Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޫރިޔާގެ ރައްޔިތެއްގެ ދިރިއުޅުން

ދައްކާނީ ކޮން އުޒުރެއް ހެއްޔެވެ؟ ފައި ބުރިވުމުންވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ތެދުވީއެވެ!

20 ޖެނުއަރީ 2023 | ހުކުރު 10:11

2019 އާއި އޭޕްރިލް 2022 އާ ދެމެދު، މައިންއާއި އެނޫންވެސް އެފަދަ ތަކެތި ގޮވުމުގެ 12350 ހާދިޘާއެއް ވަނީ ރެކޯޑް ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ޖެނުއަރީ 2023 | ހުކުރު 10:11
އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާގެ ސަރުކާރާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން، އަބޫ މުޙައްމަދުގެ އަމިއްލަ އަވަށަށް އަނބުރާ ދެވޭ ގޮތްވީ އޭގެ 4 އަހަރު ފަހުން

އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާގެ ސަރުކާރާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން، އަބޫ މުޙައްމަދުގެ އަމިއްލަ އަވަށަށް އަނބުރާ ދެވޭ ގޮތްވީ އޭގެ 4 އަހަރު ފަހުން

ސޫރިޔާގައި ވަރުގަދަ ހަނގުރާމައެއް ފެށުނު ހިސާބުން، އޭނާގެ އަމިއްލަ ވަޒަނުގައި، އަބޫ މުޙައްމަދަށް އަހުލުވެރިވާން ޖެހުނު ކަންތައްތައް ގިނައެވެ.

އިރުމަތީ ޣޫތާގެ ކަފްރް ބަތުނާއޭ ކިއުނު އަވަށުގައި، ވަޑާން ކުރުމުގެ މަސައްކަތުގައި އުޅުނު އަބޫ މުޙައްމަދަށް، 2014 ވަނަ އަހަރު، ވަގުތީ ގޮތުން ދިމިޝްކަށް ބަދަލުވާން މަޖުބޫރުވިއެވެ. އެއީ އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާގެ އަސްކަރިއްޔާއާ ދެމެދު ބަދަލު ކުރަމުން ދިޔަ ވަރުގަދަ ހަމަލާތަކުގެ ތެރެއިން، އިންސާނިއްޔަތަށްޓަކާ ހުވާޅި ހަނި ފުރުޞަތެއްގެ ތެރެއިންނެވެ.

އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާގެ ސަރުކާރާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން، އަބޫ މުޙައްމަދުގެ އަމިއްލަ އަވަށަށް އަނބުރާ ދެވޭ ގޮތްވީ އޭގެ 4 އަހަރު ފަހުންނެވެ. އެއީ އިދިކޮޅު ހަނގުރާމަވެރިން، ޤައުމުގެ އިރުމައްޗަށް ފަހާލި ހިސާބުންނެވެ. އޭރު، އަބޫ މުޙައްމަދުގެ ވަޑާންގެ އޮތީ މުޅިން ސުންނާފަތިކޮށްލާފައެވެ. ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކާ، އަބޫ މުޙައްމަދަށް މަޖުބޫރުވީ، ބައިސްކަލެއްގައި މެޓާ ވިއްކަން ނުކުންނާށެވެ.

އެއް އަވަށުން އަނެއް އަވަށަށް މެޓާ ވިއްކަން ދުއްވި ދުއްވުމުގެ ތެރޭގައި، އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހާދިޘާއާ ކުރިމަތިލާން ޖެހުނެވެ. އެއީ ބިމުގައި ވަޅުލާފައި އޮތް މައިނެއްގެ ޝިކާރައަކަށް އޭނާ ވީ ހިސާބުންނެވެ.

އެ ހާދިޘާގައި އަބޫ މުޙައްމަދުގެ ފައި ބުރިވުމާއެކު، އަނެއްކާވެސް، އެހެން ގޮތަކުން ދިރިއުޅުން އާރާސްތު ކުރުމަށް އަބޫ މުޙައްމަދަށް މަޖުބޫރުވިއެވެ.

މި ފަހަރު އޭނާ މަސައްކަތް ފެށީ ޕިކަޕް ކާރެއްގައެވެ. އޭނާގެ ނުކުޅެދުންތެރިކަމަށް ބަލާ، ޕިކަޕަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނެސްގެންނެވެ. މިއަދު އަބޫ މުޙައްމަދު މަސައްކަތް ކުރަމުން ދަނީ ޑެލިވަރީ ޑްރައިވަރެއގެ ގޮތުގައެވެ.

އަބޫ މުޙައްމަދަކީ، ސޫރިޔާގެ އެކި ހިސާބުތަކުގައި ވަޅުލާފައިވާ މައިނަށް އެރި، ދިރިއުޅުން އެފުށް މިފުށަށް ޖެހެމުންދާ ސޫރިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުންނެއްގެ ތެރެއިން އެކަކެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އދގެ ޓީމުން އާންމު ކޮށްފައި ވާ ބަޔާނެއްގައި އަންދާޒާ ކޮށްފައި ވާ ގޮތުގައި، ސޫރިޔާގެ ކޮންމެ 2 މީހަކުން އުޅެމުން ދަނީ މައިންއާއި އެނޫންވެސް އެފަދަ ގޮވާތަކެތިން "ތަޣައްޔަރު" ވެފައި ސަރަޙައްދުތަކުގައެވެ.

2019 އާއި އޭޕްރިލް 2022 އާ ދެމެދު، މައިންއާއި އެނޫންވެސް އެފަދަ ތަކެތި ގޮވުމުގެ 12350 ހާދިޘާއެއް ވަނީ ރެކޯޑް ކޮށްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ، އެވަރޭޖުކޮށް 5 ހާދިޘާއެވެ.

ރައީސް ބައްޝާރު އަލް-އަސަދުގެ ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ސަރަޙައްދުތަކުގެ ދިރިއުޅުން، އާންމު ހާލަތަށް ރުޖޫޢަވެފައި ވާ ކަމަށް ފެނުނު ނަމަވެސް، އެކި ސަރަޙައްދުތަކުގައި ވަޅުލާފައިވާ ގޮވާތަކެތީގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

މައިންއާއި އެނޫންވެސް އެފަދަ ގޮވާތަކެއްޗަކީ، ސޫރިޔާގެ ހަނގުރާމައިގެ ކުރިމަތިލުންތައް އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، އާންމު ދިރިއުޅޭ ސަރަޙައްދުތަކާއި، ބިންތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އެކި ހިސާބުތަކުގައި ވަޅުތާލާފައިވާ ތަކެއްޗެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި

18 ފެބުރުއަރީ 2017
"ތަމާ ތަމާ އަގެއިން" އާ ދޭތެރޭ ސަރޯޖް ޚާން ހިތްހަމަ ނުޖެހިފައި
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
14 ފެބުރުއަރީ 2017

މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

14 ފެބުރުއަރީ 2017
މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
25 ޖެނުއަރީ 2017

އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް

25 ޖެނުއަރީ 2017
އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް
12 ޖެނުއަރީ 2017

އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް

12 ޖެނުއަރީ 2017
އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް