Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކުލުނާއި ގުޅުމުން ރާއްޖެ އެއްކުރެއްވުމުގައި ރައީސް ސާލިޙުގެ ދައުރު

ކުރިން އޮތް ނުތަނަވަސްކަން ފިލައިގޮސް މިހާރުވަނީ ހަމަޖެހުން ޤާއިމްވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 09:15
ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ޓީޓީ ހޯލް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުން

ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ޓީޓީ ހޯލް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުން

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ފުރަތަމަ ތިން ހަތްދުވަހުގެ ތެރޭގައި އެވެރިކަން އުފެދިގެންއައި ކޯލިޝަންގައި ރެންދުއެޅިއެވެ. އެ ކޯލިޝަންގައި އެމްޑީޕީ ފިޔަވައި އެންމެ ބޮޑު ހިއްސާއެއް އޮތް ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވިއެވެ. ވެރިކަމަށް އެމްޑީޕީ އައުމުގައި ބޮޑު ރޯލެއް ކުޅުނު ޤާސިމް އިބްރާހީމް ސަރުކާރުން އިސްތިއުފާ ދެއްވައި ކޯލިޝަނާ ފެއަށް ޖެހުނީއެވެ.

މާގިނަ ދުވަސްތަކެއްނުވެ ކޯލިޝަންގައި އޮތް އަދާލަތު ޕާޓީވެސް ކޯލިޝަނާ ވަކިވެ އިދިކޮޅު އިސްލާހީ ހަރަކާތާ ޢަމަލީގޮތުން ބައިވެރިވިއެވެ. ސަބަބުތައް އިތުރަށް ދެއްކުމުގެ ބޭނުމެއްނެތެވެ. ނަމަވެސް ކޯލިޝަނުން އެދެބައިމީހުން ވެސް ވަކިވީ ސަރުކާރާމެދު ހުރި ކަންބޮޑުވުންތަކެއްގެ ސަބަބުންނެވެ. ކޯލިޝަން ހިންގުމުގައި އޭރުގެ ސަރުކާރަށް ނުކުޅެދިގެންނެވެ.

އެއާއެކު ފެނިގެން ދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. ސަރުކާރަށްވުރެ އިދިކޮޅު އެކްޓިވް ވިއެވެ. ސަރުކާރުން ހަދަމުންދާ ގޯސްތަކުގެ ވާހަކަ މާބޮޑަށް ގަދަވިއެވެ. އަދި އިދިކޮޅުން ހިންގި ހަރަކާތްތަކަށް ދޭންފެށި ރައްދާއި އަޅާންފެށި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ހޫނުވެ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު މުޅިން އެހެންގޮތަކަށް ބަދަލުވެގެން ދިޔައީއެވެ. ނަވަތަ އިދިކޮޅުން ނުކުމެ ބަދަލު ކުރީއެވެ.

އެކަންކަމާއެކު އުފެދިގެންއައި އޮއިވަރުގައި ފެނިގެން ދިޔައީ ޤައުމުގައި ހަލަބޮލިކަން އުފެދިގެން އައިތަނެވެ. ސަރުކާރުގައި އޮތް އެމްޑީޕީ އިދިކޮޅު ޕާޓީއަށްވެ އަނެއްކާ ވެސް ވެރިކަމަށް އަންނަން ކުރި މަސައްކަތާއި ވެރިކަން ވައްޓާލިގޮތުން ކުރަމުންދިޔަ އިހުތިޖާޖްތަކަށް އޭރުގެ ސަރުކާރުން ވެސް ދެމުންދިޔަ ރައްދާއި ޢަމަލުކުރަމުންދިޔަ ގޮތުން ޤައުމު އޮތީ މުޅިން ހަމަނުޖެހުމެއްގެ ތެރޭގައެވެ. މުއައްސަސާތަކާމެދު މީހުން ހިތްހަމަނުޖެހުމާއި ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުންތައް މުޅިން ހީނަރުވެގެން ގޮސް މުޅިން ވެސް ފެންނަމުން ދިޔައީ އަދި ކުރިމަތިވަމުން ދިޔައީ ނުތަނަވަސްކަމެވެ.

އެގޮތުގައި އެ ވެރިކަމުގެ ބާކީއޮތް ދުވަސްތައް ހޭދަވެ ނިމުމަށްފަހު ދެން އައީ ރައީސް ޔާމީންގެ ސަރުކާރެވެ. ކަންކަންވީ އަދި އެއަށްވުރެ ވެސް ގޯހެވެ. ހަމަ ރަނގަޅަށް ސަރުކާރުގެ ބާރާއި ނުފޫޒު ފޯރުވައިގެން ކުރަމުންދިޔަ ވެރިކަމުގައި ރައްޔިތުންތިބީ ގޮތްހުސްވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި އެމަޖިލީސް ހުއްޓުވިއެވެ. މަޖިލީހުގެ މެޖޯރިޓީއާއެކު ޖުޑިޝަރީއަށް ދިޔައީ ފާޅުގައި އަތްބާނަމުންނެވެ. މަޝްހޫރު 12 މެންބަރުން މަޖިލީހުން ވަކިކުރި ގޮތާމެދު ސުޕްރީމް ކޯޓުން ނެރެމުންދިޔަ ވާނުވާ ނޭނގޭ އަމުރުތަކާއެކު އިންސާފާމެދު ރައްޔިތުން ތިބީ އުއްމީދު ގެއްލިފައެވެ. އިސްލާހަށް ބަސްބުނެ ވަކާލާތު ކުރަމުންދިޔަ ޤާނޫނީ ވަކީލުން ކޯޓުތަކަށް ނުވަދެވޭގޮތައް ދިޔައީ ސަސްޕެންޑު ކުރަމުންނެވެ. ބަސްބުނެ އެއްވެ އުޅުން ހަނިކޮށް ވަކިގޮތަކަށް ވަކިތާކު ނޫނީ އެކަން ނުކުރެވޭނޭ ގޮތައް ޤާނޫނަށް ބަދަލު ގެނައެވެ. މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިން ހިފާ ހައްޔަރުކުރިއެވެ.

މިކަންކަމާމެދު ނުތަނަވަސްކަމާއި ހާސްކަމާއި ކަންކުރަމުންދާގޮތުން ނުރުހިފައިތިބެން ޖެހުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އިހުނަށްވުރެ ބޮޑަށް އިޖުތިމާއީ ފޭރާންވީދި، ގުޅުންތައް ހީނަރުވެ ހިތްހަމަޖެހުމާއި ސުލްހަމަސަލަސްކަން ގެއްލިގެންދިއުމެވެ.

މި ސަބަބާހުރެ އޭރުގެ ސަރުކާރު ބޮޑުތަނުން ބަދަލުކޮށް ރައީސް ޔާމީންގެ މައްޗަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ކުރި ހޯއްދެވިއެވެ. ގުޅިފައިވާ ޕާޓީތަކުން ގުޅިގެން ކުރި ބުރަ މަސައްކަތައް ރައްޔިތުން ކުރި ތާއީދާއެކުގައެވެ. އެއާއެކު އަނެއްކާ ވެސް މުޅި ޤައުމު އެއްވާން ފެށިއެވެ. މިނިވަންކަމުގެ ނޭވާއެއް ރައްޔިތުންނަށް ލެވޭނޭ މަގުފަހިވެގެން ދިޔައެވެ. ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރެވި ސަރުކާރުގެ މުއައްސަސާތަކާއެކު މަސައްކަތް ކުރެވޭން ފެށިއެވެ. އެކިއެކި ވިސްނުމުގެ ގިނަ މީހުންނާ ވާހަކަ ދެކެވި ގެއްލިފައިވާ ގުޅުންތައް ބަދަހިވާން ފެށިއެވެ. އިދިކޮޅަށް ވެސް ފުރިހަމައަށް ޖާގަލިބި ސަރުކާރާމެދު ތައްމިނަށް ފާޑުކިޔޭނޭ ދޮރުވަނީ ހުޅުވާލެވިފައެވެ.

ކޮންމެއަކަސް އަނެއްކާ ވެސް ހަލަބޮލިކަން ނެތިގޮސް ޤައުމުގައި މިވަނީ ސުލްހަ މަސަލަސްކަން ޤާއިމްވެފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގިނަ ވިސްނުމަށް ޖާގަދެއްވާތީ އެންމެނަށް ވެސް ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ވަނީ އުފެދިފައެވެ. ގުޅިފައިވާ ޕާޓީތަކުގެ ބަދަހި ކޯލިޝަން އެގޮތުގައި ހިފެހެއްޓުމަށް ރައީސް ސާލިޙު ކުރައްވާ މަސައްކަތުގެ ނަތީޖާ މުޅި ރާއްޖެއިން ދަނީ ފެންނަމުންނެވެ.

ރައީސް ސާލިހު މަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު