Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޕާލް ފްލައިޓް ވެއްޓުން

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

72 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 71 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 06:07
މިއީ ނޭޕާލްގެ ވައިގެ އުދުހުންތަކުގެ ތާރީޚަށް ބަލާއިރު، މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ހިނގި އެންމެ ހިތާމަވެރި ހާދިޘާ

މިއީ ނޭޕާލްގެ ވައިގެ އުދުހުންތަކުގެ ތާރީޚަށް ބަލާއިރު، މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ހިނގި އެންމެ ހިތާމަވެރި ހާދިޘާ

ޖެނުއަރީ 15 ވީ އާދީއްތަ ދުވަހު، 72 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ޔެޓީ އެއަރލައިންސްގެ މަތިންދާބޯޓު ވެއްޓުނު ހާދިޘާގައި، ބިންމަތީގައި ތިބި އެތައް ބައެއްގެ ފުރާނަ ސަލާމަތްވީ، ބޯޓު ދުއްވަން އިން ޕައިލެޓްގެ ހުށިޔާރު ކަމުން ކަމަށް ޤަބޫލު ކުރާ ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނަން ފަށައިފިއެވެ.

ހާދިޘާގެ މަންޒަރު ގާތުން ދުށް ބައެއް މީހުން މިހާރު ބުނާ ގޮތުގައި، އަވަށު ތެރެއަށް ބޯޓު ވެއްޓުނަ ނުދިނުމުގެ ގޮތުން ޕައިލެޓް ވަނީ ގަސްތުގައި އެހެން މިސްރާބަކަށް ބޯޓު އަނބުރާލާފައެވެ.

72 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 71 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. ފެނިފައި ނުވާ ހަމައެކަނި މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މޫސުން ސާފުކޮށް އޮތް، ޖެނުއަރީ 15 ވަނަ ދުވަހު، އެތެރޭގެ ދަތުރެއް ކުރަމުން ދަނިކޮށް، ފަތުރުވެރި މަންޒިލު، ޕޮކާރާއަށް ވެއްޓުނު ޔެޓީ އެއަރލައިންސް އޭޓީއާރް 72 މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރާއި ފްލައިޓް ޑޭޓާ ރެކޯޑަރު، ހޯމަ ދުވަހު ވަނީ ހޯދާފައެވެ.

މިއީ ނޭޕާލްގެ ވައިގެ އުދުހުންތަކުގެ ތާރީޚަށް ބަލާއިރު، މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ހިނގި އެންމެ ހިތާމަވެރި ހާދިޘާއެވެ.

ޝެޑިއުލް އުސޫލުން، ކަތުމަންޑޫއިން ފުރައިގެން ޕޮކާރާއަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓުގައި ތިބީ ނޭޕާލްގެ 57 ރައްޔިތަކާއި، އިންޑިއާގެ 5 ރައްޔިތެއްގެ އިތުރުން ރަޝިއާގެ 4 މީހުންނާއި، ދެކުނު ކޮރެއާގެ 2 މީހެއް، އަދި އާޖެންޓީނާ، އަޔަލަންޑް، އޮސްޓްރޭލިއާ އަދި ފްރަންސޭސިވިލާތް، މިއިން ކޮންމެ ޤައުމަކުން 1 މީހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަޔަން އެއަރގެ ފްލައިޓް ވެއްޓުން: ދަތުރުގެ ބޯޓްގެ އާލާތްތަކެއް ހުރީ ހަލާކުވެފައި

ލަޔަން އެއަރގެ ފްލައިޓް ވެއްޓުން: ދަތުރުގެ ބޯޓްގެ އާލާތްތަކެއް ހުރީ ހަލާކުވެފައި

30 އޮކްޓޯބަރު 2018
ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލަމާތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް ތައުރީފް އޮހެނީ

ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލަމާތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް ތައުރީފް އޮހެނީ

30 ސެޕްޓެމްބަރު 2018
ފްލައިޓް ހައިޖެކެއް ނުކުރޭ: ފްލައިދުބާއީ

ފްލައިޓް ހައިޖެކެއް ނުކުރޭ: ފްލައިދުބާއީ

24 މެއި 2018
އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

30 ސެޕްޓެމްބަރު 2017
އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު

16 އޯގަސްޓު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު