Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓޫރިޒަމް ޤާނޫނު

އަހަރަށް 1 ލައްކަ ޑޮލަރު ދައްކައިގެން ރިޒޯޓުތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭގޮތަށް ޓޫރިޒަމް ޤާނޫނަށް ކުއްލި އިސްލާހެއް

ރަށްތަކާއި ފަޅުތަކާއި ބިންތައް ސީދާ ރައީސް މުއިއްޒު ބޭނުންވާ ބަޔަކަށް ދެވޭ ގޮތް ހަދަނީ

ރާއްޖެ އެމްވީ | 10 މާރިޗު 2025 | ހޯމަ 22:21
ދޮޅިޔަދޫ ރިސޯޓް

ދޮޅިޔަދޫ ރިސޯޓް

ކޮންމެ އަހަރަކަށް އެންމެ 1 ލައްކަ ޑޮލަރުގެ ރޭޓުން ސަރުކާރަށް ފައިސާ ދައްކައިގެން ރިޒޯޓުތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭގޮތަށް ހެދުމަށް ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ކުއްލި ގޮތަކަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް މި އިސްލާހު ހުށަހަޅައިފައިވަނީ، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ ގޮތުގައި، ތިމަރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރިޔާޒެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ޖަލްސާ އަށް މި ބިލު ވަނީ އެޖެންޑާ ކޮށްފައެވެ.

Advertisement - newsAdvertisement

ރިޒޯޓްތަކުގެ މުއްދަތު އިތުރުކުރުމަށް ފައިސާދެއްކުމަށް ދޭ ލުއިތަކުގެ އިތުރުން، ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުން ކަނޑައަޅާ ކޮންމެ ޕްރޮޖެޓަކާ ގުޅިގެންވެސް ދޫކުރެވޭ ގޮތަށް ޤާނޫނު ބަދަލުކުރުމަށް ވެސް ހުށަހަޅައިފައިވެއެވެ.

މީހާރު ޤާނޫނުގެ 5 ވަނަ މާއްދާގައި އޮތީ، ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ޙަވާލުކުރެވޭ ފަރާތަކަށް، ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވިދާނެ ކަމަށެވެ.

ނަމަވެސް މިހާރު ހުށަހަޅައިފައިވާ އިސްލާހުގައިވާގޮތުން، ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ނުވަތަ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ޙަވާލުކުރެވޭ ފަރާތަކަށް، ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވިދާނެ ކަމަށެވެ.

ވަކި ސިޔާސަތެއް ބަޔާންކުރުމެއްނެތި، "އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން"، ސަރުކާރުން ކަނޑައަޅާ މަޝްރޫޢަކާ ގުޅިގެން ޓޫރިޒަމް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވިދާނެ ކަމަށް ޤާނޫނުގައި ހިމެނުމަށް ހުށަހަޅައިފައި މިވަނީ، ކޮންމެ މަޝްރޫއަކާ ގުޅިގެން ވެސް ރަށްތަކާއި ފަޅުތަކާއި ބިންތައް ސީދާ ރައީސް މުއިއްޒު ބޭނުންވާ ބަޔަކަށް ދެވޭގޮތް ހެދުމުގެ ބޭނުމުގައިކަން ފާހަގަކުރެވެއެވެ.

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅި 3 ވަނަ ފަހަރެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތިން ވަނީ އެ ޤާނޫނަށް ބަދަލުތަށް ގެނެސްފައެވެ.

އެއްވެސް އުސޫލެއް ނުވަތަ ޕްލޭނެއް ނެތި، އަވަސްއަވަހަށް އެ ޤާނޫނަށް އެކި އެކި ބަދަލުތަށް ގެންނަމުން ދިއުމަކީ، ރައީސް މުއިއްޒުގެ ސަރުކާރުގައި ޓޫރިޒަމްގެ ހަރުދަނާ ސިޔާސަތެއް ނެތްކަން އެނގިގެންދާ ކަމެއްގެ ގޮތުގައި އެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު