Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީން އަލް ނަސްރާ ދެކޮޅަށް މެޗެއް ކުޅެނީ، ދުވަސްތަކަކަށްފަހު މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް

10 ޖެނުއަރީ 2023 | އަންގާރަ 08:01

މި މެޗު ކުޅުމަށް ހަމަޖެހައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ސައުދީގެ ވެރި ރަށް ރިޔާދުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖެނުއަރީ 2023 | އަންގާރަ 08:01
ބާސެލޯނާ އާއި ރެއާލް ކުޅުނު މެޗެއްގައި މެސީ އަދި ރޮނާލްޑޯ

ބާސެލޯނާ އާއި ރެއާލް ކުޅުނު މެޗެއްގައި މެސީ އަދި ރޮނާލްޑޯ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ސައުދީ އަރަބިޔާގެ އަލް ނަސްރާ ދެމެދު ރަޙިމަތްތެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިއްޖެ އެވެ.

މިއީ ޕީއެސްޖީން މި މަހުގެ 17 ވަނަ ދުވަހު ޤަތަރަށް ކުރާ ދަތުރަށްފަހު ކުޅުމަށް ހަމަޖެހުނު މެޗެކެވެ. އެގޮތުން މި މެޗު ކުޅުމަށް ހަމަޖެހައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ސައުދީގެ ވެރި ރަށް ރިޔާދުގަ އެވެ. މި މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ދާދި ފަހުން އަލް ނަސްރަށް ސޮއި ކުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރިކަން ފެންނާނެ އެވެ. މި ދެ ކުޅުންތެރިންނަކީ ފުޓުބޯޅައިގެ އެންމެ ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް މެސީ ސްޕެއިންގެ ބާސެލޯނާ އަށް، ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އިންތިހާ އަށް ފެނުނެވެ.

ވޯލްޑް ކަޕް ޗުއްޓީ އަށް ފަހު މިހާރު މެސީ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ހާޒިރުވެފައިވާއިރު، އަދި ރަސްމީ މެޗެއް ނުކުޅެ އެވެ. ނަަމަވެސް ފްރާންސް ލީގުގައި އެންޖާސްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި މެސީ ފެންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވި ފަހުން އެ ޓީމު ލީގުގައި ކުޅުނީ އެންމެ މެޗެކެވެ. ނަމަވެސް އެ މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ. ސަބަބީ ރޮނާލްޑޯ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފައިވުމުންނެވެ. އަލް ނަސްރުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އަލް ޝަބާބާ ދެކޮޅެށެވެ. އެ މެޗުގައި ވެސް ރޮނާލްޑޯ އަށް ނުކުޅެވޭނެ އެވެ. އޭގެ ފަހުން މި މަހުގެ 19 ވަނަ ދުވަހު އަލް ނަސްރުން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް އޭނާ ކުޅޭނެ ފުރަތަމަ މެޗަކީ އެ މެޗުކަމަށް ވެސް ވެދާނެ އެވެ.

ޕީއެސްޖީއައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯލިއޮނެލް މެސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް