Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފްގެ ޖެނެރަލް ސެކްރެޓަރީ

ސާފްގެ ޖެނެރަލް ސެކްރެޓަރީއަކަށް ނޭޕާލްގެ ކަޓޭލް

ސާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކަޓޭލް އައްޔަންކުރީ ލަންކާގައި ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އޭނާ އެމަޤާމަށް އައްޔަން ކުރީ 2015 ވަނަ އަހަރުން ފެށިގެން ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރަމުން އައި އަންވަރުން ހައްގު މަގާމުން އިސްތިއުދާ ދެއްވުމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 އެޕްރީލު 2025 | ހޮނިހިރު 13:30
ސާފްގެ އައު ގެނެރަލް ސެކްރެޓަރީ އަކަށް ނޭޕާލްގެ ކަޓޭލް ހަމަޖެއްސުން

ސާފްގެ އައު ގެނެރަލް ސެކްރެޓަރީ އަކަށް ނޭޕާލްގެ ކަޓޭލް ހަމަޖެއްސުން

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ސާފް) ގެ ޖެނެރަލް ސެކްރެޓަރީއަކަށް ނޭޕާލްގެ ޕުރުޝޮތަމް ކަޓޭލް ހަމަޖައްސައިފިއެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކަޓޭލް އައްޔަންކުރީ ލަންކާގައި ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައިން، ކުރިން އެ މަގާމު ފުރަމުން އައި އަންވަރުން ހައްގު މަގާމުން އިސްތިއުދާ ދެއްވުމުންނެވެ.

އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތް ކަމަށްވާ (އޭއެފްސީ) ގައި ވެސް މަސައްކަތް ކޮށް 17 އަހަރުގެ ތަޖުރިބާލިބިފައިވާ ކަޓޭލް ވިދާޅުވީ ސާފުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެފަދަ މަގާމެއް ލިބުމަކީ އުފާކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަޓޭލް ވިދާޅުވީ ކެރިއަރުގައި މިފަދަ މަގާމެއް ލިބުމަކީ އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އަދި އެހާމެ ބޮޑު ޗެލެންޖެއް ކަމަށެވެ. އަދި އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށުނު ފަހުން މިހާތަނަށް މިއީ ދެކުނު އޭޝިޔާއާ ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށާއި އޭޝިއާގެ ރީޖަން އަކީ މިއީ ވަރަށް ޗެލެންޖިން ރީޖަނެއް ކަމަށް ވެސް ކަޓޭލް ވިދާޅުވިއެވެ.

ކަޓޭލް އިތުރަށް ވިދާޅުވީ މި ރީޖަން އަކީ ކުރިއަރަމުން އަންނަ އަދި ފުރުސަތު ފަހި ސަރަހައްދެއް ކަމަށާއި މި ސަރަހައްދުގެ ފުޓްބޯޅައިގެ ކުރިމަގު އޮތީ އުޖާލާކޮށްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ސާފުގެ ރައީސް ބަނގްލަދޭޝްގެ ޢާޒީ ސަލާހުއްދީނަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ސާފް ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބުމުން ރައީސް ސަލާހުއްދީނާއި ހިންގާ ކޮމިޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށް ކަޓޭލް ވިދާޅުވި އެވެ.

ކަޓޭލްގެ މައިގަނޑު ދާއިރާ އަކީ ހިންގުމުގެ ދާއިރާ ކަމަށް ވާއިރު، ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ކަޓޭލްގެ އެންމެ ފުރަތަމަ ބޮޑު މަސައްކަތަކަށް ވަނީ ސްރީލަންކާގައި މި އަހަރުގެ ޖޫން މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާވައި ހިންގުމެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2020

އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަނެއްކާވެސް މުންތަގިމަށް

04 އޯގަސްޓު 2020
އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަނެއްކާވެސް މުންތަގިމަށް
26 މެއި 2019

ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކެޓްރީއަކަށް މޫސަ

26 މެއި 2019
ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކެޓްރީއަކަށް މޫސަ
30 އެޕްރީލު 2019

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަލީ އުމަރު

30 އެޕްރީލު 2019
އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަލީ އުމަރު
13 އެޕްރީލު 2019

ނޭޕާލްގެ ޒުވާން ތަރި ބިމަލް ޓީސީއަށް

13 އެޕްރީލު 2019
ނޭޕާލްގެ ޒުވާން ތަރި ބިމަލް ޓީސީއަށް
11 ނޮވެމްބަރު 2018

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް ޝާފީ ހަމަޖައްސައިފި

11 ނޮވެމްބަރު 2018
ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް ޝާފީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު