Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ސިޓީގެ ޙާލަތާމެދު ގާޑިއޯލާގެ ނުތަނަވަސްކަން އެބަ އޮތް، ނަމަވެސް ކުޅުންތެރިންނަށް އިތުބާރު ކުރޭ

މުހިންމު މެޗެއްގައި އެވަޓަންއާ އެއްވަަރުވެ މުހިންމު ދެ ޕޮއިންޓު ގެއްލުވާލިއިރު، ސައުތެމްޓަން އަތުން ބަލިވެ އެ ޓީމު ވަނީ ކަރަބޯ ކަޕުން ކަޓައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2023 | ހޮނިހިރު 05:04
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މި ސީޒަންގައި މެންޗެސްޓަރ ސިޓީގެ ނަތީޖާތައް ނިކުންނަ ގޮތުން، އެކަމުގެ ނުތަނަވަސްކަން އޮތް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު ސިޓީ އޮތީ އުނދަގޫ ޙާލަތެއްގަ އެވެ. މުހިންމު މެޗެއްގައި އެވަޓަންއާ އެއްވަަރުވެ މުހިންމު ދެ ޕޮއިންޓު ގެއްލުވާލިއިރު، ސައުތެމްޓަން އަތުން ބަލިވެ އެ ޓީމު ވަނީ ކަރަބޯ ކަޕުން ކަޓައިފަ އެވެ. ގާޑިއޯލާ ބުނީ ސީޒަން ފެށިގެން އައި އިރު ސިޓީން ދައްކަމުން އައި ކުޅުން ދަށްވެދާނެ ކަމުގެ ބިރު ވެސް އޮތް އޭރު އޮތް ކަމަށެވެ. ސައުތެމްޓަން އަތުން ބަލިވުމުގެ ސުވާލު އަމާޒު ކުރުމުން ގާޑިއޯލާ ބުނީ، އެ ނަތީޖާ އަކީ އޭނާ ހައިރާންވާ ވަރުގެ ނަތީޖާއެއް ނޫން ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ވީ ބައްޔަށްފަހު ޔުނައިޓެޑުން ފެންނަނީ ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެެހެމުން އަންނަ މަންޒަރު ކަމަށެވެ. އޭނާ ބުނީ ސީޒަންގެ ކުރީ ކޮޅު އެ ޓީމު ދަށްކޮށް އޮތް ނަމަވެސް، މިހާރު ސިޓީއާ ހަތަރު ޕޮއިންޓު ކައިރިއަށް ޖެހިފައި އޮތުމަކީ ޔުނައިޓެޑާމެދު މާ ބޮޑަށް ވިސްނަން ޖެހޭނެ ސަބަބެއް ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ ނިމުނު ސީޒަަންގައި ޔުނައިޓެޑުގެ ކުޅުން ދަށްވީ އަމިއްލަ މައްސަލަތަކާ ހުރެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ޔުނައިޓެޑުގެ ވައްޓަފާޅީގައި ކުޅެމުން އަންނަ މަންޒަރު ކަމަށާއި، ހަތަރު ޕޮއިންޓު ފަހަތުގައި އޮތް އިރު، އަދިވެސް އަންނަނީ ދޫ ނުދީ ވާދަކުރަމުން ކަމަށެވެ. ޔުނައިޓެޑު އޮންނާނީ އެ ހިސާބުގައިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އެކަމުން އޭނަ އަށް ހައިރާންކަމެއް ނުލިބޭ ކަމަށެވެ. އިތުރަށް ގާޑިއޯލާ ބުނީ ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް އުނދަގޫ ވަނީ އެކަހަލަ ވާދަވެރިކަން ލީގުގައި އޮންނާތީ ކަމަށެވެ.

އިތުރަށް ގާޑިއޯލާ ބުނީ ކުޅުންތެރިންނަށް އެމީހުން ތިބި ހިސާބާއި، ދާންވީ ހިސާބު ބުނެދޭން ހުރި މީހަކީ އޭނާ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ސިޓީގެ ކުޅުންތެރިންނަށް އޭނާ ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، ނަމަވެސް އުންމީދުތައް އެހާ އުހުގައި ނުގެންގުޅޭ ކަމަށެވެ. ގާޑިއޯލާ ބުނީ ކުުޅުންތެރިން އެމީހުންނަށް ގޯހެއް ހެދިއްޖެނަމަ، އެކަމުގެ ވާހަކަ ދައްކާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް ވެސް ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

ސިޓީ އޮތީ ލީގުގައި ކުޅުނު 17 މެޗުން 39 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި ނިއުކާސަލް ޔުނައިޓެޑު އޮތީ 18 މެޗުން 35 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް ލިބެނީ 17 މެޗުން 35 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، ގަދަ ތިނަކަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އެބަ އޮތެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު