Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޕޮޓާ ބުނަނީ ޗެލްސީގެ އިތުބާރު އޭނާ އަށް އޮންނަ ކަމަށް

ޕޮޓާ ބުނީ، ޓީމުގެ ބޯޑުގެ ލެވެލް އިން ބަލާނަމަ އެމީހުންގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖެނުއަރީ 2023 | ހޯމަ 02:44
ޗެލްސީގެ ކޯޗު ޕޮޓާ

ޗެލްސީގެ ކޯޗު ޕޮޓާ

ޗެލްސީގެ ވެރިންގެ ފުރިހަަމަ އިތުބާރު އޭނާ އަށް އޮންނަ ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

މި ސީޒަންގައި ޗެލްސީން ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ޕޮޓާ އަށް ވަރަށް ބޮޑު ޕްރެޝަރަކާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ފަހުން ޗެލްސީން މި ވަނީ ލީގުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް މޮޅެއް ހޯދައިފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޓާ ބުނީ އަބަދު ވެސް ކަންތައް އޮންނަ ގޮތަކީ އެންމެ ބޭނުންވާ ނަތީޖާ ނުނެރެވޭ ނަަމަ، ޕްރެޝަރު ކުރިމަތިވުން ކަމަށެވެ. ޚާއްސަކޮށް ޗެލްސީ ކަހަލަ، ޓާގެޓުތައް ގިނަ ބޮޑު ކުލަބެއް ގައި އެކަން އޮންނާނެ ކަމަށް ޕޮޓާ ބުންޏެވެ. އަދި ޗެލްސީ އަށް މޮޅެއް ނުލިބިދާތީ އޭނާ އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާ ކަމަށާއި، ނަމަވެސް ބޮޑަށް އެކަން އަންނަނީ މީޑިއާ އިން ކަމަށެވެ. މީގެ އިތުރުން ޕޮޓާ ބުނީ، ޓީމުގެ ބޯޑުގެ ލެވެލް އިން ބަލާނަމަ އެމީހުންގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮންނަ ކަމަށެވެ. ނަމަވެސް އެކަމާ މާ ބޮޑަށް ހަމަޖެހިގެން ނުހުންނަ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕޮޓާ ބުނީ އޭނާ ކުރަމުން އަންނަ މަސައްކަތަށް އެއްޗެއް ބުނަން ބޭނުންވާ ނަމަ އެކަން އޭނާއާ ހިއްސާކުރުމަށެވެ. އަދި އެކަމާ ހިތްނުތަނަވަސްކަމެއް ނޯންނާނެ ކަމަށާއި، އެއީ އޭނާ ޝުކުުރުވެރިވާނެ ކަމެއް ކަމަށެވެ. ޕޮޓާ ބުނީ ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ފެންނަނީ މަސައްކަތް ކުރާ މަންޒަރު ކަމަށާއި، ޕްރޮފެޝަނަލް މަސައްކަތެއް ކުރާ ކަމަށެވެ. އެގޮތުން ހެދޭ ގޯސްތަަކަށް ކުޅުންތެރިން ވެސް އަދި އޭނާ ވެސް ޒިންމާވާނެ ކަމަށާއި، ކުރިއަށް ދެވޭނީ އެކަންކަމާއެކު ކަމަށެވެ. ހަމައެއާއެކު އޭނާ ބުނީ އަދިވެސް ޗެލްސީ އޮތީ ގޮސް ހާލަތެއްގައި ކަމަށާއި، އެކަމުން އަރައި ގަތުމަށް ކުރިމަތީގައި އޮތީ ވެސް ބޮޑު ޗެލެންޖެއް ކަމަށެވެ. އަދި އޭނާގެ ސަޕޯޓު ކުޅުންތެރިންނަށް އޮންނާނެ ކަމަށާއި، ކުޅުންތެރިންގެ ސަޕޯޓު އޭނާ އަށް އޮތް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކުރިއަށް އޮތީ ވަރުގަދަ މެޗެއް ކަމަށާއި، މަސައްކަތް ކުރާނީ ޓީމުގެ މޮޅު ކުޅުމާއެކު އެ މެޗު ކާމިޔާބު ކުރަން ކަމަށެވެ.

ޕްރިމިއަރ ލީގުޗެލްސީގްރަހަމް ޕޮޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު