Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަން ރަނގަޅަށް ދަމަހައްޓަން ރާއްޖޭގެ "އެކްސްކްލޫސިވް އިމޭޖް" ހިފަހައްޓަން ޖެހޭ: ޑރ. މައުސޫމް

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ބޮލީވުޑާއި ހޮލީވުޑް އަދި ސްޕޯޓްސް ދާއިރާގެ މަޝްހޫރު މީހުން ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 13:05
ޓުއަރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅަށް ދަމަހައްޓަން ރާއްޖޭގެ "އެކްސްކްލޫސިވް އިމޭޖް" ހިފަހައްޓަންޖެހޭ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައުމާގުޅިގެން ނޫސްވެރިންނަށް ދެއްވި ބަސްތީގަތުމެއްގައި މިނިސްޓަރ ވަނީ، ރާއްޖެއަށް ޚާއްސަ ސިފަތަކާއި ކަންކަން ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް މީހުން އަންނާނީ ރާއްޖެއަކީ މޮޅު ތަނެއްގެ ގޮތުގައި ދެމިއޮވެގެން ކަމަށާއި، ރާއްޖޭގެ ޝައުގުވެރިކަން ދަމަހައްޓަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރާއްޖެއަށް އަންނަ މަޝްހޫރު މީހުންގެ ޕްރައިވެސީ ރައްކާތެރިކޮށްދިނުމަށް އަބަދުވެސް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މަޝްހޫރު ބައެއް މީހުން ރާއްޖޭގައި ތިބޭއިރު މުޖުތަމައަށް ކަންކަން ކޮށްދޭން ބޭނުންވާކަަމަށާއި، އެގޮތުގެމަތީން ރާއްޖޭގައި އުޅޭކަން އެ މީހުން އަމިއްލައަށް އިއުލާންކުރާ ކަަމަށެވެ. އެގޮތަށް މަޝްހޫރު މީހުން ރާއްޖެ އިޝްތިހާރުކޮށްދިނުމަކީ ރާއްޖެއަށް އިތުރު އެތައް މިލިއަން ޑޮލަރުގެ އަގުހުރި ކަމެއްގެ ގޮތުގައި މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ މަންޒަރުތަކާއި ޕްރޮޑަކްޓްތައް ދުނިޔެއަށް ފޯރުކޮށްދިނުމުގައި އެފަދަ ފަރާތްތަކުން އަދާކުރަނީ ވަރަށް މުހިންމު ރޯލެއްކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 14.4 އިންސައްތަ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 12 އިންސައްތައެވެ. އަދި ތިންވަނާގައި ހިމެނެނީ އިނގިރޭސިވިލާތެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ބޮލީވުޑާއި ހޮލީވުޑް، އަދި ސްޕޯޓްސް ދާއިރާގެ މަޝްހޫރު މީހުން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްފަތުރުވެރިން1.6 މިލިއަން ވަނަ ފަތުރުވެރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު