Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދަނޑުވެރިކަން

އެގްރޯނެޓާއެކު ދަނޑުވެރިކަން އިތުރު ހަރުފަތަކަށް

17 ޖެނުއަރީ 2023 | އަންގާރަ 07:07

އެގްރޯނެޓުން ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖެނުއަރީ 2023 | އަންގާރަ 07:07
އއ. ރަސްދޫގެ ދަނޑެއް

އއ. ރަސްދޫގެ ދަނޑެއް

ދަނޑުވެރިކަމަކީ ދިވެހިންގެ ލޭނާރާ ގުޅިލާމެހިފައިވާ ސިނާއަތެކޭ ބުނާ އަޑު އަބަދުވެސް އިވެއެވެ. މި ސިނާއަތަކީ ކާބަފައިންގެ ޒަމާނުން ފެށިގެން ދިވެހިން އާމްދަނީ ހޯދުމަށް ކޮށް އުޅުނު މަސައްކަތެކެވެ. ދަނޑުވެރިކަން ނުވަތަ މަސްވެރިކަން ކޮށް ނޫޅޭ އާއިލާއެއް އޭރު މަދުވާނެއެވެ. ވަކި އުމުރެއް ވަކި ޖިންސެއް ނެތް ގޮތަށް ދިވެހިން ދިޔައީ މިކަންކަމުގައި ޝާމިލްވަމުންނެވެ.

ބަދަލުވަމުންދިޔަ ޒަމާނާއެކު އެހެނިހެން ސިނާއަތްތައް އަހަރުމެންގެ ތެރެއަށް ތައާރަފުވަމުންދިޔައެވެ. މީގެ ތެރެއިން މިހާރު ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާއަތް ފާހަގަކޮށްލެވެއެވެ. މިއާއެކު ދަނޑުވެރިކަން ފަދަ ސިނާއަތްތަކުގައި ހަރަކާތްތެރިވާ މީހުން ކޮންމެވެސް ވަރަކަށް މަދުވިއެވެ. ވަކިން ޚާއްސަކޮށް ޒުވާނުން މިކަންކަމުގައި ހަރަކާތްތެރިވާ މިންވަރު މަދުވިއެވެ.

އެތައް އަހަރެއް ފަހުން މިހާރު ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އޮތް ހާލަތަށް ބަލާއިރު، މި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ނުވަތަ މެދު އުމުރުގެ މީހުންކަން ފާހަގަކޮށްލެވެއެވެ. މިއީ ބަދަލުވާންޖެހޭ ކަމެކެވެ. މިފަދަ މަސައްކަތްތަކަކީ އަހަރުމެންގެ ތެރެއިން ނެތިދާ ކަންކަމަށް ވެގެންނުވާނެއެވެ. ދަނޑުވެރިކަމަކީ ފުޅާ ދާއިރާއެއްގައި މިކަން ކުރެވިއްޖެނަމަ މިކަމުން ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތަކަށް ވުމާއެކު މި ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކުރުމަށް، ވަކިން ޚާއްސަކޮށް ޒުވާނުން މިކަމަށް ނެރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެކުންފުނީގެ މަސައްކަތްތަކީ ދަނޑުުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ދިނުމެވެ. މިގޮތުން އެގްރޯނެޓާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައިވާ އެތައް ދަނޑުވެރިންނަކާއެކު ވަނީ ކޮންޓްރެކްޓް ހަދާފައެވެ. އެކުންފުންޏާއެކު ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ފަންނީ އެހީއާއި، މުޑުވައް ދިނުމާއި، ސްޓާޓަރ ޕެކްތައް ފޯރުކޮސްދެއެވެ. މިގޮތުން މިހާރުވެސް ގިނަ ބަޔަކު އެގްރޯނެޓާ ގުޅިގެން ދަނީ ދަނޑުވެރިކަން ކުރަމުންނެވެ.  

ހަމަ މިއާއެކު އެގްރޯނެޓުން ގެންދަނީ ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދިނުމަށްވެސް މަސައްކަތްކުރަމުންނެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތައް ރައްކާތެރިކަމާ ތާޒާކަންމަތީ ބާޒާރުތަކަށް ފޯރުކޮށްދިނުމަށްޓަކައި ޑިސްޓްރިބިއުޝަން ސެންޓަރުތަކެއްވެސް ދަނީ ގާއިމްކުރަމުންނެވެ. މިތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމަށް އެކުންފުނީގެ އަމިއްލަ އުޅަނދުތަކެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާއިރު މިއީ ކުޑަ ޚަރަދެއްގައި ދަނޑުވެރިންގެ އުފެއްދުންތައް އެއް ތަނުން އަނެއް ތަނަށް އުފުލުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްްގައި މިހާރު ދަނޑުވެރިކަމުގައި ޓެކްނޮލޮޖީ ބޭނުންކުރާފަދައިން ރާއްޖެއަށްވެސް މި މޮޑެލް ތައާރަފުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މިއީ ޒަމާނީ ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓާއި، މިކަމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާތައް ގުޅިގެން އެ ދަނީ ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރާ ހަމައަށް ގެންގޮސްދީ އެމީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގުވެސް ފަހިކޮށްދެމުންނެވެ. ދެން އޮތީ މިކަމަށް ނުކުންނަ މީހުންގެ އަދަދު އަދިވެސް އިތުރުކުރުމުގެ މަސައްކަތެވެ. މިކަމަކީ ދިވެހިންގެ ތެރެއިން ނެތިނުދާ އެއްޗަކަށް ހެދުން މުހިންމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2017

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟
15 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
15 ޖެނުއަރީ 2017

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް