Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އަލުން ތަރައްގީކުރަން ބަންދުކޮށް ސަރުކާރުން ބުނާ މުއްދަތުގައި ނުހުޅުވޭނަމަ އެއްބަސްވުން އުވާލެވޭނެ

13 މާރިޗު 2025 | ބުރާސްފަތި 06:45

ޓޫރިޒަމްގެ ބޭނުމަށް ހިންގަމުންދާ ތަންތަން ރީ-ޑިވަލަޕްމަންޓް ކުރަންވާނީ މިނިސްޓްރީގެ ހުއްދައާއެކު ވަކި މުއްދަތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މާރިޗު 2025 | ބުރާސްފަތި 06:45
ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އަލުން ތަރައްގީކުރަން ބަންދުކުރެވޭނީ ސަރުކާރުން ބުނާ މުއްދަތަކަށް

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އަލުން ތަރައްގީކުރަން ބަންދުކުރެވޭނީ ސަރުކާރުން ބުނާ މުއްދަތަކަށް

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އަލުން ތަރައްގީކުރަން ބަންދުކޮށް، އެ ތަންތަން ސަރުކާރުން ބުނާ މުއްދަތުގައި ނުހުޅުވޭނަމަ އެއްބަސްވުން އުވާލާ ބަދަލު ނުދެވޭނެ ގޮތަށް ޓޫރިޒަމާއި ބެހޭ ގާނުނަށް އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ 45 ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށް 45-1 ވަނަ މާއްދާގައި ބުނެފައިވަނީ އެއީ ޓުއަރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވޮލަޕްކުރުމަށް ބަންދުކުރުމާއި ބެހޭ މާއްދާއެވެ.

މި މާއްދާގައި ބުނެފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއްގެ ނުވަތަ ބިމެއްގެ ފެންވަރ މަތިކުރުމަށްޓަކައި ނުވަތަ އެނޫންވެސް އެފަދަ ބޭނުމަކަށް، އެ ރަށެއް ނުވަތަ ބިމެއް ބަންދުކުރެވޭނީ މިނިސްޓްރީން ހަދާ ގަވާއިދެއްގެ މަތިން މިނިސްޓްރީގެ ހުއްދައާއެކު ވަކި މުއްދަތަކަށެވެ.

Advertisement - newsAdvertisement

އަދި އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް އަމަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ޓުއަރިޒަމާ ބެހޭ މިނިސްޓްރީން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރީމެންޓް އިސްލާހުކުރުމަށްފަހުކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އަދި ރަށުގެ ނުވަތަ ބިމު ކުލީގެ އެގްރީމަންޓަށް ގެނެވޭ އިސްލާހުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވަލަޕްމަންޓުގެ މަސައްކަތް ނިންމައި ތަން ހުޅުވައި ހިދުމަތް ދޭން ފަށާފައި ނުވާނަމަ ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުން ފިޔަވަޅު އަޅައި ކުލީގެ އެގްރީމެންޓް ބާތިލުކުރުމުގެ އިހްތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ސަރުކާރުން ބަދަލުދޭން ނުޖެހޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރީ-ޑިވަލަޕްމަންޓަށް ބަންދުކޮށްފައިވާ އުސޫލާއި ހިލާފަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ ހިދުމަތް ދިނުން ހުއްޓާލައި، ތަން ބަންދުކޮށްފައިވާނަމަ، އެ ތަނެއްގެ ކުލީގެ އެގްރީމަންޓް ބާތިލުކުރުމުގެ އިހްތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ ކުރިން މި މާއްދާގައި އިސްތިހާރުކުރުމާއި ގުޅޭ ބައެއް ނޯވެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން އެތަނެއް އިސްތިހާރުކުރަމުން އައީ އެ ތަނަކުން ނިންމާ ގޮތަކަށެވެ. ނަމަވެސް ސަރުކާރުން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިސްތިހާރު ކުރުމުގައާއި، އެ ތަންތަނާ ބެހޭ މައުލޫމާތު އަންމުކުރުމުގައި އަމަލުކުރަންވާނީ، މި ގާނޫނުގެ ދަށުން ޓުއަރިޒަމާ ބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް