Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގެ އާބާދީ

ޗައިނާ މީހުން، އިތުރު ދަރީން ހޯދަން ފަސްޖެހެނީ ކީއްވެ؟

އދގެ ތަޖުރިބާކާރުންގެ ޓީމުން އަންދާޒާ ކުރާ ގޮތުގައި 2050 ވަނަ އަހަރު އަންނައިރު ޗައިނާގެ އާބާދީ، ނިސްބަތުން 109 މިލިއަން ދަށަށް ދާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 05:56
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ މަޤާމުން ޗައިނާ ވައްޓާލުމަށް ފަހު، އެ މަޤާމަށް އިންޑިއާ އަރަން މާ ގިނަ ދުވަހެއް ނެތް ކަމަށް އދގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައި

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ މަޤާމުން ޗައިނާ ވައްޓާލުމަށް ފަހު، އެ މަޤާމަށް އިންޑިއާ އަރަން މާ ގިނަ ދުވަހެއް ނެތް ކަމަށް އދގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައި

މި ދުނިޔޭގެ އާބަދީ، 8 ބިލިއަންގެ ފާހަގަ ހުރަސް ކުރިތާ އަދި އަހަރެއްހާ ދުވަސް ނުވެއެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތް ވަނީ ކޮން ޤައުމަކަށްތޯ، ނުވަތަ، ދުނިޔޭގެ ނިސްބަތުން ބަލާއިރު، އާބާދީ އެންމެ ބޮޑު ޤައުމަކީ ކޮބައިތޯ ސުވާލު ކޮށްފި ނަމަ، ކޮންމެ މީހެއްގެ ދުލު ކުރިއަށްވެސް އެންމެ ފުރަތަމަ އަންނާނެ ނަމަކީ ޗައިނާކަމާ މެދު އޮތް ޔަޤީންކަން ފިސާރި ބޮޑެވެ. ކަން އޮތީވެސް އެހެނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާގެ އާބާދީ އުޅެނީ 1.453 ބިލިއަނަށްވުރެ މަތީގައެވެ.

ނަމަވެސް، އެކަން ބަދަލުވުން އޮތީ ދާދި ގާތުގައެވެ. އާބާދީގެ ނިސްބަތުން ޗައިނާއާ އެންމެ ކައިރިން ވާދަ ކުރާ އިންޑިއާގެ އާބާދީ މިހާރު އުޅެނީ 1.415 ބިލިއަންގައެވެ. އިންތިހާ ގާތް މުސްތަޤުބަލެއްގައި، ޗައިނާ ކަޑަތުކޮށް، އިންޑިއާގެ އާބާދީ އިތުރުވެދާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. ކަން މިހެން އޮތް އިރު، ޗައިނާއިން އަޅަމުން ދާ ރަނގަބީލުންވެސް އިވެނީ ހަމަ އެފަދަ އަޑެކެވެ. ނިމިދުޔަ 2022 ވަނަ އަހަރަކީ، ޗައިނާގެ އާބާދީ އިތުރުވި މިންވަރު ދަށަށް ދިޔަ އަހަރެކެވެ. މިއީ ފާއިތުވީ 60 އަހަރު ދުވަހުގެ ތެރޭގައިވެސް އެކަން އެގޮތަށް ދިމާވި ފުރަތަމަ އަހަރެވެ. މިއީ ޗައިނާ މީހުންގެ އާބާދީ މަދުވުމުގެ ތާރީޚީ ފެށުމެއް ކަމަށްވެސް ބުނެވެއެވެ. އެކަމެއްގެ ސަބަބުން ޗައިނާއާއި މުޅި ދުނިޔެއަށްވެސް އަސަރު ފޯރާނެ ކަމެކެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް ނުވަތަ ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެ ޤައުމުގެ އާބާދީ ވަނީ 1.41175 ބިލިއަނަށް އަރާފައެވެ. ނަމަވެސް އެ އަހަރު އަލަށް އުފަންވީ ކުދީންނަށް ބަލާއިރު، އެ ޢަދަދު އުޅެނީ 850000 އަށް ވުރެ މަދު ނިސްބަތެއްގައެވެ.

މިކަން މިހެން އޮތް ކަމުގައި ވީ ނަމަވެސް، ޗައިނާގެ ރައްޔިތުން މިހާރު ތިބީ އާބާދީ އިތުރު ކުރާ ފަދަ ފިކުރެއްގައެވެ. ޖެނުއަރީ 17 ވަނަ ދުވަހު މީޑިއާއާއި ވާހަކަދެއްކި، ޗައިނާގެ ބައެއް ރައްޔިތުންގެ ފަރާތުން ލިބުނު ޖަވާބަކީވެސް އެއީއެވެ.

ވެރިކަން ކުރާ ބީޖީންގްގައި ވަޒަންވެރިވެގެން އުޅޭ، ޢުމުރުން 44 އަހަރުގެ ރައްޔިތެއް ކަމަށް ވާ ލީ ބުނި ގޮތުގައި، ދެވަނަ ދަރިއަކު ނުވަތަ 3 ވަނަ ދަރިއަކު ހޯދުމަކުން، އަސާސީ މައްސަލަ ހައްލު ވާނެ ކަމަކަށް ނުބެލެވެއެވެ. އޭގެ ސަބަބުތައްވެސް އޭނާ ކިޔައިދިނެވެ.

ޗައިނާއަކީ ދުނިޔޭގެ އުފެއްދުންތެރިކަމާއި ސިނާޢީ މަސައްކަތްތެރިކަމުގެ އިންޖީނެވެ. އިޤްތިޞާދީ ރޭހުގެ މުގޫ ކޮންޓްރޯލް ކުރުމުގެ މުހިންމު ދައުރު، ޗައިނާއިން އަދާ ކުރާ ފަހަރުތައްވެސް މަދެއް ނޫނެނެވެ. ޗައިނާގެ އާބާދީ ދަށްވުމުގެ ސަބަބުން، ދުނިޔެއަށްވެސް އަސަރުތަކެއް ފޯރާނެ ކަމަށް ބައެއް ފަރާތަކުން ބުނަމުން ދިޔަ ނަމަވެސް، ޗައިނާގެ ތަފާސް ހިސާބުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ، ކާންގް ޔީގެ ވާހަކަ ތަފާތެވެ.

އދގެ ތަޖުރިބާކާރުންގެ ޓީމުން އަންދާޒާ ކުރާ ގޮތުގައި 2050 ވަނަ އަހަރު އަންނައިރު ޗައިނާގެ އާބާދީ، ނިސްބަތުން 109 މިލިއަން ދަށަށް ދާނެއެވެ. މިއީ މީގެ ކުރިން، 2019 ވަނަ އަހަރު އެކުލަވާލި އަންދާޒާތަކާ އަޅާ ބަލާއިރު 3 ގުނަ ހީނަރު ޢަދަދެކެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ މަޤާމުން ޗައިނާ ވައްޓާލުމަށް ފަހު، އެ މަޤާމަށް އިންޑިއާ އަރަން މާ ގިނަ ދުވަހެއް ނެތް ކަމަށް އދގެ ތަފާސް ހިސާބުތަކުން ދެއްކީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މުޅި ދުނިޔެ އިނދަޖައްސާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފުރަބަދަންދާ ގުޅިގެން، އަލަށް އުފަންވާ ކުދިންގެ ޢަދަދު އިތުރުވާހެން ހީވި ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ އާބާދީ އިތުރު ވާ ރޭޓް މިހާރު ހުރީ 1950 ވަނަ އަހަރަށް ފަހު އެ ރޭޓް ހުރި އެންމެ ލަސް ދުވެލީގައި ކަމަށް އދއިން އޭރު ވަނީ ބުނެފައެވެ. ނަމަވެސް ދުނިޔޭގެ އާބާދީ އިތުރު ވަމުން ދަނީ އެކި ސަރަހައްދުތައް އެކި މިންވަރަށް ކަން ފާހަގަ ކުރަން ޖެހެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ދަރިމައިވާ ރޭޓް އެންމެ ދަށުގައި އޮތީ ޗައިނާގައެވެ. ޗައިނާގައި ދަރިމައިވާ ރޭޓް އުޅެނީ ކޮންމެ 1 އަންހެނަކަށް 1.28 ކުދިންގެ ރޭޓްގައެވެ.

ދުނިޔޭގެ އާބާދީ 1 ބިލިއަނަށް އެރުމަށް އެތައް ސަތޭކަ ހާސް އަހަރެއް ނެގިއިރު، ދެން ޖެހިގެން އައި 200 އެއްހާ އަހަރު ދުވަހުގެ ތެރޭގައި، އާބާދީ 7 ގުނަ އިތުރުވިއެވެ. ދުނިޔޭގެ އާބާދީ، 7 ބިލިއަނަށް އެރީ 2011 ވަނަ އަހަރުއެވެ. ދުނިޔޭގެ އަދުގެ އަބާދީ 8 ބިލިއަނަށް އަރާފައި ވާ އިރު، 2030 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އާބާދީ، 8.5 ބިލިއަނަށް އަދި 2050 ވަނަ އަހަރު އަންނަ އިރު 9.7 ބިލިއަނަށް އަރާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ. 2100 ވަނަ އަހަރު ދުނިޔޭގެ އާބާދީ އުޅޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 10.9 ބިލިއަނުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު