިއަށް ދާ ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް ބަލިކުރެވުނު ހަމައެކަނި ޓީމެވެ. އެކަމަަށް އިޝާރަތްކޮށް ޓެން ހާގް ބުނީ އޭރު ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗާ އަޅާބަލާއިރު، އެތައް ކަމެއް މިހާރު ބަދަލިވެފައިވާ ކަމަށެވެ. އަދި މި ސީޒަންގައި އާސެނަލް ދައްކަނީ ތަފާތު ހިތްވަރެއް ކަމަށާއި، އެއް ވަނައިގައި އޮތުން އާސެނަލަށް ހައްޤު ކަމަށެވެ.

ލީގުގައި ޔުނައިޓެޑުން އާސެނަލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:30 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު