Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯހިންޏާ ރެފިއުޖީން

އިންޑޮނޭޝިއާއަށް ދަތުރުކުރާ ރޯހިންޏާ ރެފިއުޖީންނަށް ހަދަނީ ކިހިނެއް؟

185 ރެފިއުޖީންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް، ޖެނުއަރީ 8 ވަނަ ދުވަހުވެސް އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ އައްސޭރިފަށަށް ވަނީ ލަފާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2023 | ބުދަ 09:56
މިދިޔަ ދެތިން ހަތަރު މަހެއްހާ ދުވަހަށް ބަލާއިރު، ރޯހިންޏާ ދަރިކޮޅުގެ އެތައް ސަތޭކަ ރެފިއުޖީންނަކާއެކު ގިނަ ބޯޓުތަކެއް އަޗޭ ޕްރޮވިންސަށް ވަނީ ލަފާފައި

މިދިޔަ ދެތިން ހަތަރު މަހެއްހާ ދުވަހަށް ބަލާއިރު، ރޯހިންޏާ ދަރިކޮޅުގެ އެތައް ސަތޭކަ ރެފިއުޖީންނަކާއެކު ގިނަ ބޯޓުތަކެއް އަޗޭ ޕްރޮވިންސަށް ވަނީ ލަފާފައި

މިދިޔަ 6 ވަރަކަށް އަހަރު ދުވަހުގެ މާޒީއަށް ބަލާއިރު އަމިއްލަ ވަޒަން ދޫކޮށް، އެހެން ބިމެއްގައި ދިރިއުޅުން އާރާސްތު ކުރުމުގެ ނާމާން ދަތުރަށް ގިނަ ބަޔަކު ފުރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ބަޔަކީ މިޔަންމާގައި ދިރިއުޅެމުން ދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނެވެ.

ބުދިސްޓުންގެ އަޣުލަބިއްޔަތު އޮތް މިޔަންމާގައި ރޯހިންޏާ މުސްލިމުންގެ ނަސްލު ދޮވެލުމަށް ހިންގި ޤަޠުލުއާންމުން ސަލާމަތް ވުމަށް އެތައް ބަޔަކު އެ ޤައުމުން ފައިބައިގެން ދިޔައީ ފުރާނަ އަތް މައްޗަށް ލައިގެންނެވެ. ދަތުރުގެ ފުރަތަމަ މަންޒިލަކަށް ވީ ބަންގްލަދޭޝް ކަމުގައި ވީ ނަމަވެސް، އެތަނުގައިވެސް މާ ގިނަ ދުވަހު އެމީހުންނަށް ތިބެވޭ ގޮތެއް ނުވިއެވެ. ދިރިއުޅުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް، ބަންގްލަދޭޝް ދޫކޮށް ދިއުމަށް ރޯހިންޏާ ރެފިއުޖީންނަށް މަޖުބޫރުވިއެވެ.

ސަލާމަތީ ގޮތުން އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނެތި ބަންގްލަދޭޝްއިން ފުރާ ރެފިއުޖީންގެ މަންޒިލަކަށް މިހާރު ވަނީ އިންޑޮނޭޝިއާއެވެ. 185 ރެފިއުޖީންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް، ޖެނުއަރީ 8 ވަނަ ދުވަހުވެސް އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ އައްސޭރިފަށަށް ވަނީ ލަފާފައެވެ. ދަންވަރު 02:30އާއިރު އިންޑޮނޭޝިއާއަށް ލެފި އެ ބޯޓުގައި ތިބި ރެފިއުޖީންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ރެފިއުޖީންނަކީ އަންހެނުންނާއި ކުޑަ ކުދިން ކަމަށް، އަޗޭގެ ޑިޒާސްޓަރ އޭޖެންސީގެ އިސްވެރިޔާ ރިދުވާން ޖަމީލް ވަނީ ރޮއިޓަރޒްއަށް ވިދާޅުވެފައެވެ.

މިދިޔަ ދެތިން ހަތަރު މަހެއްހާ ދުވަހަށް ބަލާއިރު، ރޯހިންޏާ ދަރިކޮޅުގެ އެތައް ސަތޭކަ ރެފިއުޖީންނަކާއެކު ގިނަ ބޯޓުތަކެއް އަޗޭ ޕްރޮވިންސަށް ވަނީ ލަފާފައެވެ. ޑިސެމްބަރު މަހު 174 ރެފިއުޖީންނާއެކު އަޗޭގެ ގޮނޑުދޮށަށް ބޯޓެއް އުރުނު މަންޒަރުވެސް ވަނީ ފެނިފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަޗޭގެ ޕޮލީސް ޗީފް، ފަހްމީ އިރުވާން ރަމްލީ ވިދާޅުވީ، އަލަށް އަންނަ ރެފިއުޖީ އެންމެ ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައި ވަނީ އަޗޭގައި މިހާރުވެސް ހުރި ރެފިއުޖީ ކޭމްޕަށް ކަމަށެވެ. އެތަނުގައި މިހާރުވެސް އެހެން ގުރޫޕުތައް ދިރިއުޅެމުން ދެއެވެ.

މިދިޔަ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު، 2022 ވަނަ އަހަރަކީ، ކަނޑުމަތީގައި، ރޯހިންޏާގެ ރެފިއުޖީޏްނަށް އެންމެ ނާމާން އަހަރު ކަމަށް، ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އިން ވަނީ ބުނެފައެވެ. ތައިލޭންޑްގެ އިތުރުން، މެލޭޝިއާއާއި އިންޑޮނޭޝިއާ ފަދަ މުސްލިމު އަޣުލަބިއްޔަތު އޮންނަ ޤައުމުތަކަށް ރޯހިންޏާ ރެފިއުޖީން ހިޖުރަ ކުރުމަށް މަސައްކަތް ކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މިލިއަނެއްހާ މީހުން ބަންގްލަދޭޝްގައި ރެފިއުޖީ ވަޒަންވެރިންގެ ގޮތުގައި ދިރިއުޅެމުން ދިޔަ ނަމަވެސް، ގިނަ ބަޔަކު ކުއްލި ގޮތަކަށް އެ ޤައުމު ދޫކޮށް ފުރަންޖެހުނު އަސްލު ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި، މައިގަނޑު އެއް ސަބަބަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރި ހަރުކަށި ފިޔަވަޅުތަކެވެ.

ރޯހިންޏާ ރެފިއުޖީ އިންޑޮނޭޝިޔާދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު