Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ނޫސްވެރިން ތަމްރީންކުރުން

ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖެނުއަރީ 2023 | އަންގާރަ 16:55
އެމްއެމްސީން ޕާކިސްތާނުގެ އެމްބަސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އެމްއެމްސީން ޕާކިސްތާނުގެ އެމްބަސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގައި ތައުލީމީ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތުތަކެއް ހޯދައިދިނުމަށް އެމްއެމްސީން ޕާކިސްތާނު އެމްބަސީގައި މަޝްވަރާކޮށްފިއެވެ.

މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާނުގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެށުމަށާއި އަދި މިދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެއިތުރުން ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުހައްމަދު ފައްޔާޒު ގިލާނީ ވަނީ، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް އެމްއެމްސީން ބުނެއެވެ. އަދި ރާއްޖޭގެ މީޑިޔާ ކައުންސިލާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް، ގުޅުން ބަދަހިކޮށް، މިދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ލިބޭނެ މަގުފަހިކޮށްދެއްވުމުގެ މަސައްކަތްކޮށްދެެއްވާނެކަމަށް ވިދާޅުވިއެވެ.

އެމްއެމްސީޕާކިސްތާން އެމްބަސީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ
31 އޮކްޓޯބަރު 2024

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ
28 އޯގަސްޓު 2024

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި
17 ޖުލައި 2023

ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ

17 ޖުލައި 2023
ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ
05 އެޕްރީލު 2023

ނާޒިމް ދެއްކެވި ވިސާގެ ވާހަކައަށް ރައްދު ދިނީ ޕާކިސްތާން އެމްބަސީން

05 އެޕްރީލު 2023
ނާޒިމް ދެއްކެވި ވިސާގެ ވާހަކައަށް ރައްދު ދިނީ ޕާކިސްތާން އެމްބަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު