Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފެލިކްސްއަށް ފުރަތަމަ މެޗުގައި ރަތްކާޑެއް، ޗެލްސީ ވީ ބަލި

ޗެލްސީ ބަލިވީ 2-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ޖެނުއަރީ 2023 | ހުކުރު 05:16
ފުލަމްގެ ވިލިއަން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ފުލަމްގެ ވިލިއަން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އެތްލެޓިކޯ މެޑްރިޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބުދަ ދުވަހު ޗެލްސީއާ ގުޅުނު ޔާއޯ ފެލިކްސް ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާއަށް ދެއްކި ރަތްކާޑާއެކު ޓީމް ބަލިވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް އަތުން ޗެލްސީ ބަލިވި މެޗުގައި ފެލިކްސްއަށް ފުރަތަމަ އެގާރައިން ޖާގަ ދިނެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނިޓްގައި އޭނާއަށް ރަތްކާޑް ދެއްކިއެވެ. އެއީ ފެލިކްސް ޓެޓޭއަށް ކުރި ފައުލަކަށް ދެއްކި ރަތްކާޑެކެވެ. އޭރު މެޗުގެ ނަތީޖާއަކީ 1-1 އެވެ. ޗެލްސީން ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދަނިކޮށް, ފުލަމްއިން މެޗުގެ ނަތީޖާ އެޓީމް މޮޅަށް އަނބުރާލާ ތިން ޕޮއިންޓް ހޯދީ 73 ވަނަ މިނިޓްގައި ކާލޯސް ވިނީޝިއުސް ޖެހި ލަނޑުން މޮޅުވެގެންނެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީވެސް ފުލަމްއިންނެވެ. އެޓީމަށް ކުރިހޯދައިދިނީ ވިލިއަންއެވެ. ޗެލްސީން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ކުލިބާލީއެވެ.

ޗެލްސީން އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ ދެ މެޗުންނެވެ. އެއާއެކު ކޯޗު ޕޮޓާއަށް އޮތް ޕްރެޝަރ ވަނީ އިތުރުވެފައެވެ. އެކަމަކު އޭނާ ފުލަމް މެޗުގެ ކުރިންވެސް ބުނެފައިވަނީ ކްލަބްގެ ވެރިންނާ ކޮންމެ ދުވަހަކު ވާހަކަދެކެވޭ ކަމަށާއި, ކްލަބްގެ ވެރިންގެ އެއްބާރުލުން އަދި އުތުބާރު އެބައޮތްކަމަށެވެ. ޕްރިމިއަރ ލީގުގައި ޗެލްސީއޮތީ 25 ޕޮއިންޓާއެކު 10 ވަނާގައެވެ.

ޗެލްސީފުލަމްޕްރިމިއަރ ލީގު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު