Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ސްކީލާން" ޑޮކިއުމެންޓްރީ

"ސްކީލާން" ޑޮކިއުމެންޓްރީއަށް އެވޯޑް ލިބުނު މައްސަލައިގައި ސަރުކާރުން އަންގައިގެން އޭސީސީން މީޑިއާ ކައުންސިލަށް ވަދެއްޖެ

އޭސީސީން ބުނެފައިވަނީ ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މީޑިއާކައުންސިލަށް ވަދެފައިވަނީ ހޯމަ ދުވަހު ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2024 | ހޯމަ 11:18
ސްކީލާން - ރައީސް މުއިއްޒުގެ ދޮން މަންނަ - ސްކްރީން އިމޭޖް

ސްކީލާން - ރައީސް މުއިއްޒުގެ ދޮން މަންނަ - ސްކްރީން އިމޭޖް

"އަދަދު" ނޫހުގެ ތަހުގީގީ ޑޮކިއުމެންޓްރީ "ސްކީލާން" އަށް އެވޯޑް ލިބުނު މައްސަލައިގައި ސަރުކާރުން އަންގައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ވަދެއްޖެއެވެ.

އޭސީސީން، މީޑިއާ ކައުންސިލަށް ވަދެފައިވާ ކަން އޭސީސީން ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައެވެ. އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ހޯމަ ދުވަހު މީޑިއާ ކައުންސިލަށް އޭސީސީން ވަދެފައިވާ ކަމަށެވެ. އޭސީސީން މީޑިއާ ކައުންސިލަށް ވަދެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަހުގީގީ އުފެއްދުމަށް އެވޯޑް ލިބުނު މައްސަލައިގައި ސަރުކާރުގެ ޕްރެޝަރު ބޮޑުވެގެންނެވެ.

Advertisement - newsAdvertisement

އެމްއެމްސީ ގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ޙަފްލާ ޕްބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ވަގުތުން ދައްކަމުން ދިޔައިރު، "ސްކީލާން" ޑޮކިއުމެންޓަރީގެ ތަންކޮޅެއް ދެއްކިގެން މައްސަލަ ގޯސްވެ މީޑީއާ ކައުންސިލްގެ ރައީސް، އަހްމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑީއާ ގައި އޭނާ އަދާ ކުރައްވާ ވަޒީފާއިންވެސް ކުއްލި ގޮތަކަށް ވަކި ކުރިއެވެ. ނަމަވެސް ފަހުން ވަނީ އޭނާގެ ވަޒީފާ ރުޖޫއަ ކޮށްދީފައެވެ.

"ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒަމީރު ވަނީ ގޮވާލައްވާފައެވެ. އަދި މެމްބަރު ޒަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން "ސްކީލާން" ޑޮކިއުމެންޓަރީ ގެ މައްސަލަ "މިހާރުން މިހާރަށް ތަހުގީގު ކުރުމަށް ކަރަޕްޝަންގެ މައްސަލަތައް ބަލާ، އޭސީސީއަށް "އިލްތިމާސް" ކުރައްވާފައެވެ.

ސްކީލާން އަށް އެވޯޑް ދިން ރަސްމިއްޔާތުގައި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި ގައުމިއްޔަތު މިނިސްޓަރ އާދަމް ނަސީރު އާއި ރައީސް އޮފީހުގެ މީޑިއާ ކަންކަން ބަލަހައްޓަވާ މިނިސްޓަރު އިބްރާހިމް ހަލީލު އާއި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު